ބާސެލޯނާ (ޖެނުއަރީ 7) – ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ 160 މިލިއަން ޔޫރޯ އަށް ގަންނަން ސްޕެއިނުގެ ބާސެލޯނާ އިން އެއްބަސްވެއްޖެ އެވެ.
07 ޖެނުއަރީ 2018
ބާސެލޯނާ (ޖެނުއަރީ 7) – ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ 160 މިލިއަން ޔޫރޯ އަށް ގަންނަން ސްޕެއިނުގެ ބާސެލޯނާ އިން އެއްބަސްވެއްޖެ އެވެ.
ބާސެލޯނާ އިން މިދިޔަ ޓްރާންސްފާ ބާޒާރުގައި ވެސް ކުޓީނިއޯ ގަންނަން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އަދި ކުޓީނިއޯ ވެސް އޭނާ ވިއްކާލައިދޭން އެދުނެވެ. އެކަމަކު ލިވަޕޫލުން އެއްބަހެއްނުވި އެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޓީމެެއްގެ ގޮތުގައި އަދި ކްލަބެއްގެ ގޮތުގައި، ކުޓީނިއޯ ފަދަ އެކުވެރި، އާދަޔާހިލާފު، އަދި ހުނަރުވެރި ކުޅުންތެރިޔަކަށް އަލްވަދާއު ކިޔަން ތައްޔާރުވަނީ ނުހަނު އުނދަގުލާ އެކު ކަމަށެވެ.
ބާސެލޯނާ އިން ބޭނުންވި ކުޅުންތެރިޔާ އެންމެ ފަހުން ލިބުނުއިރު އޭނާ އަކީ ކުރިމަގުގައި އެ ޓީމުގެ މެދުތެރޭގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިޔާ އެވެ. އެކަމަކު މި ސީޒަނުގައި އޭނާ އަށް މާބޮޑު ފުރުސަތުތަކެއް ލިބިދާނެ ކަމަށް ނުބެލެވެ އެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގައި ލިިވަޕޫލަށް ކުޅެފައިވާތީ މި ސީޒަނުގައި އެ މުބާރާތުގައި އޭނާ އަށް ބާސެލޯނާ އަށް ނުކުޅެވޭނެ އެވެ.
މި ވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ބާސެލޯނާ އިން 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އަށް ވިއްކާލި ނޭމާ އެވެ. އަދި ތިން ވަނައިގައި އޮތީ މިދިޔަ ސީޒަނުގައި ބާސެލޯނާ އިން 105 މިލިއަން ޔޫރޯ އަށް ގަތް އޮސްމާނޭ ޑެމްބެލޭ އެވެ. ކުޓީނިއޯ އާއި ޑެމްބެލޭ ލިބުމާ އެކު، ނޭމާ ދިއުމުގެ ހިތްދަތިކަން ބާސެލޯނާ ސަޕޯޓަރުންގެ ކިބައިން ފިލާނެ ކަމަށް ބެލެވެ އެވެ.
ބްރެޒިލްގެ ވަސްކޯ ޑަ ގާމާ އިން ތަމްރީންވި ކުޓީނިއޯ ސީނިއާ ކެރިއަރު ފެށީ 2008 ވަނަ އަހަރު އިންޓަ މިލާނުންނެވެ. އެ ކްލަބުގައި ހޭދަކުރި ދުވަސްވަރު އޭނާ ލޯނެއްގެ ދަށުން ވަސްކޯ އަށާއި ސްޕެއިނުގެ އެސްޕަންޔޯލަށް ލޯން އުސޫލުން ކުޅުނެވެ. ލިވަޕޫލް އޭނާ 2013 ވަނަ އަހަރު ގަތީ 8.5 މިލިއަން ޕައުންޑަށެވެ. ލިވަޕޫލުގައި ހޭދަކުރި ފަސް އަހަރުގެ ތެރޭގައި ތަށްޓެއްގައު އަތްނުލެވުނު ނަމަވެސް އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. އޭނާ ވަނީ އެ ޓީމަށް 202 މެޗުން 54 ގޯލް ޖަހައިދީފަ އެވެ.
ކުޓީނިއޯގެ ބަދަލުގައި ލިވަޕޫލުން ގެންނާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ލެސްޓާ ސިޓީގެ ރިޔާޒް މާރޭޒާއި މޮނާކޯގެ ފޯވާޑް ތޯމަސް ލޭމާ ހިމެނެ އެވެ.
ހާލަތުގެ ފައިދާ ނަގައި ވިލާ އިން ކުޓީނިއޯއަށް ފާރަލަނީ
ކުޓީނިއޯ ބޭނުންވަނީ ލިވަޕޫލަށް ބަދަލުވާން
ބާސެލޯނާ ދޫކޮށްލާނަމަ ކުޓީނިއޯ ބޭނުމީ ލިވަޕޫލަށް ދާން
ލިވަޕޫލް ދޫކޮށްލުމުގެ ހިތާމައެއް ނެތް: ކުޓީނިއޯ
ލިވަޕޫލުން ކުޓީނިއޯ ވިއްކާލާނީ ރެކޯޑް އަގަކަށް
ކުޓީނިއޯ އެންމެ ފަހުން ބާސެލޯނާ އަށް ބަދަލުވަނީތަ؟
ކުޓީނިއޯ ހޯދުމުގެ ރޭހަށް ރެއާލް އަލުން ވަންނަނީ
ކުޓީނިއޯ މައްސަލައިގައި ފަހު ގޮތް ނިންމާނީ ކްލޮޕް
ކުޓީނިއޯ ވިއްކާލުމުގެ ވިސްނުމެއް ލިވަޕޫލްގެ ނެތް
ކޯޓީިނިއޯ ގަންނަން ރެއާލާއި ބާސެލޯނާ ގަދަ ހިފުމަކަށް