Roadha Mihaaru
ވާވޭގެ މޭޓް އެކްސް2 ދައްކާލައިފި

ވާވޭގެ މޭޓް އެކްސް2 ދައްކާލައިފި

24 ފެބުރުއަރީ 2021

މީގެ އަހަރެއްހާ ދުވަސްކުރިން ޗައިނާގެ ވާވޭގެ ފަތްޖެހި ފޯނު މޭޓް އެކްސް ނެރުމަށް ފަހު އެ ސީރީޒްގެ ދެވަނަ ފޯނު މޭޓް އެކްސް2 ހޯމަ ދުވަހު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަހަރެއްހާ ދުވަސްކުރިން ޗައިނާގެ ވާވޭގެ ފަތްޖެހި ފޯނު މޭޓް އެކްސް ނެރުމަށް ފަހު އެ ސީރީޒްގެ ދެވަނަ ފޯނު މޭޓް އެކްސް2 ހޯމަ ދުވަހު ދައްކާލައިފި އެވެ.

މިއީ އެއްކޮށް ދަމާލުމުން ޑިސްޕްލޭގައި 8 އިންޗި އަދި ފަތްޖަހައިލުމުން 6.45 އިންޗީގެ ޑިސްޕްލޭއެއް އިންނާނެވެ ފޯނެކެވެ. ވާވޭ އިން ބުނީ މި ދެ ސައިޒަކީ ވެސް އަތަށް ވަރަށް ހެޔޮވަރު، ބޭނުންކުރަން ފަސޭހަ ފޯނަކަށް ވާނެ ކަމަށެވެ.

ވާވޭ މޭޓް އެކްސް2 ގެ ފެށޭ އަގަކީ 2،800 ޑޮލަރު (43,120ރ.) އެވެ. ހަތަރު ކުލައަކުން ލިބޭނެ އެވެ. އެއީ ކަޅާއި ހުދާ މަޑު ނޫ އަދި ރޯޒް ގޯލްޑެވެ. މީގެ ސްޓޯރޭޖަށް ބަލާ އިރު ދެ ސައިޒެއް އުޅޭނެ އެވެ. އެއީ 256 ޖީބީ އާއި 512 ޖީބީ އެވެ. އަދި ރޭމް އަކީ 8 ޖީބީ އެވެ.

ވާވޭ މޭޓް އެކްސް2 ދައްކައިލި ނަމަވެސް އާންމުކޮށް ހުރިހާ މާކެޓްތަކަށް ނެރޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ޗައިނާގައި މާދަމާ އިން ފެށިގެން ފޯނު ވިއްކަން ފަށާނެ އެވެ.