Roadha Mihaaru
ބަންސާލީގެ "ހީރާމަންޑީ" މުމްތާޒް ގަބޫލެއް ނުކުރި

ބަންސާލީގެ "ހީރާމަންޑީ" ކުރީގެ ބަތަލާ މުމްތާޒް ގަބޫލެއް ނުކުރި

31 ޑިސެމްބަރ 2021

ނެޓްފްލިކްސްއާ ގުޅިގެން ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ރޯލެއް ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒަށް ހުށަހެޅުމުން އެ ހުށަހެޅުމުން ގަބޫލު ކުރަން އޭނާ ދެކޮޅު ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސްއާ ގުޅިގެން ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ރޯލެއް ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒަށް ހުށަހެޅުމުން އެ ހުށަހެޅުމުން ގަބޫލު ކުރަން އޭނާ ދެކޮޅު ހަދައިފި އެވެ.

އެ ޕްރޮޖެކްޓާ ގުޅުން ހުރި ބަޔަކާ ހަވާލާދީ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ހިންދީ ސިނަމާގައި 1960 އާއި 1970 ގެ ތެރޭގައި ފިޔަޖެހި 74 އަހަރުގެ ބަތަލާ އަށް ހުށަހެޅީ "ހީރާމަންޑީ" ގެ ވަރަށް ބޮޑު ވަރުގަދަ ރޯލެެއް ކަމަށެވެ. މި ސީރީޒަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން އެ ގައުމުގެ ބައެެއްގެ ގޮތުގައި ކުރިން އޮތް އަދި މިހާރު މިހާރު ޕާކިސްތާންގެ ސިޓީއެއް ކަމަށްވާ ލާހޯރުގައި އުޅުނު "ޝާހީ" ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

"ހީރާ މަންޑީ" އަކީ ކާސްޓުން ގިނަ އަންހެނުންތަކެއް ފެންނާނެ އަދި ވަރަށް ބޮޑަށް މިއުޒިކާއި ނެށުން ވެސް ހިމެނޭނެ އެއްޗެކެވެ.

އެގޮތުން މުމްތާޒަށް ހުށަހެޅި ރޯލަކީ ވެސް މުޖުރާ ނެށުން ދައްކުވައިދޭ ކެރެކްޓާއެކެވެ. އެކަމަކު އޭނާ ބަންސާލީގެ ހުށަހެޅުން ގަބޫލު ނުކުރީ އަލުން އެނބުރި އެކްޓިން އަށް އަންނަން ބޭނުން ނުވާތީ ކަމަށް މީޑިއާތަކުން ބުންޏެވެ.

މުމްތާޒާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އަލުން އެކްޓިން އަށް ނުކުތުމާއި ނަށާ ކަހަލަ ރޯލުތައް ކުޅެން ފިރިމީހާ މަޔޫރް މަދުވާނީ ވެސް ގަބޫލު ނޫން ކަމަށެވެ. މި ފަހުން މުމްތާޒްގެ ވާހަކަ މީޑިއާތަކަށް އެރީ ކަލާޒުން ސެޕްޓެމްބަރުގައި ނިންމާލީ "ޑާންސް ދީވާނޭ 3" ގެ އެޕިސޯޑެއްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވާން ހުށަހެޅުމުން ކީ އަގު މާ ބޮޑުވެގެން، އޭނާ މެހުމާނަކަށް ނުގެންނަން ނިންމި ވާހަކަތަކާ އެކީގަ އެވެ.

ކެރިއަރުގެ ރަންޒަމާނުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މުމްތާޒަކީ އެކްޓިންއާ ދުރުގައި ހުންނަތާ އެތައް އަހަރެއް ފަހުން މިހާރު "ވިސްފޮޓް" ކިޔާ ފިލްމެއް ކުޅެމުން އަންނަ އެކްޓަރު ފަރުދީން ޚާންގެ މައިދައިތަ އެވެ.

ބަންސާލީގެ "ހީރާމަންޑީ" އަކީ ވަރަށް ގްރޭންޑްކޮށް ފުރަތަމަ ސީޒަންގައި 7 އެޕިސޯޑް އެކުލެވޭ ގޮތަށް ހަދާ އެއްޗެކެވެ. މީގެ ކާސްޓް އަދި ކަށަވަރުކޮށް ނުވިޔަސް ފެންނާނެ ކަމަށް ބެލެވޭ ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ އާއި ޖޫހީ ޗާވްލާ އާއި ހުމާ ގްރޭޝީ ހިމެނެ އެވެ. މި ސީރީޒް ހަދާކަން ބަންސާލީ ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ އޮގަސްޓް މަގުގެ ތެރޭގަ އެވެ. މިއީ އޭނަ ހަދާ ފުރަތަމަ ވެބް ސީރީޒް ވެސް މެ އެވެ.