Roadha Mihaaru
ވަރުންގެ އާއިލާއިން ބޮލީވުޑަށް އާ މޫނެއް

ވަރުންގެ އާއިލާއިން ބޮލީވުޑަށް އާ މޫނެއް

27 އޯގަސްޓް 2021

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ ބޮޑުބޭބެއަށް ކާފަ ކިޔާ އަންހެން ކޮއްކޮއަކު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ ބޮޑުބޭބެއަށް ކާފަ ކިޔާ އަންހެން ކޮއްކޮއަކު ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި ދަވަން އާއިލާ އިން މި ފަހަރު ފިލްމު ކުޅެން ނުކުންނަނީ ވަރުންގެ ބައްޕަ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ބޭބެ އެކްޓަރު އަނިލް ދަވަންއަށް އަށް ކާފަ ކިޔާ އަޖިނީ ދަވަން އެވެ. މިހާތަނަށް ވަރަށް ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ އަނިލް، 70، އެންމެ ފަހުން ފެނިފައި ވަނީ ދަރިފުޅު ވަރުންއާ އެކު ޑޭވިޑް މިދިޔަ އަހަރު ގެނެސްދިން "ކޫލީ ނަމްބަރު 1" އިންނެވެ.

އެކްޓަރު އަނިލްގެ ތިބެނީ ދެ ދަރިންނެވެ. އެއީ އަޖިނީ އާއި ކަރަން ދަވަން އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި އަޖިނީ، 20، އަށް މިހާރު ފިލްމު ކުޅެން ވަރަށް ގިނަ ހުށަހެޅުންތައް ލިބެމުން އަންނާތީ ފިލްމު ކުޅެން ފެށުމުގެ ކުރިން އެކްޓިން އާއި ނެށުމުގެ ހުނަރު ތަރައްގީކުރަން އޭނާ އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ނޫހުން ބުނި ގޮތުގައި އަޖިނީ ބޮލީވުޑަށް ނެރޭނެ ކަމަށް ބެލެވެނީ ވަރުން ވެސް ބޮލީވުޑަށް ނެރެދިން ޖަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުންނެވެ. އަދި މާ ލަސްތަކެއް ނުވެ އަޖިނިއާ އެކު އެ ސްޓޫޑިއޯ އިން ފިލްމެއް އިއުލާން ކުރާނެ އެވެ.

ވަރުންގެ ފުރަތަމަ ފިލްމަކީ ސީދާ ކަރަން ޑައިރެކްޓްކޮށް ގެނެސްދިން 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އެވެ. އެ ފިލްމަކި އާލިއާ ބަޓާއި ސިދާތު މަލްއުތުރާ ވެސް ތައާރަފުވި ފިލްމެވެ.

ވަރުން އަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނާގެ އަންހެން ކަޒިންއަކު ބޮލީވުޑަށް ނުކުންނަ އިރު، ޔަގީނުން ވެސް ވަރުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި އަޖިނީ ބޮލީވުޑަށް ތައާރަފު ވާނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2023 ވަނަ އަހަރުގެ ކުރީކޮޅު އެވެ.