21 ޑިސެމްބަރ 2021
މަހުގެ ބާވަތްތައް ތައްޔާރު ކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފްކޯ އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މަހުގެ ބާވަތްތައް ތައްޔާރު ކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފްކޯ އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، މަހުން އެކި ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިން ޖަމިއްޔާ އިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަމްރީނުތަކުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
މިފްކޯ އިން ބުނީ، އެ ކުންފުންޏާއި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން، މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމާއި މިހާރު ވެސް ގޭގޭގައި އުފައްދައި، ވިއްކަމުންދާ އެކި ބާވަތްތަކުގެ ކާނާ ބަންދުކޮށް، ގިނަ ދުވަހު ގެންގުޅުމަށް ބޭނުންވާ ހުނަރު ދަސްކޮށްދޭނެ ކަމަށެވެ.
މަސްވެރިން ޖަމިއްޔާ އާއި ގެމަނަފުށީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް މި ތަމްރީނު ޕްރޮގްރާމް ބާއްވަނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މި ކްލާސްތައް ނަގައިދޭނީ މިފްކޯގެ މަސް ކާރުޚާނާގައި މަހުގެ ތަފާތު އުފެއްދުނަތައް ތައްޔާރު ކުރުމުގައި އިސްކޮށް އުޅުއްވާ ފަންނީ ބޭފުޅާ އެވެ. މި ތަމްރީނުގައި ބައިވެރިވާ މީހުންގެ ތެރެއިން އެއް ބައިވެރިއަކަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފްކޯގެ ކަނޑުއޮތްގިރީގެ މަސް ކާރުޚާނާގައި ދެ ދުވަހުގެ ތަމްރީނު ދޭނެ އެވެ. އަދި އެ ބައިވެރިއަކު އުފައްދާ ބާވަތެއް ބާޒާރަށް ނެރުމަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީ، ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުގައި އެ އުފެއްދުމެއް ވިއްކޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭނެ އެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން 7474720 ނުވަތަ 7645611 ނަމްބަރަށް ގުޅައިގެން ނަން ނޯޓު ކުރުމަށް މިފްކޯ އިން އެދެ އެވެ.
މަސްވެރިއެއްގެ އާމްދަނީ، ފަސް މަސް، ހަތަރު ލައްކަ
މިފްކޯގެ 20 މިލިއަންގެ ހުކުމް ކޯޓުން ބާތިލެއް ނުކުރި
އެމްއެމްއެސްގެ ބޯޓުތަކުގައި މަސް އެކްސްޕޯޓު ކުރަނީ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރަށް
ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް