Roadha Mihaaru
ޕަރިނީތީ ޖަޖުކަން ކުރާ "ހުނަރުބާޒް" މި މަހު

ޕަރިނީތީ ޖަޖުކަން ކުރާ "ހުނަރުބާޒް" މި މަހުގެ 22 ގައި

07 ޖެނުއަރީ 2022

ބަތަލާ ޕަރިނީތީ ޗޯޕްރާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ފުރަތަމަ ޓީވީ ޝޯ، ކަލާޒް ޗެނެލްގެ "ހުނަރުބާޒް" މި މަހުގެ 22 ގައި ދައްކަން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ޕަރިނީތީ ޗޯޕްރާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ފުރަތަމަ ޓީވީ ޝޯ، ކަލާޒް ޗެނެލްގެ "ހުނަރުބާޒް" މި މަހުގެ 22 ގައި ދައްކަން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އާދަޔާހިލާފު ހުނަރުތައް ހުންނަ މީހުންގެ ހުނަރު ދައްކާލަން ގެނެސްދޭ މި ޝޯގެ އެޕިސޯޑްތައް ކަލާޒް އިން ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.

"ހުނަރުބާޒް" ގެ ޖަޖުންގެ ތެރޭގައި ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީ ވެސް ހިމެނެ އެވެ. އަދި ޝޯގެ ހޯސްޓުންނަކީ ކަލާޒް އިން މިދިޔަ އަހަރު ނިންމާލި "ޑާންސް ދީވާނޭ" ސީޒަން ތިނެއް ވެސް ހޯސްޓްކުރި ދެމަފިރިން ކަމަށްވާ ބާރުތީ ސިންގް އާއި ހާޝް ލިމްބާޗިއާ އެވެ.

"ހުނަރުބާޒް" ދައްކަން ފަށާ ތާރީހު އިއުލާންކުރި އިރު، ހަމަ މި ފޯމެޓަށް، މި ކޮންސެޕްޓަށް ގެނެސްދޭ ސޮނީ ޓީވީގެ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގެ ސީޒަން ނުވައެއް މި މަހުގެ 15 ގައި ދައްކަން ފަށާނެ އެވެ. މި ޝޯ އަކީ ކުރިން ކަލާޒް އިން ގެނެސްދިން އެއްޗެކެވެ.

"އައިޖީޓީ 9" ގެ ޖަޖުންނަކީ ޝިލްޕާ ޝެޓީ އާއި ބާދުޝާ އާއި ކިރަން ކޭރާއި ޅެންވެރިޔާ މަނޯޖް މުންތަސިރެވެ.