ރަޝިޔާގެ ދެ ސަރަހައްދެއްގައި ހުރި ނިއުކްލިއާ އިންޖީނުގެތައް ގޮއްވައިލަން ޔޫކްރޭންގެ ސިއްރު ސިފައިންގެ ގުރޫޕަކުން މަސައްކަތްކުރަމުން ދަނިކޮށް ރަޝިޔާ ސިފައިން އެކަން ނާކާމިޔާބުކޮށްލައި، އެ މީހުން ހައްޔަރުކޮށްފި ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާގެ ދެ ސަރަހައްދެއްގައި ހުރި ނިއުކްލިއާ އިންޖީނުގެތައް ގޮއްވައިލަން ޔޫކްރޭންގެ ސިއްރު ސިފައިންގެ ގުރޫޕަކުން މަސައްކަތްކުރަމުން ދަނިކޮށް ރަޝިޔާ ސިފައިން އެކަން ނާކާމިޔާބުކޮށްލައި، އެ މީހުން ހައްޔަރުކޮށްފި ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާ އިން ބުނި ގޮތުގައި ޔޫކްރޭންގެ ސިއްރު ސިފައިންގެ ދެ މީހަކު މަސައްކަތް ކުރީ، ލެނިންގްރާޑް އާއި ކަލިނިންގައި ހުރި ނިއުކްލިއާ ދެ އިންޖީނުގޭގެ ކަރަންޓު ވަޔަރުތަކުގެ ތެރެއިން 30 ވަޔަރެއް ގޮއްވައިލުމަށެވެ. އެ ދެ މީހުން މިދިޔަ މެއި މަހުގެ ކުރީކޮޅު އަތުލައިގަނެ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، އެމީހުންގެ މަގްސަދަކަށް ވެފައި އޮތީ، އެ ދެ އިންޖީނުގޭގައި ހުރި ނިއުކްލިއާ ރިއެކްޓަރުތަކުގެ މަސައްކަތް ހުއްޓުވުން ކަމަށް ރަޝިޔާ އިން ބުނެ އެވެ.
"އެމީހުންގެ މަގްސަދަކީ، ރަޝިޔާ އަށް އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއް ދީ ރަޝިޔާގެ ގަދަރު ކުޑަކޮށްލުން. އެ ދެ މީހުން ވަނީ ނިއުކްލިއާ އިންޖީނުގެއަކާ ގުޅާފައި އޮތް ހައި ވޯލްޓޭޖްގެ ވަޔަރެއް މަތިން ގެންދިއުމަށް ޖަހާފައި ހުރި ތަނބެއް ވައްޓާލާފައި. އަދި ލެނިންގްރާޑްގެ ނިއުކްލިއާ އިންޖީނުގެއިން ކަރަންޓު ފޮނުވައިދޭ ހައި ވޯލްޓޭޖްގެ ވަޔަރުތައް ހަރުކޮށްފައި ހުރި ހަތަރު ތަނބެއް ގޮއްވައިލުމަށް އެމީހުން ހުރީ އެ ތަނބުތަކުގެ ބުޑުގައި މައިން ވަޅުލާފައި،" ރަޝިޔާގެ ތަހުގީގީ އިދާރާއާ ހަވާލާދީ ރަޝިޔާގެ ރަސްމީ ނޫސް އޭޖެންސީން ބުންޏެވެ.
އޭގެ އިތުރުން ކަލިނިންގައި ހުރި ނިއުކްލިއާ އިންޖީނުގެ އިން ކަރަންޓު ފޮނުވައިދޭ ވަޔަރުތައް ހަރުކޮށްފައި ހުރި ހަތް ތަނބެއްގެ ބުޑުގައި ވެސް މައިން ވަޅުލައި ގޮއްވާލަން ތައްޔާރުކޮށްފައި ހުރި ކަމަށް ރަޝިޔާ ސަރުކާރުން ބުނެ އެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާއިރު، މިކަމާ ގުޅުން އޮތް ތިން ވަނަ މީހަކު މިހާރު ހޯދަމުން އަންނަ ކަމަށް، ރަޝިޔާ އިން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނާއި، މިހާރު ހޯދަމުން އަންނަ ތިން ވަނަ މީހާ ދިރިއުޅުނު ތަނުން 36.5 ކިލޯގެ ގޮވާތަކެއްޗާއި އެ ތަކެތި ގޮއްވައިލުމަށް ބޭނުންކުރާ 60 އާލާތް ފެނުނު ކަމަށް ތަހުގީގީ އިދާރާ އިން ބުނެ އެވެ.
ޔޫކްރޭންގައި ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިން އެދެވޭ ނަތީޖާއެއް ނުނެރެވިގެން އުޅޭ އިރު، ރަޝިޔާގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން މި ހަފުތާގެ ކުރީކޮޅު ޔޫކްރޭންގެ ތެރެއިން ރަޝިޔާ އަށް ވަދެގަނެ ހަމަލާތަކެއް ދިން ހަނގުރާމަވެރިން މިއަދު ވަނީ އަދިވެސް ރަޝިޔާގެ ތެރެއަށް އިތުރު ހަމަލާތައް ދޭނެ ކަމަށް އިންޒާރުކޮށްފަ އެވެ.
ރައީސް ޕުޓިންގެ ހަރުކަށިކަމުން ގައުމު މިނިވަންކުރުމުގެ ނަމުގައި ކަމަށް ބުނެ، އެ ހަނގުރާމަވެރިން މި ހަފުތާގައި ދޭން ފެށި ހަމަލާތައް މައިތިރި ކުރުމަށް ރަޝިޔާ ސިފައިން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ރަޝިޔަން ވޮލަންޓިއާސް ކޯޕްސްގެ ނަން ދީފައިވާ އެ ހަނގުރާމަވެރިންގެ ކޮމާންޑަރު ޑެނިސް ކަޕުސްޓިން ބުނި ގޮތުގައި އެމީހުން މައިތިރިކުރުމަކީ ރަޝިޔާ ސިފައިންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
އޭނާ ބުނީ ރަޝިޔާ ސަރުކާރުގެ ހަރުކަށި ކަމާ ދެކޮޅަށް ފަށާފައިވާ ހަރަކާތްތައް އަދި ނުނިމޭ ކަމަށާއި، ކުރިއަށް ދުވަސްތަކުގައި ރަޝިޔާ ސިފައިންނަށް ކުއްލި ސިހުންތައް ލިބެމުންދާނެ ކަމަށެވެ. އެ ހަނގުރާމަވެރިންގެ ހަމަލާތައް މައިތިރި ކުރެވުނީ، 24 ގަޑިއިރު ވަންދެން ރަޝިޔާ ސިފައިން ދިން ރައްދު ހަމަލަތަކުންނެވެ.
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ
ރަޝިޔާ ޗެރްނޮބީލުން ރޭޑިއޯއެކްޓިވް މާއްދާ ވަގަށްނަގައިފި
ޔޫކްރޭންގެ ނިއުކްލިއާ ޕްލާންޓަށް ރަޝިޔާ ވެރިވެގަންނަނީ
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރު ތަމްރީންތަކެއް ފަށަނީ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ