ނިއު ދިއްލީ (މާޗް 20) - އިންޑިއާގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު ރޭ ފަތިހު ތަންފީޒްކޮށްފި އެވެ.
20 މާޗް 2020
ނިއު ދިއްލީ (މާޗް 20) - އިންޑިއާގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު ރޭ ފަތިހު ތަންފީޒްކޮށްފި އެވެ.
އަކްޝޭ ތަކޫރު، ވިނޭ ޝަރުމާ، ޕަވަން ގުޕްތާ އަދި މުކޭޝް ސިންގު ދަންޖައްސާފައި ވަނީ ދިއްލީގެ މަޝްހޫރު ތިހާރު ޖަލުގަ އެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން އިންޑިއާގައި މަރުގެ އަދަބު ތަންފީޒްކުރި ފުރަތަމަ ފަހަރެވެ. މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު އެ ހާދިސާގައި އެ ހަތަރު މީހުން މަރަން އަވަސް ނިޔާގެ ކޯޓަކުން ހުކުމްކުރީ 2013 ވަނަ އަހަރު އެވެ.
މަރުގެ އަދަބު ތަންފީޒްކުރާނެ ތަރީޚުތައް ކޯޓުން ކަނޑައަޅަމުން ދިޔަ އިރު ހަތަރު މީހުންގެ ފަރާތުން ވެސް ދިޔައީ ހުކުމް ތަންފީޒް ކުރުން ލަސްކުރެވޭތޯ ތަފާތު ޕެޓިޝަންތައް ކޯޓަށް ހުށަހަޅަމުންނެވެ. އެންމެ ފަހުން ދިއްލީގެ ހައި ކޯޓަށް ރޭ ވެސް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެ މީހުން ދަންޖައްސަން 10 ވަރަކަށް ގަޑިއިރަށްވެފައި ވަނިކޮށް ހުށަހެޅި އެ ޕެޓިޝަން ކޯޓުން ގަބޫލްކޮށްފައެއް ނުވެ އެވެ.
ހަތަރު މީހުން ދަންޖެއްސި ޚަބަރު ލިބުމާ އެކު ރޭޕުގެ ޝިކާރައަކަށްވި ކުއްޖާގެ މަންމަ ބުނީ އޭނާގެ ދަރިފުޅުގެ ފޮޓޯއެއްގައި ބައްދާލުމަށް ފަހު "އެންމެ ފަހުން އިންސާފު ލިބިއްޖެ ކަމަށް" ބުނެވުނު ކަމަށެވެ. ކުއްޖާގެ ބައްޕަ ބުނީ ޖުޑިޝަރީއާ މެދު އޮތް އިތުބާރު އަލުން ލިބިއްޖެ ކަމަށެވެ.
ހަތަރު މީހުން ދަންޖެއްސި ޖަލުގެ ބޭރަށް ރޭ ފަތިހު އެތައް ބަޔަކު އެއްވެ ވަނީ އުފާފާޅުކޮށްފަ އެވެ.
ހަތަރު މީހުން ދަންޖެއްސި ޖަލުގެ ބޭރުގައި ތިބި މީހުން އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ
އުމުރުން 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރު "ނިރްބަޔާ" ރޭޕް ކުރުމުން ލިބުނު އަނިޔާތަކަށް ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 13 ދުވަސް ފަހުންނެވެ.
ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ ހިންގި ގޭންގް ރޭޕުގެ ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި މުޒާހަރާތައް އިތުރުވި އެވެ. އަދި ރޭޕު ކުރާ މީހުންނަަށް މަރުގެ އަދަދު ދިނުމަށް ވަނީ ގޮވާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ ރޭޕާ ގުޅޭ ގާނޫނުތައް ހަރުކަށިކޮށްފަ އެވެ.
ގޭންގް ރޭޕާ ގުޅިގެން އެންމެ ފުރަތަމަ ހަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭން އެކަކު ކަމަށްވާ ރާމް ސިންގް ވަނީ މާޗް 2013 ގައި ޖަލުގައި އަމިއްލަ އަށް މަރުވެފަ އެވެ. އެ މައްސަލައިގައި ދެން ހިމެނޭ ކުޑަ ކުއްޖާ އަށް އޭރު 17 އަހަރު ފުރިފައި ނުވާތީ އެ ކުއްޖާ ވަނީ އިސްލާހީ މަރުކަޒެއްގައި ތިން އަހަރު ބަންދުކޮށްފަ އެވެ. އެއީ އިންޑިއާގެ ގާނޫނު ބުނާ ގޮތުން ކުޑަ ކުދިންނަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ. އެ ކުއްޖާގެ ހުކުމް ތަންފީޒްކޮށް ނިމުމުން 2015 ވަނަ އަހަރު ވަނީ ދޫކޮށްލައިފަ އެވެ.
ރޭޕްކުރާ މީހުން ދަންޖައްސަން އެދި ގޮވާލާ އިންޑިއާގައި މުޒާހަރާ ކުރަނީ.
އިންޑިއާގައި މަރުގެ އަދަބު ދެނީ ވަރަށް މަދުންނެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ފަހުން މިހާތަނަށް މަރުގެ އަދަބު ދީފައި ވަނީ ހަތަރު މީހުންނަށެވެ. އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ 1993 ވަނަ އަހަރުގެ މުމްބާއީ ބޮމުގެ ހަމަލާ އަށް ޚަރަދު ކުރިި ޔައުގޫބު މެނަން އަށެވެ. އޭނާ ދަންޖައްސާފައި ވަނީ 2015 ވަނަ އަހަރު އެވެ.
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރޭޕާ ގުޅޭ ގޮތުން ދެއްކި ވާހަކަ އަށް މެންބަރުގެ މައާފް
ރޭޕިސްޓްދޫކުރީ އަންހެނުންގެ އެއްޗެހި ދޮންނަން ޝަރުތުކޮށް
ރޭޕާ ދެކޮޅަށް އަނެއްކާވެސް އިންޑިއާ ގުގުމަން ފަށައިފި
އަންހެން ކުއްޖާ ރޭޕްކޮށް މަރާލި މައްސަލަ ހޫނުވަނީ
5 އަހަރުގެ ކުއްޖާ ރޭޕްކުރީ އެމެރިކާ އެމްބަސީ ގޯތިތެރޭ
ދިއްލީ ގޭންގް ރޭޕިސްޓުން ދަންޖެއްސުން ފަސްކޮށްފި
ރޭޕްކުރުމުގެ ތުހުމަތުކުރެވޭ ހަތަރު މީހުން މަރާލައިފި
ރޭޕުގެ މައްސަލާގައި ކޯޓަށްދަނިކޮށް ގައިގައި ރޯކޮށްލައިފި
އިންޑިއާގެ ގޭންގް ރޭޕުގެ މައްސަލަ އަވަސް ނިޔާ ކޯޓަށް