މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މިފްކޯގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
14 އޮކްޓޯބަރ 2024
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މިފްކޯގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، މިފްކޯގެ މަސް ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ "ލޮޖިސްޓިކްސް ސޮލިއުޝަން" އެމްއެސްއެސް އިން ފޯރުކޮށްދޭނެ އެވެ.
އޭގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮޕަރޭޓް ކުރާ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން ފިނިކުރި ކަނޑުމަހާއި ދަޅުމަހާއި ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، އެކްސްޕޯޓް ކުރުން ހިމެނެ އެވެ. އެ ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު "އެމްއެސްއެސް އޯޕަލް" މެދުވެރިކޮށް މާލެ ގެނައުމަށް ފަހު، ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑާ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓު ކުރާނެ އެވެ.
މިއެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެ ކުރިން މިފްކޯއިން މަސް އެކްސްޕޯޓް ކުރަމުން އައީ ސަޕްލައި ދޯނިފަހަރުގައި ޖަނެރޭޓަރު ސެޓް ގުޅައި، އެއަށް ރީފާ ކޮންޓެއިނަރު ލޯޑް ކޮށްގެން މާލެ ގެނެސް ނުވަތަ ރީފާ އުޅަނދުފަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެންނެވެ.
މިފްކޯއިން ބުނީ އެމްއެސްއެސްއާއެކު ހެދި މި އެއްބަސްވުމުގެ ސަބަބުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، މިކަމަށް ދާ ހަރަދު ކުޑަވެ، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި އެހެން މާކެޓްތަކަށް ފަސޭހައިން މިފްކޯ އަށް ވާސިލްވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
މިފްކޯ އިން ބުނިގޮތުގައި، އެމްއެސްއެސްގެ ގްލޯބަލް ނެޓްވޯކް މެދުވެރިކޮށް، އެ ކުންފުންޏަށް އާ މާކެޓްތައް ހޯދުމުގެ ފުރުސަތު ފަހިވާނެ އެވެ.
އެމްއެސްއެސް އިން މިފްކޯގެ މަސް އެކްސްޕޯޓު ކުރުމުގެ ޓެކްނިކަލް މަސައްކަތާ ހަވާލުވުމުން، މިފްކޯގައި ކުރިން ހިނގަމުން ދިޔަ އޮޕަރޭޝަން ލުއިވެ، މައިގަނޑު މަސައްކަތް ކަމުގައިވާ ދިވެހި މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތަށް އިތުރަށް މަސްއޫލުވުމަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ފަށަނީ
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
މަސް ގަންނަ އަގު ބޮޑުކުރާނެ ކަމުގެ ޔަގީންކަން
ފުރަތަމަ ދުވަހު ފުވައްމުލަކުން މިފްކޯއަށް ހަ ޓަނު މަސް
އެންސިސިން އިން ޗައިނާ، ސައޫދީއާ ވެސް މަޝްވަރާކުރަނީ
އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރު
އެންސިސް މަސް ފެކްޓަރީއާ މިފްކޯ އިން ހަވާލުވަނީ!
މިިފްކޯގެ ސީއީއޯގެ އެޑްވައިޒަރަކަށް އާތިފް