Roadha Mihaaru
ޝިލްޕާގެ "އައިޖީޓީ 9" މި މަހުގެ 15 ގައި

ޝިލްޕާގެ "އިންޑިއާސް ގޮޓް ޓެލެންޓް" ސީޒަން 9 މި މަހުގެ 15 ގައި

01 ޖެނުއަރީ 2022

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ސޮނީ ޓީވީގެ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގެ ނުވަ ވަނަ ސީޒަން މި މަހުގެ 15 އިން ފެށިގެން ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ސޮނީ ޓީވީގެ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގެ ނުވަ ވަނަ ސީޒަން މި މަހުގެ 15 އިން ފެށިގެން ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

ސޮނީން ޝޯގެ ތާރީހު އިއުލާންކޮށް ބުނީ މީގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ކަމަށެވެ.

"އައިޖީޓީ 9" ގެ ޖަޖެއްގެ ގޮތުގައި ޝިޕްލާ ބައިވެރިވާ އިރު، އޭނާ އަކީ ސޮނީ ޓީވީގެ "ސުޕަ ޑާންސާ" ގެ ވެސް ޖަޖެކެވެ. އެ ޝޯގެ ހަތަރު ވަނަ ޗެޕްޓަރު ނިންމާލީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

އާދަޔާހިލާފު އެކި ކަހަލަ ހުނަރުތައް ހުންނަ މީސްމީހުންގެ ހުނަރުތައް ދައްކާލަން ގެނެސްދޭ "އައިޖީޓީ" ގެ 9 ވަނަ ސީޒަންގައި ޝިލްޕާއާ އެކީ ޖަޖުންގެ ގޮތުގައި، ބަތަލާ ކިރަން ކޭރާއި މަޝްހޫރު ރެޕާ ބާދުޝާގެ އިތުރުން ޅެންވެރިޔާ މަނޯޖް މުންތަސިރު ހިމެނެ އެވެ.

"އައިޖީޓީ 9" ގެ ހޯސްޓަކީ މަޝްހޫރު ޓީވީ އެކްޓަރު އަރުޖުން ބިޖްލާނީ އެވެ.

ސޮނީގެ "އައިޖީޓީ" ގެ ތާރީހު އިއުލާންކުރި އިރު، ކަލާޒް އިން ވެސް އަންނަނީ ހަމަ މި ކަހަލަ ޝޯއެއް "ހުނަރުބާޒް" ގެ ނަމުގައި ގެނެސްދޭން ތައްޔާރު ވަމުންނެވެ. އޭގެ ޖަޖުންނަކީ މިތުން ޗަކްރަބަތީ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ އިތުރުން ބަތަލާ ޕަރިނީތީ ޗޯޕްޅާ އެވެ.

ހޯސްޓުނަކީ ކޮމީޑިއަނުން ކަމަށްވާ ބާރްތީ ސިންގް އާއި ފިރިމީހާ ހާޝް ލިމްބާޗިއާ އެވެ.