ހައިދަރުއާބާދު (ޑިސެމްބަރު 2) - އިންޑިއާގެ ހައިދަރުއާބާދުގައި އުމުރުން 27 އަހަރުުގެ އަންހެނަކު ރޭޕްކޮށް، މަރާލައި އޭނާ އަންދާލި މައްސަލަ އަވަސް ނިޔާ ކޯޓުން ބެލުމަށް ދެކުނުގެ ޓެލަންގާނާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޗަންދުރަޝެކަރު ރާއޯ ވިދާޅުވެއްޖެ އެވެ.
02 ޑިސެމްބަރ 2019
ހައިދަރުއާބާދު (ޑިސެމްބަރު 2) - އިންޑިއާގެ ހައިދަރުއާބާދުގައި އުމުރުން 27 އަހަރުުގެ އަންހެނަކު ރޭޕްކޮށް، މަރާލައި އޭނާ އަންދާލި މައްސަލަ އަވަސް ނިޔާ ކޯޓުން ބެލުމަށް ދެކުނުގެ ޓެލަންގާނާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޗަންދުރަޝެކަރު ރާއޯ ވިދާޅުވެއްޖެ އެވެ.
ހައިދަރުއާބާދުގެ ބްރިޖެއްގެ ދަށުގައި އަންދާލާފައި އޮއްވާ ފެނުނު އަންހެންމީހާ ގެއްލުނީ، މިދިޔަ ބުދަ ދުވަހުގެ ރޭ، ކްލިނިކަށް ގޮސް އެނބުރި ގެއަށް ދިއުމުގެ މަގުމަތީގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ ބުރާސްފަތި ދުވަހު ހެނދުނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އޭނާ މަރާލައި، އަންދާލާފައި ވަނީ އެތައް ބަޔަކު ބައިވެރިވި ގޭންގް ރޭޕްކުރުމަށް ފަހު އެވެ. ފުލުހުން ބުނީ ރޭޕުގެ ތުހުމަތާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރު މަރާލުމާ ގުޅިގެން އާއްމުންގެ ރުޅިވެރިކަން އިންތިހާ އަށް ބޮޑުވެފައި ވަނިކޮށް ޗީފް މިނިސްޓަރު ވަނީ އެ މައްސަލަ އަވަސް ކުރުމަށް އޮފިޝަލުންނަށް އަންގަވައިފަ އެވެ. އަދި އެކަމުގައިވާ ޝާމިލްވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އަންގަވާފައިވެ އެވެ.
އިންޑިއާގެ 27 އަހަރުގެ އަންހެނަކު ރޭޕްކޮށް މަރާލުމާ ގުޅިގެން މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
ގޭންގު ރޭޕުގެ މައްސަލާގައި ރާއޯ ހިމޭނުން ހުންނެވި މައްސަލާގައި އޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ރާއޯ ވިދާޅުވީ އެއީ އިންސާނިއްޔަތުކަމެއް ނެތް އަމަލެއް ކަމަށެވެ.
ހިތްހަމަނުޖެހިފައި ތިބި މީހުން ވަނީ ހައިދަރުއާބާދުގެ ޕޮލިސް ސްޓޭޝަނަށް އެއްވެ ހޮނިހިރު ދުވަހު އަޑުއުފުލައިފަ އެވެ.
އިންޑިއާގެ ގާނޫނު އޮތް ގޮތުން އަންހެން މީހާއަކީ ކާކުކަން ހާމައެއް ނުކުރެވެ އެވެ. އޭނާގެ އަންހެން ކޮއްކޮ ބުނީ އޭނާ ގެއިން ނުކުތީ ބުދަ ދުވަހު އިރުއޮއްސި ހައެއް ޖަހާކަން ހާއިރު ސައިކަލުގައި ކަމަށެވެ. ހައި ވޭތަކަށް އަރާ އިރު ފައިސާ ދައްކާ ޓޯލެއް ހުންނަ ހިސާބެއްގައި އޭނާގެ ސައިކަލް ބަހައްޓާފައި އެ އަންހެން މީހާ ދިޔަ އެވެ. އޭނާ އެނބުރި އައި އިރު ވަނީ ސައިކަލްގެ ހަން ފަޅާލައިފަ އެވެ. ބެލެވޭ ގޮތުން އެކަން ކޮށްފައި ވަނީ އަންހެން މީހާގެ ރޭޕުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންނެވެ. އެ މީހުން ވަނީ ސައިކަލްގެ ހަން ބެއްދުމުގައި އެހީތެެރިވެދޭނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ 27 އަހަރުގެ އަންހެނަކު ރޭޕްކޮށް މަރާލުމާ ގުޅިގެން މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
އަންހެން މީހާ ވަނީ އޭނާގެ ކޮއްކޮ އަށް ގުޅާ އޭނާ "ތާށިވެފައިވާ" ކަމަށާއި ސައިކަލް ރަނގަޅުކޮށްދޭން އެ ހަތަރު މީހުން ބުނި ވާހަކަ ބުނެފަ އެވެ. ނަމަވެސް ކޮއްކޮ ފަހުން ގުޅިއިރު އަންހެން މީހާގެ ފޯނު ވަނީ ނިއްވާލައިފަ އެވެ.
ފުލުހުން ބުނީ އަންހެން މީހާގެ ހަށިގަނޑު ވަނީ ރަޖާގަނޑަކަށްލައި ކަރާސީނު އެޅުމަށް ފަހު ރޯކޮށްލާފައި ކަމަށެވެ.
އަންހެން ކުއްޖާގެ މަންމަ ބުނީ އޭނާގެ ދަރިފުޅު ރޭޕްކޮށް އަންދާލި މީހުން ޖެހޭނީ ދިރިހުއްޓާ އަންދާލަން ކަމަށެވެ.
ވެރިރަށް ދިއްލީގައި 2012 ވަނަަ އަހަރު، ބަހެއްގެ ތެރޭގައި ޒުވާން އަންހެނަކު ރޭޕްކޮށް، ކުރި އަނިޔާގައި މަރުވުމާ ގުޅިގެން، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އަދި ރޭޕް ކޭސްތައް ރިޕޯޓްކުރާލެއް ގިނަވި އެވެ. އެކަމަކު އިންޑިއާގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލްތައް މަދެއް ނުވެ އެވެ.
އިންޑިއާގެ ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު ވަނީ ރޭޕުގެ 32،000 މައްސަލަ ރިޕޯޓްކޮށްފަ އެވެ.
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރޭޕާ ގުޅޭ ގޮތުން ދެއްކި ވާހަކަ އަށް މެންބަރުގެ މައާފް
ރޭޕިސްޓްދޫކުރީ އަންހެނުންގެ އެއްޗެހި ދޮންނަން ޝަރުތުކޮށް
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
އަންހެން ކުއްޖާ ރޭޕްކޮށް މަރާލި މައްސަލަ ހޫނުވަނީ
ދިއްލީ ރޭޕް: ހަތަރު މީހުން ދަންޖައްސައިފި
5 އަހަރުގެ ކުއްޖާ ރޭޕްކުރީ އެމެރިކާ އެމްބަސީ ގޯތިތެރޭ
ދިއްލީ ގޭންގް ރޭޕިސްޓުން ދަންޖެއްސުން ފަސްކޮށްފި
ރޭޕްކުރުމުގެ ތުހުމަތުކުރެވޭ ހަތަރު މީހުން މަރާލައިފި
ރޭޕުގެ މައްސަލާގައި ކޯޓަށްދަނިކޮށް ގައިގައި ރޯކޮށްލައިފި