Roadha Mihaaru
މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮށީ ބަނދަރު ތަރައްގީކުރަން ފަށައިފި

16 ޖެނުއަރީ 2022

އަންނަ މަހު ބައި އިލެކްޝަން ބާއްވާ ކޮމަންޑޫ ދާއިރާގައި ހިމެނޭ، ށ. މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންނަ މަހު ބައި އިލެކްޝަން ބާއްވާ ކޮމަންޑޫ ދާއިރާގައި ހިމެނޭ، ށ. މަރޮށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފި އެވެ.

މަރޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 43.3 މިލިއަން ރުފިޔާ އަށެވެ.

ހާހެއްހާ މީހުންގެ އާބާދީ އޮތް އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގަ އެވެ. މި މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހު އެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށު ބަނަރު ފުންކޮށް 202 މީޓަރުގެ ގްރޮއިން ޖަހާނެ އެވެ. އަދި 131 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.