ހިޔާ ފްލެޓްތަކުގެ "ފިނިޝިން"ގެ މަސައްކަތް ގޮސްފައިި އޮތް ހިސާބާއި އެ މަސައްކަތް ނުނިމިގެން އުޅޭ ސަބަބު ބެލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަށައިފި އެވެ.
23 ޑިސެމްބަރ 2021
ހިޔާ ފްލެޓްތަކުގެ "ފިނިޝިން"ގެ މަސައްކަތް ގޮސްފައިި އޮތް ހިސާބާއި އެ މަސައްކަތް ނުނިމިގެން އުޅޭ ސަބަބު ބެލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަށައިފި އެވެ.
މި މަހުގެ 16 ގައި ފެށި މި ސާވޭގައި ބައިވެރިވުމަށް، ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް މެސެޖް މެދުވެރިކޮށް ލިންކެއް ފޮނުވަމުން އަންނައިރު މި ސާވޭގެ ބޭނުމަކީ ފްލެޓްތަކުގެ މަސައްކަތް ނުނިމިގެން އުޅޭ ސަބަބު ދެނެގަތުމެވެ.
ގްރޭސް ޕީރިއަޑް އިތުރުކުރުމާ މެދު ގޮތް ނިންމުމުގައި ވެސް މި ސާވޭ އަށް ބަލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތް އެކީ ނިންމައިގެން ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު އެތަނުގެ ފިނިޝިން މަސައްކަތް އެއްގޮތަކަށް ނުފަށާ އެތައް ބަޔަކު ވެސް އެބަ އުޅެ އެވެ.
ކުލި ނުނަގާ ގޮތަށް ފްލެޓްގެ ފިނިޝިން ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި ޑިސެމްބަރުގެ ނިޔަލަށް ހަމަވާއިރު ފިނިޝިން އަށް ބޮޑު ހަރަދެއް ކުރަމުން އެ މަސައްކަތް ނުނިމެނީސް ކުލި ދައްކަން ޖެހުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. އެހެންވެ، މިހާރު ދީފައިވާ ގްރޭސް ޕީރިއަޑްގެ ތެރޭގައި އެ މަސައްކަތް ނުލެވިއްޖެ ނަމަ މުއްދަތު އިތުރުކުރުމަށް ސަރުކާރާ އެކު އެޗްޑީސީން އަންނަނީ މަޝްވަރާކުރަމުންނެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި މީގެ ކުރިން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، ގްރޭސް ޕީރިއަޑް އިތުރު ކުރުމާމެދު ގޮތެއް ނިންމާނީ މިހާރު ދީފައިވާ މުއްދަތު ހަމަވުމުން ކަމަށެވެ. އެ މަޝްވަރާ ފަށާފައި ވަނީ މުއްދަތު ހަމަވާތީ އެވެ.
ހިޔާ ފްލެޓުތަކުގެ މަހު ކުއްޔަށް 7،500ރ. އަދި މެއިންޓަނަންސް އަށް 1،000ރ. އާ އެކު މަހަކު ޖުމްލަ 8،500ރ ދައްކަން ޖެހެ އެވެ. އެކަމަކު އެ ކުލި 5،600ރ. އަށް ކުޑަކޮށްދީ ގްރޭސް ޕީރިއަޑް އެއް އަހަރަށް އިތުރު ކޮށްދިނުމަށް ފްލެޓުތައް ލިބުނު މީހުން އެދެ އެވެ.
ފްލެޓުތައް ހަވާލުކުރި އިރު އެއްވެސް ވަރަކަށް ފިނިޝިންގެ މަސައްކަތެއްކޮށްފައި ނުވާތީ އެ މަސައްކަތްކުރަން ފްލެޓު ވެރިންގެ އަތުން ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށެވެ.
މާ އުނދަގޫ ކަމަކީތަ؟ ނޫނީ ކުރަން ބޭނުން ނުވަނީތަ؟
ހިޔާގެ އާބާދީ އަށް އަހަރެއް، އަދިވެސް އެ ޝަކުވާގައި!
ފްލެޓް އަތުލި މީހުންގެ ދަފްތަރުގައި 1000 މީހުން
ހިޔާގެ ކުލި މައްސަލާގައި އެޗްޑީސީގެ ވަރުގަދަ އިންޒާރެއް
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
ހިޔާގެ ދިރިއުޅުން: ހަމަ އެ ޝަކުވާތައް، ނިމުމެއް ނެތް
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ވަރިއާ އެކު ފްލެޓް ދެ ފަޅިވާ އުސޫލެއް!