29 ޑިސެމްބަރ 2021
އެމެރިކާގެ ކެލިފޯނިއާ މީގެ މަސްތަކެއް ކުރިން ތަޖުރިބާކުރަމުން އައީ ހަނަފަސްކަމާއި، ޖަންގަލިތަކުގައި ރޯވުމާއި ގަދަ ހޫނެވެ. އެކަމުގެ ސަބަބުން ބައެއް ސަރަހައްދުތައް ފެނަށް ޖެހި، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް މިހާރު ކެލިފޯނިއާގެ ރައްޔިތުން ތަޖުރިބާކުރަން ޖެހިފައިވަނީ، ސްނޯ ފޭބުމާއެކު އާދަޔާ ހިލާފު ފިނި މޫސުމެކެވެ. ކެލިފޯނިއާގެ ސިއެރާ ނެވާޑާ ކިޔާ ފަރުބަދަމަތީ ސަރަހައްދަށް، މިމަހުގެ ތެރޭގައި އިއްޔެގެ ނިޔަލަށް 202 އިންޗި (17 ފޫޓު)ގެ ސްނޯ ފައިބައިފައިވާ ކަމަށް، ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން ބުނެ އެވެ.
އެމެރިކާގެ ކެލިފޯނިއާ މީގެ މަސްތަކެއް ކުރިން ތަޖުރިބާކުރަމުން އައީ ހަނަފަސްކަމާއި، ޖަންގަލިތަކުގައި ރޯވުމާއި ގަދަ ހޫނެވެ. އެކަމުގެ ސަބަބުން ބައެއް ސަރަހައްދުތައް ފެނަށް ޖެހި، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް މިހާރު ކެލިފޯނިއާގެ ރައްޔިތުން ތަޖުރިބާކުރަން ޖެހިފައިވަނީ، ސްނޯ ފޭބުމާއެކު އާދަޔާ ހިލާފު ފިނި މޫސުމެކެވެ. ކެލިފޯނިއާގެ ސިއެރާ ނެވާޑާ ކިޔާ ފަރުބަދަމަތީ ސަރަހައްދަށް، މިމަހުގެ ތެރޭގައި އިއްޔެގެ ނިޔަލަށް 202 އިންޗި (17 ފޫޓު)ގެ ސްނޯ ފައިބައިފައިވާ ކަމަށް، ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން ބުނެ އެވެ.
އެ ޔުނިވަސިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި، މި ޑިސެމްބަރު މަހަކީ ސިއެރާ ނެވާޑާ ސަރަހައްދުގެ ތާރީހުގައިވެސް އެންމެ ބޯކޮށް ސްނޯ ފޭބި ޑިސެމްބަރު މަހެވެ. އަދި މިއީ ތިން ވަނަ އަށް އެންމެ ބޯކޮށް ސްނޯ ފޭބި މަސް ކަމަށް ވެސް އެ ޔުނިވަސިޓީން ބުންޏެވެ.
އެ ސަރަހައްދުގެ ފިނިހޫނުމިން 1970 ވަނަ އަހަރުން ފެށިގެން ރެކޯޑްކުރަމުން އަންނަ އިރު، އެ ސަރަހައްދަށް މިހާތަނަށް އެންމެ ބޯކޮށް ސްނޯ ފައިބައިފައިވަނީ ޖެނުއަރީ 2017ގަ އެވެ. އެ މަހުގެ ތެރޭގައި 238 އިންޗީގެ ސްނޯ ފޭބި ކަމަށް ރެކޯޑްތަކުން ދެއްކި އެވެ. މިހާރު އެ ސަރަހައްދުގެ މޫސުން ހުރި ގޮތަށް ބަލާއިރު، ޖެނުއަރީ 2017ގެ ރެކޯޑް މުގުރައިލެވޭ ވަރަށް، މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި ސްނޯ ފައިބާނެ ކަމަކަށް ނުބެލެވެ އެވެ.
ޔުނިވަސިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި، މިހާރު ފައިބާފައި ހުރި ސްނޯތައް ހުރީ ވަރަށް ފިނި ގަދަކޮށް އަދި އެހާމެ ހަރުކޮށެވެ.
ކެލިފޯނިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ސިއެރާ ނެވާޑާގެ ފަރުބަދަމަތީ ސަރަހައްދުގެ އެންމެ އުސް ހިސާބުތަކަށް ފައިބާ ސްނޯއަކީ، އެ ސަރަހައްދުގެ ފެނުގެ އެންމެ ބޮޑު ރިޒާވެވެ. ކެލިފޯނިއާ ސަރަހައްދުގައި ބޭނުންކުރާ ސާފު ބޯފެނުގެ ގާތްގަނޑަކަށް 30 ޕަސެންޓަކީ ސިއެރޭ ނެވާޑާގެ ފަރުބަދަމަތީ ސަރަހައްދުގައި ހުންނަ ސްނޯ ނުވަތަ ގަނޑުފެނެވެ.
ފިނި މޫސުމުގައި އެ ސަރަހައްދަށް ފައިބާ ގަނޑުފެންތައް ފަރުބަދަމަތީގަޔާއި ވާދީތަކުގައި ހަރުލައި ހުރުމަށް ފަހު، ހަރީފް މޫސުމާ އެކު ފިނި ހޫނުމިން މަތިވާން ފެށުމުން، ގަނޑުފެންތައް މަޑުމަޑުން ވިރެން ފަށާނެ އެވެ. އެއާއެކު ވާދީތަކުން ކޯރުތަކުގެ ތެރެއަށް ފެން ލިބެން ފަށާނެ އެވެ.
މިދިޔަ އަހަރުގެ ފިނި މޫސުން ނިމުނު އިރު، ސިއެރޭ ނެވާޑާގެ ފަރުބަދަމަތީ ސަރަހައްދަށް ފޭބި ގަނޑުފެނުގެ މިންވަރު ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފަ އެވެ.
ސިއެރާ ނެވާޑާ ފަރުބަދަމަތީ ސަރަހައްދުގެ ގަނޑުފެންތައް ވިރިގެން ފައިބާ ފެންތައް ޖަމާވާ ލޭކް އޮރޮވީލް (އޮރޮވިލް ކުޅި) މިހާރު ހުރީ 37 ޕަސެންޓަށް ފުރިފަ އެވެ. ނަމަވެސް މިއީ އެ ކުޅީގައި އެވްރެޖްކޮށް އެންމެ ގިނައިން ފެން ޖަމާވެފައި ހުންނަ ވަރަށް ވުރެ މާބޮޑަށް ވެސް މަދު މިންވަރެކެވެ. އާންމު ގޮތެއްގައި އަހަރުގެ މި ދުވަސްވަރު އެ ކުޅީގެ 71 ޕަސެންޓަށް ފެން ޖަމާވެފައި ހުރެ އެވެ.
ކަރަންޓު އުފެއްދުމަށްޓަކައި މި ކުޅީގައި ގާއިމުކޮށްފައިވާ ޑޭމް ވެސް، މިދިޔަ ހޫނު މޫސުމުގެ ތެރޭގައި ބަންދުކުރަން ޖެހުނީ، ކުޅިއަށް ޖަމާވި ފެނުގެ މިންވަރު ދަށްވުމުންނެވެ. މިއީ 1967 ގައި އެޑޭމް ހުޅުވި ފަހުން އެތަން ބަންދުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.
ކެލިފޯނިއާގެ 126 އަހަރުގެ ތާރީޚުގައިވެސް އެންމެ ބޮޑު ހަނަފަސްކަމެއް ކުރިމަތީވީ މިދިޔަ ހޫނު މޫސުމުގަ އެވެ. ކެލިފޯނިއާގެ މޫސުމާ ބެހޭ ރެކޯޑްތައް 1895ގައި ބަލަހައްޓަން ފެށި ފަހުން މިހާތަނަށް ކެލިފޯނިއާ އަށް އައި އެންމެ ހަނަފަސް މައްސަރަކީ މިއަހަރުގެ ޖުލައި މަހެވެ.
ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ
އެމެރިކާ އަށް ނަގޫރޯޅި އާއި ގަނޑުފެނުގެ ނުރައްކާ
އޮކްޓޯބަރެއްގައި ފުޖީގައި ސްނޯ ނެތް ފުރަތަމަ ފަހަރު
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ނަގޫރޯޅިތަކުގައި އެމެރިކާ އިން 26 މީހުން މަރުވެއްޖެ
އެމެރިކާ އަށް އާދަޔާ ހިލާފު ފިނި މޫސުމެއް
އިރުމަތީ އޭޝިޔާއަށް އާދަޔާ ޚިލާފު ފިނި މޫސުމެއް
އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި
އިއާން ތޫފާނުގެ ބާރު ގަދަވެ، ފްލޮރިޑާއާ ދިމާލަށް
އެމެރިކާގެ ކަނޑުގެ ލޮނުގަނޑު ބައި މީޓަރަށް އުފުލޭނެ