ލިވަޕޫލް (ޖެނުއަރީ 2) – ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވިއްކާލަން ލިވަޕޫލުން ބާސެލޯނާ އަށް ވަރަށް ބޮޑު އަގަކަށް ޑިމާންޑްކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
02 ޖެނުއަރީ 2018
ލިވަޕޫލް (ޖެނުއަރީ 2) – ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ވިއްކާލަން ލިވަޕޫލުން ބާސެލޯނާ އަށް ވަރަށް ބޮޑު އަގަކަށް ޑިމާންޑްކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެގޮތުން އޭނާ ވިއްކާލާނީ މަދުވެގެން 160 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ލިވަޕޫލުން ބާސެލޯނާ އަށް އަންގާފައިވާ ކަމަށް ވެސް ބައެެއް ރިޕޯޓްތައް ބުނެ އެވެ. އެ އަގަށް ބާސެލޯނާ އެއްބަސްވެއްޖެ ނަމަ ކުޓީނިއޯ ވެގެންދާނީ ފުޓްބޯޅަ ތާރީހުގައި ދެ ވަނަ އަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރާ ކުޅުންތެރިޔާ އަށެވެ. އެއް ވަނައިގައި އޮތީ 200 މިލިއަން ޕައުންޑަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް މި ސީޒަނުގައި ބަދަލުވި ނޭމާ އެވެ.
ބާސެލޯނާ އިން މި ޖެނުއަރީ ޓްރާންސްފާގައި ކުޓީނިއޯ ކޮންމެ ގޮތަކުން ވެސް ގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 2-1 އިން ލިވަޕޫލް މޮޅުވި މެޗުގެ ސްކޮޑުގައި ވެސް ކުޓީނިއޯ ނުހިމަނަ އެވެ.
ކުޓީނިއޯ އާއި ބާސެލޯނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ބާރު ލިބެނީ ބާސެލޯނާގެ ކިޓް ސްޕޮންސަރު ނައިކީން އޮޅިގެން ކުރެވުނު އިއުލާނަކުންނެވެ. އެ ބްރޭންޑުގެ ވެބްސައިޓުގައި ވަނީ ކުޓީނިއޯ ހުރީ ބާސެލޯނާގެ ދަނޑުގައި ޖާދޫ ދައްކަން ތައްޔާރުގައި ކަމަށާއި އޭނާގެ ނަން ޖަހާފައިވާ ބާސެލޯނާގެ ޖާޒީއަކަށް އަވަހަށް އޯޑަރު ދިނުމަށް އެދިފަ އެވެ. އަދި އެކަމަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ސައިޓުގައި ހުޅުވައިފަ އެވެ. އެކަމަކު އެ އިޝްތިހާރު ވަނީ ނަގައިފަ އެވެ.
ކުޓީނިއޯ ގަތުމަށް ބާސެލޯނާ އިން ޖޫން ޓްރާންސްފާގައި ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލިވަޕޫލުން ވަނީ ބާސެލޯނާ އިން ހުށަހެޅި 72 މިލިިއަން ޕައުންޑުގެ ބިޑަކާއި 90 މިލިއަން ޕައުންޑުގެ ބިޑެއް އަދި 114 މިލިއަން ޕައުންޑުގެ ބިޑަކަށް ނޫނެކޭ ބުނެފަ އެވެ. އޭނާ ވިއްކާލައިދޭން ކުޓީނިއޯ އެދުމުން ވެސް ލިވަޕޫލުން ފުރަގަސްދިނީ އެވެ.
ހާލަތުގެ ފައިދާ ނަގައި ވިލާ އިން ކުޓީނިއޯއަށް ފާރަލަނީ
ކުޓީނިއޯ ބޭނުންވަނީ ލިވަޕޫލަށް ބަދަލުވާން
ބާސެލޯނާ ދޫކޮށްލާނަމަ ކުޓީނިއޯ ބޭނުމީ ލިވަޕޫލަށް ދާން
ލިވަޕޫލް ދޫކޮށްލުމުގެ ހިތާމައެއް ނެތް: ކުޓީނިއޯ
އެންމެ ފަހުން ކުޓީނިއޯ ބާސެލޯނާ އަށް!
ކުޓީނިއޯ އެންމެ ފަހުން ބާސެލޯނާ އަށް ބަދަލުވަނީތަ؟
ކުޓީނިއޯ ހޯދުމުގެ ރޭހަށް ރެއާލް އަލުން ވަންނަނީ
ކުޓީނިއޯ މައްސަލައިގައި ފަހު ގޮތް ނިންމާނީ ކްލޮޕް
ކުޓީނިއޯ ވިއްކާލުމުގެ ވިސްނުމެއް ލިވަޕޫލްގެ ނެތް
ކޯޓީިނިއޯ ގަންނަން ރެއާލާއި ބާސެލޯނާ ގަދަ ހިފުމަކަށް