ރަސްފަންނުގައި ބާއްވަމުން އަންނަ ނައިޓް މާކެޓް ވަގުތުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
06 ޖެނުއަރީ 2022
ރަސްފަންނުގައި ބާއްވަމުން އަންނަ ނައިޓް މާކެޓް ވަގުތުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
މިގޮތަށް އެންގީ މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ގިނަ ދުވަސްތަކަކަށް ފަހު، ކޮވިޑްގެ އޮމިކްރޮން ވެރިއަންޓާ އެކު މިހާރު ދަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެންވެ އެޗްޕީއޭ އިން ވަނީ މީހުން އެއްވެ އުޅޭ ހަރަކާތްތައް މަދުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކައުންސިލުން އިންތިޒާމުކޮށްގެން ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެންނެވެ. ގިނަ ބަޔަކު ތޮއްޖެހިގެން އެތަނުގައި ބާޒާރު ކުރަމުން އަންނައިރު އެ ހަރަކާތް ވަގުތުން ހުއްޓާލުމަށް އެޗްޕީއޭ އިން އެންގުމާ އެކު މިއަދުން ފެށިގެން ނައިޓް މާކެޓް ހުއްޓާލަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.
"އެޗްޕީއޭ އިން ވަގުތުން ވަގުތަށް ނައިޓް މާކެޓް ހުއްޓާލަން އަންގާފައި އޮތީ. ވިޔަފާރިވެރިން އެގޮތަށް ބޭނުން ނުވިޔަސް އެޗްޕީއޭ އިން އެންގީމާ އަޅުގަނޑުމެން ޖެހޭނީ އެގޮތަށް އަމަލުކުރާކަށް ނޫންތޯ،" މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު، މަރިޔަމް ޝިއުނާ ވިދާޅުވި އެވެ.
ރަސްފަންނުގައި ނައިޓް މާކެޓް ބާއްވަން ފުރަތަމަ ނިންމީ 10 ދުވަހަށް ނަމަވެސް އަދިވެސް ނައިޓް މާކެޓް ބާއްވަމުން އަންނައިރު އެތަނުގައި ކޮވިޑުން ރައްކާތެރިވުމުގެ އެއްވެސް ފިޔަވަޅަކަށް ނުބަލަ އެވެ. މާސްކް ނޭޅުމާއި ގައިދުުރުކަަމަށް ވެސް ބެލުމެއް ނެތެވެ.
ރަސްފަންނުގައި ނައިޓް މާކެޓް ބޭއްވުމުގެ ކުރިން މިދިޔަ ޑިސެމްބަރުގައި ވަނީ މާލޭގެ ދަރުބާރުގެ އާއި ހުޅުމާލޭގައި ވެސް ނައިޓް މާކެޓް ބާއްވައިފަ އެވެ.
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ގިނަ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ކުޑަ!
ޑެންގީ ހުން އިތުރުވާތީ މަދިރި މަރަން މާލެ ފޮގް ކުރަނީ
ނައިޓް މާކެޓާ އެކު ރަސްފަންނު މިއޮތީ ގޮނޑަކަށް ވެފައި
ތޮއްޖެހޭތީ އަނެއްކާވެސް ނައިޓް މާކެޓް ހުއްޓުވައިފި
ގައިޑްލައިނާ އެއްގޮތަށް ނައިޓްމާކެޓް ބާއްވަން ހުއްދަދީފި
ގޭބީސީތަކަށް ވަދެ ކުނި ނަގާކަށް ހުރަހެއް ނެތް: ނަރީޝް
ވެކްސިނަށް ހޭލުންތެރިކުރަން ސިޓީ ކައުންސިލުން ތެދުވެއްޖެ