Roadha Mihaaru
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

07 ޖެނުއަރީ 2022

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެ ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެ ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި ދެއްވި ދައުވަތަކަށް އެ ގައުމުގެ ފޮރިން މިނިސްޓަރު މިއަދު ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ޝާހިދު އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން--

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން--

އދ. ގެ ރައީސްގެ މަގާމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންތިހާބުކުރި ފަހުން، އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅުއްވަމުން ގެންދަވާ ޝާހިދު މިއަދު މެންދުރު ކުރިން ރާއްޖެ ވަޑައިގަތީ ވެސް ޗައިނާއާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ މެންދުރުފަހު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބާއްވާއި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވި ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފްސީލެއް އަދި މިނިސްޓްރީން ނުދެ އެވެ.