ލިވަޕޫލް (ޖޫން 15) - ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސެލޯނާގެ ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބޭނުންވަނީ އޭނާގެ ކުރީގް ކްލަބް، ލިވަޕޫލަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލް (ޖޫން 15) - ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސެލޯނާގެ ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބޭނުންވަނީ އޭނާގެ ކުރީގް ކްލަބް، ލިވަޕޫލަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާގެ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކުޓީނިއޯ އެ ކްލަބްގައި ދާއިމީ އެއްބަސްވުމެއްގެ ދަށުން ބަހައްޓަން ލިބުނު ފުރުސަތު ބަޔާނުން ވަނީ ދޫކޮށްލައިފަ އެވެ. އަނެއްކޮޅުން ބާސެލޯނާ އިން އަންނަނީ އަންނަ ސީޒަނަށް އެ ޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިންނަށް ފަންޑް ހޯދުމުގެ ގޮތުން ކުޓީނިއޯ ވިއްކާލަން މަޝްވަރާތަކެއް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނުގައި ކުޓީނިއޯ ބޭނުންވަނީ އަލުން ލިވަޕޫލަށް ބަދަލުވާށެވެ. އަދި އެކަމަށްޓަކައި މަަސައްކަތްކުރަން ކުޓީނިއޯ ވަނީ އޭނާގެ އޭޖެންޓް ކިއާ ޖޫރަބްޗިއަންގެ ކިބައިން އެދިފަ އެވެ.
ލިވަޕޫލް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 142 މިިލިއަން ޔޫރޯ (160 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގައި ތިން ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އެ ފައިސާ އެކި ބައިބަޔަށް ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެހިފައިވާއިރު، އަދިވެސް އެ ޑީލްގެ ތެރެއިން ލިވަޕޫލަށް ލިބެން ޖެހޭ ނުވަ މިލިއަން ޑޮލަރު ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލުން ކުޓީނިއޯ ލިވަޕޫލާ ގުޅުމުގެ ފުރުސަތެއް އޮތްތޯ ތަކުރާރުކޮށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާ އެކި އިންޓަވިއުތަކުގައި ނޫސްވެރިން ސުވާލުކުރުމުން ވެސް އޭނާ ވަނީ އެ ފުރުސަތު އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފަ އެވެ.
އެކަމަކު ކޮވިޑް-19 ގެ ސަބަބުން ޓްރާންސްފާ މާކެޓްގެ ތެރޭގައި ލިވަޕޫލުން ހަރަކާތްތެރިވާ ގޮތަށް ބަދަލު އަތުވެފައިވާއިރު ކުޓީނިއޯ އެނބުރި އައުމުގެ ކުޑަ ފުރުސަތެއް އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޓީނިއޯ ގެނައުމަށް ފަހު އަންނަ އަހަރު 50 މިލިއަން ޑޮލަރަށް ވުރެން ކުޑަ އަގެއް ދައްކައިގެން އެއްބަސްވުން ދާއިމީ ކުރާ ގޮތަށެވެ. މި ޑީލް ކުރިއަށް ގެންދަން ކުޓީނިއޯގެ އޭޖެންޓް ކިއާ ބޭނުންވެ އެވެ. އަދި ކުޓީނިއޯ ހުރީ ކުރިން ލިބެމުން އައި މުސާރަ އަށް ވުރެން ކުޑަ އަގަކަށް ވެސް އެނބުރި ލިވަޕޫލަށް ދާން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކުޓީނިއޯ ހޯދަން ޕްރިމިއާ ލީގުން ގިނަ ކްލަބްތަކެއް ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭގެން އެއްވެސް ކްލަބަކަށް ބަދަލުވާން އޭނާ ބޭނުމެއް ނުވީ އަލުން ލިވަޕޫލަށް ބަދަލުވާން ބޭނުންވާތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ފަސް އަހަރު ލިވަޕޫލްގައި ހޭދަކުރި ކުޓީނިއޯ ވަނީ އެ ޓީމަށް 200 އަށް ވުރެން ގިނަ މެޗުތަކުގައި ކުޅެފަ އެވެ. އެ މެޗުތަކުގައި 54 ގޯލު ޖެހިއިރު، 45 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
ހާލަތުގެ ފައިދާ ނަގައި ވިލާ އިން ކުޓީނިއޯއަށް ފާރަލަނީ
ބާސެލޯނާ ދޫކޮށްލާނަމަ ކުޓީނިއޯ ބޭނުމީ ލިވަޕޫލަށް ދާން
ލިވަޕޫލް ދޫކޮށްލުމުގެ ހިތާމައެއް ނެތް: ކުޓީނިއޯ
އެންމެ ފަހުން ކުޓީނިއޯ ބާސެލޯނާ އަށް!
ލިވަޕޫލުން ކުޓީނިއޯ ވިއްކާލާނީ ރެކޯޑް އަގަކަށް
ކުޓީނިއޯ އެންމެ ފަހުން ބާސެލޯނާ އަށް ބަދަލުވަނީތަ؟
ކުޓީނިއޯ ހޯދުމުގެ ރޭހަށް ރެއާލް އަލުން ވަންނަނީ
ކުޓީނިއޯ މައްސަލައިގައި ފަހު ގޮތް ނިންމާނީ ކްލޮޕް
ކުޓީނިއޯ ވިއްކާލުމުގެ ވިސްނުމެއް ލިވަޕޫލްގެ ނެތް
ކޯޓީިނިއޯ ގަންނަން ރެއާލާއި ބާސެލޯނާ ގަދަ ހިފުމަކަށް