ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަކީ އެމްޑީޕީގެ ނިމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ސިފަކުރައްވައިފި އެވެ.
22 ޖޫން 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަކީ އެމްޑީޕީގެ ނިމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ސިފަކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ނަޝީދު ކުރައްވަން އޮތް މަސައްކަތް އެމްޑީޕީއާ ހިސާބުން ނުނިމޭ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ.
"...އަޅުގަނޑަށް ދެން އެނގޭ ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން. މިއީ އެމްޑީޕީގެ ނިމުން،" އީވާ ވިދާޅުވި އެވެ.
އޭނާ ދެން ވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ވެއްޓިގެންދާނެ މިންވަރު ސިފަކުރައްވަން މަލާމާތެއް ކުރައްވައިފަ އެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ހެން،" އީވާ ވިދާޅުވި އެވެ.
އީވާ އިޝާރާތްކުރެއްވީ ރާއްޖޭގައި އޭރު އޮތް އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ފަނޑުވަމުން ގޮސް، އެ ޕާޓީ އުވާލުމާ ހަމައަށް އެ ޕާޓީގެ ޗެއާމަންގެ ގޮތުގައި ޖާބިރު ހުންނެވި މާޒީއަށެވެ.
އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ހެން: އީވާ
އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު އެމްޑީޕީގަ އާއި ވެރިކަމުގައި ހުންނަވަނީ "ފައިސާ ބައްސަވައިގެން" ކަމަށާއި ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބަޗާނެ އިނގޭތޯ. މަގުމަތިވާނީ ފަހަތުން މި އުޅުއްވާ ބޭފުޅުން،" އީވާ ވިދާޅުވި އެވެ.
އީވާއާ އެކު އެމްޑީޕީގައި ތިއްބެވި މަޖިލިސްގެ 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އަދި އިއްޔެ ނަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"