ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ގޮވާލައި، ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިގެންވާ އެންމެ ބޮޑު ފަސް ގައުމުން ނެރުނު ބަޔާނަށް ޕާކިސްތާނުން މަރުހަބާ ކިޔައިފި އެވެ.
ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ގޮވާލައި، ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިގެންވާ އެންމެ ބޮޑު ފަސް ގައުމުން ނެރުނު ބަޔާނަށް ޕާކިސްތާނުން މަރުހަބާ ކިޔައިފި އެވެ.
ނިއުކްލިއާ ގާބިލްކަން ލިބިގެންވާ އެންމެ ބޮޑު ފަސް ގައުމަކީ، އެމެރިކާ، އިނގިރޭސި ވިލާތް، ރަޝިޔާ، ޗައިނާ އަދި ފަރަންސޭސި ވިލާތެވެ. އެ ފަސް ގައުމުން މިދިޔަ ހަފުތާގައި ނެރުނު ގުޅިފައިވާ ބަޔާނުގައި ގޮވާލާފައި ވަނީ، ނިއުކްލިއާ ހަތިޔާރުގެ ކުރިމަތިލުމެއް ހިނގައިފާނެ އެންމެހައި އަމަލުތަކުން ދުރުހެލިވުމަށެވެ.
އެ ބަޔާނަށް ރައްދު ދެމުން ޕާކިސްތާނުގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވަކި ގައުމެއް ތަފާތުކުރުމެއް ނެތި، ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާއި ނިއުކްލިއާ ހަތިޔާރު ނައްތައިލުމަކީ އަބަދުވެސް ޕާކިސްތާނުން މަރުހަބާ ކިޔާ ކަމެކެވެ. ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިގެންވާ ޒިންމާދާރު ދައުލަތެއްގެ ހައިސިއްޔަތުން، ޕާކިސްތާނު އަބަދުވެސް މަސައްކަތް ކުރަނީ، ނުރައްކާތެރި ހަތިޔާރުގެ ކުރިމަތިލުންތަކުން ދުރުހެލިވުމަށް ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.
ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިގެންވާ ކަމަށް އިއުލާންކޮށްފައިވާ ގައުމުތަކަކީ، އެމެރިކާ، އިނގިރޭސި ވިލާތް، ރަޝިޔާ، ފަރަންސޭސި ވިލާތް، ޗައިނާ އަދި އިންޑިއާ އާއި ޕާކިސްތާނެވެ. މީގެ އިތުރުން އުތުރު ކޮރެއާ އާއި އިޒްރޭލުގައި ވެސް ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ބެލެވެ އެވެ. ނަމަވެސް އެ ދެ ގައުމުން އެކަމަށް އެއްބަހެއް ނުވެ އެވެ.
ފެޑެރޭޝަން އޮފް އެމެރިކާން ސައެންޓިސްޓްސްގެ ފަރާތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިޒްރޭލުގައި މިހާރު 90 އަށް ވުރެ ގިނަ ނިއުކްލިއާ ވޯހެޑް ހުންނާނެ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިޒްރޭލުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ނިއުކްލިއާ ހަތިޔާރު ހުރި ކަމަކަށް ވެސް އަދި ނެތް ކަމަކަށް ވެސް އިޒްރޭލުން ނުބުނެ އެވެ.
ޕާކިސްތާނަކީ ނިއުކްލިއާ އަސްކަރީ ގާބިލުކަން ލިބިފައިވާ ގައުމެއް ކަމަށް އިއުލާންކުރީ، އެ ގައުމުގައި އަމިއްލަ އަށް އުފެއްދި ނިއުކްލިއާ ހަތިޔާރު، މެއި 28، 1998 ގައި އަޖުމަބެލުމަށް ފަހު އެވެ. އޭގެ ދެ ހަފުތާ ކުރިން، ވާދަވެރި އިންޑިއާ އިން ވެސް ވަނީ، މެއި 11 އަދި 13 ވަނަ ދުވަހު، ނިއުކްލިއާ ހަތިޔާރެއް އަޖުމަބަލައިފަ އެވެ.
ނިއުކްލިއާ ގާބިލްކަން ލިބިގެންވާ ކަމަށް އިއުލާންކުރި ނަމަވެސް، އިންޑިއާ އާއި ޕާކިސްތާން ވެސް ވަނީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ފެތުރުން މަނާކުރާ މުއާހަދާ (އެންޕީޓީ) ގައި ސޮއިކުރަން ދެކޮޅު ހަދައިފަ އެވެ. އަދި ނިއުކްލިއާ ހަތިޔާރުގެ އަޖުމަބެލުން މަނާކުރާ މުއާހަދާ (ސީޓީބީޓީ) ގައި ސޮއިކުރަން ވެސް އެ ދެ ގައުމުން އިންކާރުކުރެ އެވެ. ނިއުކްލިއާ ހަތިޔާރުގެ އަޖުމަބަލާފައިވާ އުތުރުކޮރެއާ ވަނީ، 2003 ވަނަ އަހަރު އެންޕީޓީން ވަކިވެފަ އެވެ.
ސައޫދީގެ ހިމާޔަތަށް ޕާކިސްތާނުގެ ނިއުކްލިއާ ބޭނުންކުރާނެ
ޗައިނާއިން ޕާކިސްތާނުގަ ނިއުކްލިއާ އިންޖީނުގެއެއް ހަދަނީ
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
ރަޝިޔާއިން އެމެރިކާއަށް: ނިއުކްލިއާ ހަތިޔާރޭ ނުކިޔާ!
ނިއުކްލިއާ އިންޖީނުގެތައް ގޮއްވާލަން އުޅެފި: ރަޝިޔާ
2022: ރެކޯޑް އަދަދަކަށް ގެދޮރު ގެއްލުނު އަހަރެއް
އަފްޣާން ޚާރިޖީ ވަޒީރު ޕާކިސްތާނަށް
އެމެރިކާގެ ނިއުކްލިއާ މައުލޫމާތު ރަޝިޔާއަށް ނުދޭނެ
ރަޝިޔާ އިން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް