Roadha Mihaaru
ވާވޭ މޭޓް40 ނެރުން މި މަހުގެ 22 ގައި

ވާވޭ މޭޓް40 ނެރުން މި މަހުގެ 22 ގައި

12 އޮކްޓޯބަރ 2020

ވަރުގަދަ ޓެކް ކުންފުނި ޗައިނާގެ ވާވާގެ މޭޓް ސީރީޒްގެ އާ ފޯނު ނެރުން މި މަހުގެ 22 އަށް ތާވަލްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރުގަދަ ޓެކް ކުންފުނި ޗައިނާގެ ވާވާގެ މޭޓް ސީރީޒްގެ އާ ފޯނު ނެރުން މި މަހުގެ 22 އަށް ތާވަލްކޮށްފި އެވެ.

އެ ދުވަހު ވަނީ ވާވޭގެ މޭޓް40 ސީރީޒްގެ ފޯނުތައް ލޯންޗްކުރަން ނިންމައި ދައުވަތު ފޮނުވައިފަ އެވެ.

"ވާވޭ މޭޓް40 ސީރީޒް: ލީފް ފާދާ އަހެޑް" ގެ ނަމުގައި ޗައިނާގައި ބާއްވާ އިވެންޓްގައި މޭޓް40 ސީރީޒްގެ ތިން މޮޑެލްއެއްގެ ފޯނު ނެރޭނެ ކަމަށް ބެލެވެ އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުން އެ ތިން މޮޑެލް އަކީ 6.5 އިންޗީގެ ޑިސްޕްލޭއާ އެކު ނެރޭ ވާވޭ މޭޓް40 އާއި 6.7 އިންޗީގެ ޑިސްޕްލޭއާ އެކު ނެރޭނެ ވާވޭ މައޭ 40 ޕްރޯގެ އިތުރުން ވާވޭ މޭޓް40 ޕްރޯ ޕްލަސް އެވެ. އަދި މި ޑިވައިސްތައް އަންނާނީ މިދިޔަ ސެޕްޓެމްބަރުގެ 15 އިން ފެށިގެން ވާވޭ އިން އުފެއްދުން ހުއްޓައިލި ކިރިން ޗިޕްސްއާ އެކު ނެރޭ އެންމެ ފަހު ފޯނު ސީރީޒަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަބަދު ވެސް ވަރަށް ކޮލިޓީ ކެމެރާތަކާ އެކު ގެނެސްދޭ ވާވޭގެ އެހެން ފޯނު ސީރީޒްތަކާ އެއްގޮތަށް މޭޓް40 ސީރީޒްގެ ކަލެކްޝަން ވެސް ވެގެންދާނީ ވަރަށް ވެސް ފުރިހަމަ ވަރުގަދަ ކެމެރާތަކެއް ހިމެނޭނެ ފޯނުތަކަށެވެ.

އާ ސީރީޒްގެ ފޯނުތަކުގެ އަގުތައް އުޅޭނެ ކަމަށް ބެލެވެނީ 1،400-1،500 ޑޮލަރާ ދެމެދުގަ އެވެ.