Roadha Mihaaru
"އޭޑީކޭ ދޮންކަލޭފާނު ކަޕް 2021" ނިންމާލައިފި

"އޭޑީކޭ ދޮންކަލޭފާނު ކަޕް 2021" ނިންމާލައިފި

27 ޑިސެމްބަރ 2021

"އޭޑީކޭ ދޮންކަލޭފާނު ކަޕް 2021" ގެ ފައިނަލް ނިންމާލުން ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"އޭޑީކޭ ދޮންކަލޭފާނު ކަޕް 2021" ގެ ފައިނަލް ނިންމާލުން ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.

މި މުބާރާތުގެ ފިރިހެން ފައިނަލްސްގައި ކުޅުނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ޓީމެއް ކަމަށްވާ ޖީޓީ ލަޔަންސް އަދި އޭޑީކޭ ޓަވަރު ގެ ކުޅުންތެރިން ހިމެނޭ ޓީއެސްޓީ ޓީމް އެވެ. ފޯރިގަދަ މި މެޗު، ޕެނަލްޓީ އަށް ފަހު މުބާރާތް ކާމިޔާބު ކުރީ ޖީޓީ ލަޔަންސް ޓީމް އެވެ.

އަންހެނުންގެ ފައިނަލް މެޗުގައި އޭޑީކޭ ހޮސްޕިޓަލްގެ ފްރަންޓް އޮފީސްގެ ވޯރިއާސް އަންހެން ޓީމާއި އޭޑީކޭ ކުންފުނީގެ ފިސާރި ޓީމާ ކުޅެ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ފިސާރި ޓީމެވެ. ފިސާރި ޓީމަކީ އެންމެ ފަހުގެ ދޮންކަލޭފާނު ކަޕްގެ ވެސް ޗެމްޕިއަން ޓީމެވެ.

މި މުބާރާތުގައި އެކިފަންތީގެ މުއައްޒަފުން ބައިވެރިވެ ހުރިހާ މެޗެއް ވެސް ކުޅުނީ ކުޅިވަރުގެ ރޫހާ އެކު ކަމަށް އޭޑީކޭ އިން ބުނެ އެވެ. މި މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 70،000ރ. އާއި އިތުރު އެހެން އިނާމްތައް ވެސް ދީފައިވެ އެވެ.

މި މުބާރާތް ބާއްވަނީ އޭޑީކޭ ގްރޫޕްގެ ރެކްރިއޭޝަން ކްލަބް، އޭޑީކޭ ސިނާޖީ އިންނެވެ. އޭޑީކޭ ސިނާޖީގެ ފަރާތުން ތަފާތު ހަރަކާތްތައް ފާތުވެދިޔަ އަހަރުތަކުގައި ވެސް ރާވާ އިންތިޒާމު ކޮށްފައިވެ އެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ޗެއާމަން އަހުމްދު ނާޝިދު ވަނީ އޭޑީކޭ ސިނާޖީން މިފަދަ މުބާރަތް ބޭއްވިކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އަންނަ އަހަރަކީ އޭޑީކޭ ހޮސްޕިޓަލަށް 35 ވަނަ އަހަރު ފުރޭ އަހަރު ކަމަށްވާތީ ގިނަ ހަރަކާތްތަކެއް އޮންނާނެ ކަން އިއުލާން ކުރެއްވި އެވެ.

ދޮންކަލޭފާނު ކަޕަކީ، އޭޑީކޭ ގްރޫޕްގެ ކުންފުނިތަކުގެ މުއައްޒަފުންގެ އިސްނެގުމާ އެކު، އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދުގެ ބައްޕާފުޅު އަބްދުލް ރަޙްމާން ދޮންކަލޭގެފާނުގެ ނަމުގައި ފެށުނު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ 2011 ވަނަ އަހަރު އެވެ.