Roadha Mihaaru
ނޮޓިންހަމް ފޮރެސްޓުން އާސެނަލް ކަޓުވާލައިފި

އެފްއޭ ކަޕް: ނޮޓިންހަމް ފޮރެސްޓުން އާސެނަލް ކަޓުވާލައިފި

10 ޖެނުއަރީ 2022

ނޮޓިންހަމްޝަޔާ، އިންގްލެންޑް (ޖެނުއަރީ 9) - އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި އީއެފްއެލް ޗެމްޕިއަންޝިޕުގެ ކްލަބް ނޮޓިންހަމް ފޮރެސްޓުން އާސެނަލް ބަލިކޮށް، މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޮޓިންހަމްޝަޔާ، އިންގްލެންޑް (ޖެނުއަރީ 9) - އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި އީއެފްއެލް ޗެމްޕިއަންޝިޕުގެ ކްލަބް ނޮޓިންހަމް ފޮރެސްޓުން އާސެނަލް ބަލިކޮށް، މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ނޮޓިންހަމްގެ ދަނޑުގައި ކުޅުނު މެޗު އެޓީމު ކާމިޔާބުކުރީ 1-0 އިންނެވެ. ނޮޓިންހަމްގެ ހަމައެކަނި ލަނޑު މެޗު ނިމެން ހަތް މިނިޓަށްވެފައި ވަނިކޮށް ޖަހައިދިނީ ފޯވާޑް ލެވިސް ގްރަބަން އެވެ.

މި ގޯލު ޖެހުމުގެ ކުރިން ނޮޓިންހަމް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. ނަމަވެސް އާސެނަލްގެ ކީޕަރު ބާން ލެނޯ ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ. އެސްޓަން ވިލާ އިން ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށް ނޮޓިންހަމް އަށް ބަދަލުވި ފޯވާޑް ކީނާން ޑޭވިސް ވެސް ވަނީ އާސެނަލްގެ ޑިފެންސަށް މި މެޗުގައި ނުރައްކާ ކޮށްފަ އެވެ.

އާސެނަލް އިން މެޗުގައި 10 ހަމަލާ ފޮނުވާލިއިރު އެއިން އެންމެ ހަމަލާއެއް ވެސް ގޯލާ އަމާޒު ކޮށްލެވިފައެއް ނުވެއެވެ.

އެފްއޭކަޕްގެ ތާރީހުގައި ވެސް އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އާސެނަލް ވަނީ 2018 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ބުރުގައި ނޮޓިންހަމް ފޮރެސްޓު އަތުން 4-2 އިން ބަލިވެފަ އެވެ. އާސެނަލް ވަނީ މިހާތަނަށް 14 ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ.