މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައިވާ މައްސަލައެއް ބޮޑުވެ އެކަން ކުރި މީހާ ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
16 ޑިސެމްބަރ 2024
މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައިވާ މައްސަލައެއް ބޮޑުވެ އެކަން ކުރި މީހާ ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ކައުންސިލުން ބުނީ ހެންވޭރުގައި، މި މަގު އޮންނަ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ކައުންސިލުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ކައްކައި ބާކީވެފައި ހުންނަ ތެލާއި އެ ނޫން ވެސް ހަޑިއެއްޗެހި އެޅޭގޮތަށް ހަދާފައި ހުރުމުން ޖަންކްޝަން ބެދި ވަރަށް ބޮޑަށް ނުބައި ވަސް ދުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ކައްކައި ބާކީވެފައި ހުންނަ ތެލާއި ހަޑި އެއްޗެހި ޖަންކްޝަނަށް އެޅޭ ގޮތް ހަދާފައި.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އެކަން ކުރި މީހަކު ހޯދައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ވިދާޅުވީ އެ މީހަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.
މިފަދަ "ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލުތައް ނުކުރުމަށް" ކައުންސިލުން އިލްތިމާސްކޮށް ބުނެފައިވަނީ މާލެ އަކީ ސާފުތާހިރު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ކައްކާފައި ބާކީ ހުންނަ ތެލާއި ނަޖިސް ޖަންކްޝަނަށް އެޅޭ ގޮތަށް ހަދާފައި ހުރީ މި ގޯޅި ކުރިމަތީގައި. -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ކައުންސިލުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޖަންކްޝަން ހަދާފައި ހުރީ ގެތަކެއް ހުންނަ ގޯޅިއެއްގެ ކުރިމަތީގަ އެވެ.
ރޯޝަނީ މަގަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްގެން މާލެ ސިޓީ ކައުންސިލުން ޖެނުއަރީ 26، 2020 ގައި ފަށައި ޑިސެމްބަރު 27، 2021 ގައި އަލުން ހަދާފައިވާ މަގެކެވެ. މަގު ހަދަން 462 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ގިނަ ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ސާފުތާހިރުކަން ކުޑަ!
ޑެންގީ ހުން އިތުރުވާތީ މަދިރި މަރަން މާލެ ފޮގް ކުރަނީ
ނައިޓް މާކެޓާ އެކު ރަސްފަންނު މިއޮތީ ގޮނޑަކަށް ވެފައި
ތޮއްޖެހޭތީ އަނެއްކާވެސް ނައިޓް މާކެޓް ހުއްޓުވައިފި
ގައިޑްލައިނާ އެއްގޮތަށް ނައިޓްމާކެޓް ބާއްވަން ހުއްދަދީފި
އެޗްޕީއޭ އިން މަގުމަތީ ބާޒާރު ހުއްޓުވައިފި
ގޭބީސީތަކަށް ވަދެ ކުނި ނަގާކަށް ހުރަހެއް ނެތް: ނަރީޝް
ވެކްސިނަށް ހޭލުންތެރިކުރަން ސިޓީ ކައުންސިލުން ތެދުވެއްޖެ