Roadha Mihaaru
މި މަހު 300 ޖެޓު އެއާޕޯޓަށް ޖައްސައިފި

މި މަހު 300 ޖެޓު ވެލާނާ އެއާޕޯޓަށް ޖައްސައިފި

31 ޑިސެމްބަރ 2021

މި މަހުގެ އެކަކުން ފެށިގެން 29އާ ހަމައަށް 300 ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި މަހުގެ އެކަކުން ފެށިގެން 29އާ ހަމައަށް 300 ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

ކޮންމެ އަހަރެއްގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ މުއްސަދިން ގިނަވެ އެވެ. ޕްރައިވެޓް ޖެޓްތަކުގައި އަންނަ ފަރާތްތަކުން އާންމު ގޮތެއްގައި ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކުގަ އެވެ. ޔޫރަޕްގެ އިތުރުން އިންޑިއާއިން ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މިހާރު ރާއްޖެ އާދެ އެވެ.

މިދިޔަ ހަފުތާގެ އާންގާރަދުވަހާއި ބުދަ ދުވަހު އެކަނި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޕްރައިވެޓް 35 ޖެޓު ޖެއްސި އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ޝެޑިއުލުން ދައްކާ ގޮތުގައި، އަންނަ އަންގާރަ ދުވަހަކީ މި ސީޒަންގައި އެންމެ ގިނަ ޕްރައިވެޓް ޖެޓު އަންނާނެ ދުވަހެވެ. އެ ދުވަހު އެކަނި 40 އަށް ވުރެން ގިނަ ޖެޓު ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ އެވެ.

ރާއްޖޭގައި ކްރިމަސް އާއި އާ އަހަރު ފާހަގަކުރަން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާ އިރު މިދިޔަ ހޯމަ ދުވަހަކީ އާ ރެކޯޑެއް ހެދި ދުވަހެކެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި އެ ދުވަހު އެކަނި ރާއްޖެ އަށް 7،000 ޓޫރިސްޓުން އަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ، މި އަހަރަށް ކަނޑައެޅި ޓާގެޓަށް ވުރެ ތިން ލައްކަ އިތުރު އަދަދެކެވެ.