Roadha Mihaaru
ވެކްސިނަށް ހޭލުންތެރިކުރަން ސިޓީ ކައުންސިލުން ތެދުވެއްޖެ

ވެކްސިނަށް ހޭލުންތެރިކުރާ ޕްރޮގްރާމަކަށް މާލޭ ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

21 މެއި 2021

މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނާއި ހައި ރިސްކު މީހުން ވެކްސިން ޖަހަން ބާރު އަޅައި، ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އެކަމަށް އިސްވެ މަޝްވަރާ ކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގައި ވެކްސިން ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުންނާއި ހައި ރިސްކު މީހުން ވެކްސިން ޖަހަން ބާރު އަޅައި، ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށްޓަކައި މާލެ ސިޓީ ކައުންސިލުން އެކަމަށް އިސްވެ މަޝްވަރާ ކޮށްފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ސިޓީ ކައުންސިލުން އިއްޔެ ވަނީ ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭއާ ބައްދަލުކޮށްފަ އެވެ.

މާލެ ސަހަރައްދުގެ ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި އެ ބައްދަލުވުމުގައި މާލޭގެ މިހާރުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އާއި އެ ކައުންސިލުގެ އިތުރު މެމްބަރުންނާއި އަދި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެޗްޕީއޭގެ ފަރާތުން ޑިރެކްޓަ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވެކްސިނަށް ހޭލުންތެރިކުރުވާ މި ޕްރޮގްރާމާ ގުޅޭ ތަފުސީލު މާދަމާ މީޑިއާތަކަށް ހިއްސާކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގަތް މެމްބަރުން މިދިޔަ އާދިއްތަ ދުވަހު މަގާމާ ހަވާލުވެވަޑައިތުމަށް ފަހު މި ނިމުނު ހަފުތާގައި ވަރަށް ބާރު ސްޕީޑެއްގައި އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަން މަޝްވަރާތައްކޮށް އަދި ކުރަން ރާވާފައިވާ ބައެއް ކަންކަން ވެސް ވަނީ މީޑިއާއަށް ހާމަކޮށްފަ އެވެ.