Roadha Mihaaru
ރައީސް ވިދާޅުވީ މާލެއަށް ޖަމާވުން ހުއްޓުވޭނެ ކަމަށް

މާލެ ތޮއްޖެއްސުން ހުއްޓުވޭނެ، ހައްލަކީ ރާއްޖެ ގުޅާލުން: ރައީސް

05 ޖެނުއަރީ 2022

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު އުޅޭ މާލެއަށް އަންނަން މަޖުބޫރުވާ ގޮތަށް ހިދުމަތްތައް ފޯރުކޮށްދީ، މާލެ ތޮއްޖެއްސުމުގެ ސިޔާސަތާ ދެކޮޅުކަން ހާމަކުރައްވައި އެކަން ހުއްޓުވަން އަދިވެސް ކުރަން އޮތީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ގުޅާލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑީ މާލޭގެ ރައްޔިތުންނަށް ކަމަށް ބުނެ ހުޅުމާލެ އިން ވިއްކަން ހުޅުވާލި ބިންތައް ހަމައެކަނި މާލޭގެ މީހުންނަށް ހާއްސަކުރުމާ އެކު މާލެ ތޮއްޖެއްސުމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗެނަލް 13 ގައި މިދިޔަ ހަފުތާގައި ވިދާޅުވީ ޒަމާންތަކެއް ވަންދެން އަދިވެސް ބަރޯސާވެވެން އޮތީ މާލެ ސަރަހައްދަށް ކަމަށެވެ. އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެއްފަސްކުރުމުގެ ސިޔާސަތުގެ ހަބަކަށް ވާނީ މާލެ ސަރަހައްދެވެ.

އެ މަނިކުފާނުގެ މި ވިސްނުންފުޅާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނ. މަނަދޫގައި ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލެ ސަރަހައްދަށް ހިދުމަތްތައް ޖަމާކޮށް، ތޮއްޖެހުން އިތުރުވެފައި އޮތުން ކަމަށެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހައްލު އޮތީ މި ސިޔާސަތާ އިދިކޮޅަށް ރާއްޖެ ލާމަރުކަޒީ ނިޒާމުން ތަރައްގީކޮށްގެން ކަމަށް ވިދާޅުވި އެވެ.

މަނަދޫގައި ރައީސް ކުޑަކުއްޖަކާ ވާހަކަ ދައްކަވަނީ: ބޯހިޔާވަހިކަން ހައްލުކުރެވެން އޮތީ ރަށްރަށް ވެސް ތަރައްގީކޮށްގެން ކަމަށް ވިދާޅުވި.

މަނަދޫގައި ރައީސް ކުޑަކުއްޖަކާ ވާހަކަ ދައްކަވަނީ: ބޯހިޔާވަހިކަން ހައްލުކުރެވެން އޮތީ ރަށްރަށް ވެސް ތަރައްގީކޮށްގެން ކަމަށް ވިދާޅުވި.

އެ މަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދުގައި އެކަނި ފްލެޓު އަޅައި ގޯތި ދޫކުރުމަކީ މުޅި ރާއްޖެއަށް އޮތް ހައްލެއް ނޫނެވެ. މިކަމުގައި ކުރަން އޮތް ކަމަކީ މާލެ ސަރަހައްދަށް މީހުން ޖަމާނުވެ ދިރިއުޅޭ ސަރަހައްދަކުން ހިދުމަތްތައް ލިބޭނެ ގޮތަށް ރަށްރަށް ތަރައްގީކުރުން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމުން ރާއްޖެ ގުޅާލައި އެ ސަރަހައްދެއްގައި ވަސީލަތްތައް ގާއިމްކުރުމަކީ މި މައްސލައިގެ ހައްލަށް ސަރުކާރުން ގެންގުޅޭ ވިސްނުމެވެ. ލާމަރުކަޒީ ގާނޫނުން ކައުންސިލްތައް ބާރުވެރިކުރުވާފައިވާ އިރު އެ މަސައްކަތްތައް އަދިވެސް ކުރަން ޖެހިފައި އޮތް ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ބުނަމުން އަންނަނީ ރަށްރަށުގައި ފްލެޓް އަޅައި އަސާސީ ހިދުމަތްތައް ގާއިމްކޮށްދީ ދަތުރުފަތުރުކުރުމުގައި ލުއި ފަސޭހަތަކެއް ހޯދައިދޭނެ ކަމަށެވެ.