Roadha Mihaaru
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ

މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ

29 އޯގަސްޓް 2024

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް ނުވަތަ ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދިނުމަށް އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް ކްރެޑިޓަށް ނުވަތަ ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދިނުމަށް އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

މިފްކޯ އިން ބުނީ މިހެން ނިންމީ މަސްވެރިން މަހަށް ފުރަން ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

"މިފްކޯ އަށް މަސްކިރާ ކޮންމެ ދޯންޏަކަށް ވެސް އެކި ފަހަރު މަތިން 10 ޓަނާ ހަމައަށް ކްރެޑިޓަށް އައިސް ނެގޭނެ އެވެ،" އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ކްރެޑިޓަށް އައިސް ވިއްކާ ދޯނިފަހަރު މަސްކިރުމުން ބިލު ހަދާނީ، ކްރެޑިޓަށް އައިސް ގަތް ފައިސާ ބިލުން އުނިކުރުމަށްފަހުގަ އެވެ.

މަސްވެރިން މަހަށް ފުރުވަން ހިތްވަރު ދިނުމުގެ ގޮތުން މިފްކޯ އިން މިދިޔަ ހަފުތާގައި ވެސް ވަނީ ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދީފަ އެވެ.

ރާއްޖޭގައި މިދިޔަ މަހެއްހާ ދުވަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު، މި މަހު ކުރީކޮޅުގައި އަނެއްކާވެސް ވަނީ މަސްވެރިކަން ރަނގަޅުވާން ފަށައިފަ އެވެ. މަސްވެރިކަން ދަށްވުމުގެ ސަބަބުން މިފްކޯއިން އުފައްދާ މަހުގެ ބާވަތްތަކުގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.