ކަރްނާޓަކާ (ޑިސެމްބަރު 17) - ރޭޕާ ގުޅޭ ގޮތުން އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރަކު ދެއްކެވި ވާހަކައަށް އޭނާ މައާފަށް އެދިވަޑައިގެންފި އެވެ.
17 ޑިސެމްބަރ 2021
ކަރްނާޓަކާ (ޑިސެމްބަރު 17) - ރޭޕާ ގުޅޭ ގޮތުން އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރަކު ދެއްކެވި ވާހަކައަށް އޭނާ މައާފަށް އެދިވަޑައިގެންފި އެވެ.
"ބުނެއުޅޭ ރޭޕަކުން ސަލާމަތްނުވެވިއްޖެ ނަމަ އެކަމުގައި ބައިވެރިވެ އުފާކޮށްލާށޭ،" ޕާލަމެންޓުގެ ރައީސް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން ކޮންގްރެސްގެ ލީޑަރު ކޭއާރް ރަމޭޝް ކުމާރު ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވުމާ އެކު ޕާލަމެންޓުގެ ރައީސް އާއި އެހެން ބައެއް މެންބަރުން ވެސް ހިނިތުންވުން ފާޅުކުރި އެވެ.
ނަމަވެސް ކުމާރު ވިދާޅުވި ވާހަކައާ ގުޅިގެން އެތައް ބައެއްގެ ނުރުހުން އަމާޒުވުމުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އޭނާ މިއަދު ވިދާޅުވީ "ބުނެވުނު ޖުމްލައެއްގެ ސަބަބުން އަސަރު ކުރި އެންމެންގެ ކިބައިން މައާފަށް އެދެނީ ހުޅުވިފައިވާ ހިތަކައިގެން" ކަމަށެވެ.
"އަންހެނުންނަށް އިހާނަތްތެރި ބަހެއް ބުނުން ނުވަތަ އަންހެނުންގެ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ގަދަރު ކުޑަކޮށްލުމުގެ ނިޔަތެއް އަޅުގަނޑުގެ ނެތް،" ކުމާރު ވިދާޅުވި އެވެ.
ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީީ) އާއި ކުމާރުގެ ކޮންގްރެސްގެ ޕާޓީގެ އަންހެން މެންބަރުން ވެސް ވަނީ ކުމާރުގެ ވާހަކަތަކާ ދެކޮޅަށް އިހްތިޖާޖްކުރާނެ ކަމަށް ބުނެފަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ޕާލަމެންޓުގައި ވާހަކަ ދައްކަން އަންހެން މެންބަރުން މިއަދު ބޭނުންވި އެވެ. ނަމަވެސް ޕާލަމެންޓުގެ ރައީސް ވިދާޅުވީ ކުމާރު ވަނީ އޭނާ ދެއްކެވި ވާހަކަތަކަށް މައާފަށް އެދިފައި ކަމަށާއި އެހެންވެ ދެން އެ ވާހަކަ އިތުރަށް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ވަނީ އަންހެން މެންބަރުންނަށް ފުރުސަތު ދޭން ދެކޮޅު ހައްދަވައިފަ އެވެ.
ކަރްނާޓަކާގެ އަމިއްލަ ޖަމާއަތަކުން މިހާރު ވަނީ ކުމާރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ސްޓޭޓުގެ ގަވަރުނަރުގެ ކިބައިން އެދިފަ އެވެ.
ކުމާރު މީގެ ކުރިން ވެސް ވަނީ އަންހެނުންނަށް އިހާނެތި ބަސްތައް ޕާލަމެންޓް ތެރޭގައި ވިދާޅުވެފަ އެވެ.
ގާނޫނުހަދާ މަޖިލީހުގެ ރައީސަކަށް 2019 ވަނަ އަހަރު އޭނާ ހުންނެވި އިރު ވަނީ އޭނާ އަކީ ވެސް ރޭޕުގެ ޝިކާރައަކަށްވި މީހެއް ކަމަށް ވިދާޅުވެ އަންހެނުންނަށް އިހާނެތިވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. އެކަމާ އެތައް އަންހެނުންނެއް ނުރުހުން ފާޅުކުރުމުން ކުމާރު ވަނީ އެއްދުވަސް ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ.
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރޭޕިސްޓްދޫކުރީ އަންހެނުންގެ އެއްޗެހި ދޮންނަން ޝަރުތުކޮށް
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
އަންހެން ކުއްޖާ ރޭޕްކޮށް މަރާލި މައްސަލަ ހޫނުވަނީ
ދިއްލީ ރޭޕް: ހަތަރު މީހުން ދަންޖައްސައިފި
5 އަހަރުގެ ކުއްޖާ ރޭޕްކުރީ އެމެރިކާ އެމްބަސީ ގޯތިތެރޭ
ދިއްލީ ގޭންގް ރޭޕިސްޓުން ދަންޖެއްސުން ފަސްކޮށްފި
ރޭޕްކުރުމުގެ ތުހުމަތުކުރެވޭ ހަތަރު މީހުން މަރާލައިފި
ރޭޕުގެ މައްސަލާގައި ކޯޓަށްދަނިކޮށް ގައިގައި ރޯކޮށްލައިފި
އިންޑިއާގެ ގޭންގް ރޭޕުގެ މައްސަލަ އަވަސް ނިޔާ ކޯޓަށް