15 ޑިސެމްބަރ 2021
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމުން، އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހުސައިން ވަހީދުގެ އުފާވެރި ހަނދާންތަކެއް އާކުރައްވައި، ތައުރީފު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމުން، އޭނާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހުސައިން ވަހީދުގެ އުފާވެރި ހަނދާންތަކެއް އާކުރައްވައި، ތައުރީފު ކުރައްވައިފި އެވެ.
ތައުޒިޔާގެ ދަފްތަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހުސައިން ވަހީދަކީ ވާހަކަތަކާއި އަމަލުތައް ވެސް، މިސާލަކަށްވާހާ ހެޔޮކޮށް ބެހެއްޓެވި ބޭފުޅެއް ކަމަށެވެ. ފިތުނަވެރިކަމާއި ހަސަދަވެރިކަމާއި ބައިބައިވުމާއި ނަފުރަތަކީ އޭނާއާ އެންމެ ބީރަށްޓެރި ކަންތައްތައް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ހުސައިން ވަހީދު، ކަންކަން ހެޔޮކޮށްދިނުމަށް، ކަންކަން ހައްލުކޮށްދިނުމަށް، ކަންކަމުގައި މަގު ދައްކައިދިނުމަށް ދެއްވާފައިވާ ހެޔޮލަފާ ނަސޭހަތާއި އަޅުގަނޑަށް ދެއްވިހާ އިރުޝާދު، އިއްޔެ މެންދުރުގެ ކަމެއް ފަދައިން އަޅުގަނޑުގެ ހަނދާނުގައި ބިންވަޅު ނެގިފައި އެބަހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ހުސައިން ވަހީދު، 10 ކެމްޕޭނެއްގައި މަސައްކަތް ކުރައްވައި 32 ރަށަކަށް ދަތުރުކުރެއްވި އެވެ. އޭނާގެ ހިދުމަތުގެ ތެރެއިން ރާއްޖޭގައި އެންމެ ބޮޑަށް އަގު ވަޒަން ކުރެވޭނެ އެންމެ ބޮޑު އެއް ހިދުމަތަކީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގަޔާއި، އެ ގާނޫނު އަސާސީގެ ދަށުން އިންތިހާބުވި މަޖިލީހުގައި ކުރެއްވި މަސައްކަތްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ހުސައިން ވަހީދަކީ ދިމާވާ ކޮންމެ ކަމެއްގައި ހެޔޮކޮށް ވިސްނާވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެހެންވެ، އަބަދުވެސް ހުންނެވީ ހިތްހަމަޖެހިވަޑައިގެންފައި ކަމަށެވެ. ހުސައިން ވަހީދުގެ ފަރާތުން ފެނިވަޑައިގެންފައިވާ އެންމެ ބޮޑަށް ހަނދުމަފުޅު ހުންނާނެ އެއް ސިފަޔަކީ ވެސް އެއީ ކަމަށް ރަައީސް ވިދާޅުވި އެވެ.
"ކިތަންމެ ބޮޑު އުނދަގުލެއް، ކިތަންމެ ބޮޑު ދައްޗެއް ކުރިމަތިވެގެންދާ ވަގުތުގައި ވެސް އެކަމުގެ ރަނގަޅު ގޮތް އޮންނާނެކަން ގަބޫލުކުރައްވައި، އެގޮތަކަށް މަސައްކަތްކުރެއްވުމަށް އަބަދުވެސް އަޅުގަނޑުމެންނާ އެކީގައި ހުންނެވި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީީޕީގެ ފުރަތަމަ ވެރިކަން ބަދަލުވެ، މަގުމަތިވެފައި އޮތް އިރު ވަރުބަލިކަމެއް ނެތި ހުސައިން ވަހީދު ސިޔާސީ މަސަައްކަތުގައި އެ ޕާޓީއާ އެކު ހުންނެވި ކަމަށާއި އެއީ ހަނދުމަފުޅު ނެތޭނެކަމެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް ހުސައިން ވަހީދަކީ ހަމައެކަނި ސިޔާސީ މަސަައްކަތުގެ އެކުވެރިއެއް ނޫން ކަމަށާއި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވުމުގެ މާކުރިން ވެސް އެކުވެރިކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގެއްލިގެން އެދިޔައީ، ތެދުވެރި، ހެޔޮއެދޭ ވަރަށް ގާތް އެކުވެރިއެއް،" ރައީސް ވިދާޅުވި އެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ހުސައިން ވަހީދު އަވަހާރަވީ އިއްޔެރޭގެ ވަގުތެއްގަ އެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ފާހަގަކޮށްލެވެނީ ހިތްހެޔޮ، އެންމެންނާ ގުޅޭ މެމްބަރެއްގެ ގޮތުގަ އެވެ
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
އަޅުގަނޑެއް މަޖިލީހެއް ނުހުއްޓުވާނަން: ރައީސް
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
މަޖިލީހުގެ ރިޔާސަތުން ދެއްކި ހުތުރު ނަމޫނާ!
ރައީސުންނަށް ހުތުރު ނަން ކިޔުން ނަޝީދަށް ވަރިހަމަ