މެޑްރިޑް (ޑިސެމްބަރު 8) - ލިވަޕޫލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ ހޯދުމުގެ ރޭހަށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އަލުން ވަންނަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (ޑިސެމްބަރު 8) - ލިވަޕޫލްގެ ޕްލޭމޭކަރު ފިލިއްޕޭ ކުޓީނިއޯ ހޯދުމުގެ ރޭހަށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އަލުން ވަންނަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ތިން ބިޑެއް ކުރި ނަމަވެސް ލިވަޕޫލުން ވަނީ ކުޓީނިއޯ ވިއްކަން ދެކޮޅު ހަަދައިފަ އެވެ.
ސީޒަންގެ ފުރަތަމަ މެޗުތަކުގައި ކުޓީނިއޯ އަށް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫތަކެއް ދިމާވި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ. އޭރު ރެއާލުން ވެސް ކުޓީނިއޯ އަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ފަހުން ނިންމުން ބަދަލުކުރި އެވެ.
އުމުރުން 25 އަހަރުގެ ކުޓީނިއޯ އަށް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން 140 މިލިއަން ޔޫރޯގެ ބިޑެއް ބާސެލޯނާ އިން ކުރާނެ ކަމަށް ބެލެވޭއިރު، ޕީއެސްޖީ އާއި ރެއާލުން ވެސް އޭނާ އަށް ޝައުގިވެރިވެ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ސްޕާޓާ މޯސްކޯ ކޮޅަށް ކުޓީނިއޯ ހެޓްރިކް ހެދިއިރު، އެ މެޗު ބަލަން ރެއާލުގެ ސްކައުޓުން ގޮސް ތިއްބެވެ.
އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކުޓީނިއޯ ބުނީ ޖެނުއަރީ މަހުގެ ޓްރާންސްފާއާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށާއި ވާނެ ގޮތެއް ބުނަން އަދި އަވަސް ކަމަށެވެ.
ދާދި ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކުޓީނިއޯ އަކީ ލިވަޕޫލްގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ ޓީމުގެ ތަރިން ވިއްކުމަށް ކޯޗިން ކެރިއަރުގައި އެއްވެސް ވަރަކަށް ބޭނުންވާނެ ކޯޗެއް ނޫން ކަމަށެވެ.
ކުރިން ބާސެލޯނާ އަށް ކުޅުނު ގިނަ ކުޅުންތެރިން އަންނަނީ ކުޓީނިއޯއާ އެންމެ އެކަށީގެންވަނީ ބާސެލޯނާ ކަމަށް ބުނަމުންނެވެ. ދާދި ފަހުން ޗެލްސީ އަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ސެސްކް ފަބްރެގަސް ބުނީ ބާސެލޯނާގެ މެދުތެރެއަށް ދެން ބޭނުންވަނީ ކުޓީނިއޯ ކަމަށާއި އޭނާ ގެންދިއުމުން އެ ޓީމު މި ވަގުތަށް އެންމެ ފުރިހަމަވީ ކަމަށެވެ.
ކުޓީނިއޯ އަށް ޖެނުއަރީ މަހު ބާސެލޯނާ އިން ބިޑްކުރާއިރު، ލިވަޕޫލުން ބޭނުންވެއްޖެނަމަ ބާސެލޯނާ އަށް ކުޅޭ ޕޯޗުގަލްގެ މިޑްފީލްޑަރު އަންޑްރޭ ގޯމޭޒް ދޭން އެ ކްލަބް އޮތީ ތައްޔާރަށެވެ.
ހާލަތުގެ ފައިދާ ނަގައި ވިލާ އިން ކުޓީނިއޯއަށް ފާރަލަނީ
ކުޓީނިއޯ ބޭނުންވަނީ ލިވަޕޫލަށް ބަދަލުވާން
ބާސެލޯނާ ދޫކޮށްލާނަމަ ކުޓީނިއޯ ބޭނުމީ ލިވަޕޫލަށް ދާން
ލިވަޕޫލް ދޫކޮށްލުމުގެ ހިތާމައެއް ނެތް: ކުޓީނިއޯ
އެންމެ ފަހުން ކުޓީނިއޯ ބާސެލޯނާ އަށް!
ލިވަޕޫލުން ކުޓީނިއޯ ވިއްކާލާނީ ރެކޯޑް އަގަކަށް
ކުޓީނިއޯ އެންމެ ފަހުން ބާސެލޯނާ އަށް ބަދަލުވަނީތަ؟
ކުޓީނިއޯ މައްސަލައިގައި ފަހު ގޮތް ނިންމާނީ ކްލޮޕް
ކުޓީނިއޯ ވިއްކާލުމުގެ ވިސްނުމެއް ލިވަޕޫލްގެ ނެތް
ކޯޓީިނިއޯ ގަންނަން ރެއާލާއި ބާސެލޯނާ ގަދަ ހިފުމަކަށް