Roadha Mihaaru
"ވިޔަފާރިތަކަށް ރަނގަޅު މާހައުލެއް ހޯދައި ދޭންޖެހޭ"

ކޮވިޑް-19: ވިޔަފާރިތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހޭ: އޭޑީކޭ ޓްރޭޑިން

05 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި، ވިޔަފާރިތައް ހިންގޭނެ މާހައުލެއް ގާއިމް ކޮށްދޭންޖެހޭ ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި، ވިޔަފާރިތައް ހިންގޭނެ މާހައުލެއް ގާއިމް ކޮށްދޭންޖެހޭ ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިދިޔަ މަހުގެ 12 އިން ފެށިގެން 30 ދުވަހަށް އިއުލާންކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ދާއިރު، ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުމުގެ ސަބަބުން އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޭގެ އަސަރު ވިޔަފާރިތަކަށް ވެސް ދަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން ސަރުކާރުން ވެސް ވަނީ ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާން ކޮށްފަ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނާޝީދު (އޭޑީކޭ ނާޝިދު) ގެ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނިން ކުރަމުންދާ ތަފާތު މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކްސް އޮޕަރޭޝަންސާއި ލަގްޒަރީ ކްރޫޒިންގެ ޚިދުމަތްތައް ހިމެނޭ ކަމަށާއި އެކަމަކު ކޮވިޑް-19 އާ ގުޅިގެން، ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް އެ ކުންފުންޏަށް ވެސް ދިމާވަމުންދާ ކަމަށެވެ. އެހެންވެ، މި ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ވެސް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށާއި އެކަން ފަހިކޮށް ދީފި ނަމަ، ސަރުކާރުގެ އެހީއަށް ބަރޯސާވާ މިންވަރު ކުޑަ ކުރެވޭނެ ކަމަށް ވެސް އޭޑީކޭ ޓްރޭޑިން އިން ބުންޏެވެ.

އޭޑީކޭ ޓްރޭޑިން އިން ބުނީ، ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މި ހާލަތުން އަރައިގަތުމަށް އެކްޝަން ޕްލޭންތަކެއް އެކުލަވާލައި، އަމަލު ކުރަން ފަށަން ޖެހޭ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފި ނަމަ، ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓި އަދި މުވައްޒަފުން ވަކިކުރަން ޖެހޭ ހާލަތަކަށް ހިނގައިދާނެ ކަމަށާއި ބައެއް ކުންފުނިތައް މިހާރު އޮތީ އެ ހާލަތުގައި ކަމަށް ވެސް އޭޑީކޭ ޓްރޭޑިން އިން ބުނެ އެވެ.

"މި ހާލަތުގައި ކުންފުނިތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދެވިއްޖެ ނަމަ، މި ގެއްލުންތައް ފޫބެއްދުމަށް ކަނޑައަޅާފައިވާ ސްޓިމިއުލަސް ޕެކޭޖްތަކަށް ވިޔަފާރިތަކާއި ވަކިވަކި ފަރުދުން ބަރޯސާވާ މިންވަރު ކުޑަ ކުރެވި، މިކަމަށް އިގްތިސާދީ ހައްލެއް ލިބިގެން ދާނެ އެވެ." ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ވެސް ހިންގާ އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މި ހާލަތުން އަރައިގަތުމަށް އެކްޝަން ޕްލޭންތަކެއް އެކުލަވާލައި، އަމަލު ކުރަން ފަށަން އެބަޖެހެ އެވެ. އަދި އެގޮތަށް އަމަލު ނުކޮށްފި ނަމަ، ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓި އަދި މުވައްޒަފުން ވަކިކުރަން ޖެހޭ ހާލަތަކަށް ހިނގައިދާނެ ކަމަށާއި ބައެއް ކުންފުނިތައް މިހާރު އޮތީ އެ ހާލަތުގައި ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ކުރަމުންދާ އަސަރުތައް އޭޑީކޭ ޓްރޭޑިން އަށް ވެސް ކުރަމުންދާ ކަމަށާއި އެކަމަކު އެ ކުންފުނީގެ މުވައްޒަފުންނަށް އޭގެ އަސަރު ނުކުރާނެ ގޮތަށް އަދި މުސާރަ އާއި އިނާޔަތްތައް ބަރާބަރަށް ދެވޭނެ ގޮތަށް ކަންކަން ހަމަޖައްސަމުންދާ ކަމަށް ބުންޏެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް އޭޑީކޭ ޓްރޭޑިން އިން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓްތަކަކުން ވެސް ދަނީ މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ޗުއްޓީއަށް ފޮނުވުމުގެ އިތުރުން ބައެއް މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަ ކުރަމުންނެވެ. އެކަމަކު ސަރުކާރުން ވަނީ ގާނޫނާ ޚިލާފަށް މުވައްޒަފުންނާ މެދު އަމަލުކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިއުލާންކުރި އިގްތިސާދީ ޕެކޭޖްގެ ދަށުން އެހީ ދިނުމުގައި މުވައްޒަފުން ވަކި ނުކުރާ ވިޔަފާރިތަކަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އަދި ވަކިކުރާ މުވައްޒަފުންނާއި ވަޒީފާގެ ހާލަތަށް ބަދަލު ގެންނަ މުވައްޒަފުންގެ ކަންކަން ރިޕޯޓް ކުރަން ޚާއްސަ ނިޒާމެއް ވެސް ސަރުކާރުން އޮތީ ގާއިމްކޮށްފަ އެވެ.