30 ޖެނުއަރީ 2022
ޕިއޮންޔޮން (ޖެނުއަރީ 30) - ދެހާސް ސަތާރަ ވަނަ އަހަރުގެ ފަހުން، މިހާތަނަށް ޓެސްޓްކުރި އެންމެ ބާރުގަދަ މިސައިލް ނޯތު ކޮރެއާ އިން މިއަދު ޓެސްޓްކޮށްފި އެވެ.
ޕިއޮންޔޮން (ޖެނުއަރީ 30) - ދެހާސް ސަތާރަ ވަނަ އަހަރުގެ ފަހުން، މިހާތަނަށް ޓެސްޓްކުރި އެންމެ ބާރުގަދަ މިސައިލް ނޯތު ކޮރެއާ އިން މިއަދު ޓެސްޓްކޮށްފި އެވެ.
ސައުތު ކޮރެއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޓެސްޓް މިއަދު ހެނދުނު ކޮރެއާ ގަޑިން 7:52 ގައި ކޮށްފައި ވަނީ ނޯތު ކޮރެއާގެ އިރުމަތީގެ ސަރަހައްދުގަ އެވެ. މިއީ މި މަހުތެރޭ ނޯތު ކޮރެއާ އިން ކުރި ހަތް ވަނަ ޓެސްޓެވެ.
ނޯތު ކޮރެއާ އިން ކުރި ޓެސްޓް ވަނީ ޖަޕާން، ސައުތު ކޮރެއާ އަދި އެމެރިކާ އިން ކުށްވެރިކޮށްފަ އެވެ.
ނޯތު ކޮރެއާ އިން ބެލިސްޓިކް އަދި ނިއުކްލިއާ ހަތިޔާރު ޓެސްޓްކުރުން އދ. އިން ވަނީ މަނާކޮށްފަ އެވެ. އަދި އެ ގައުމާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު ވެސް އަޅައިފަ އެވެ. އެކަމަކު އިރުމަތީ އޭޝިއާގެ ގައުމުން ތަކުރާރުކޮށް ދަނީ އދ.ގެ އެންގުމާ ޚިލާފުވަމުންނެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަނީ އެ ގައުމުގެ ދިފާއު ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން ހަތިޔާރު ފެކްޓަރީއަކަށް މިދިޔަ ހަފުތާގައި ޒިޔާރަތް ކުރައްވަނީ. --ފޮޓޯ:އީޕީއޭ
ސައުތު ކޮރެއާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނީ ނޯތު ކޮރެއާ އިން ޓެސްޓްކޮށްފައި ވަނީ އިންޓަމީޑިއޭޓް ރޭންޖުގެ ބެލިސްޓިކް މިސައިލެއް ކަމަށެވެ. އަދި އެއީ ނޮވެމްބަރު 2017 ގެ ފަހުން އެ ގައުމުން ކުރި އެންމެ ބާރުގަދަ މިސައިލް ޓެސްޓް ކަމަށް ވެސް ބުނެފައިވެ އެވެ.
ޖަޕާނާއި ސައުތު ކޮރެއާގެ އޮފިޝަލުން ލަފާކުރި ގޮތުގައި މިސައިލް ވަނީ 2،000 ކިލޯ މީޓަރު (1،240 މޭލު) މަތިން، 800 ކިލޯ މީޓަރު (500 މޭލު) އަށް 30 މިނިޓް ވަންދެން ދަތުރުކޮށްފަ އެވެ. މިސައިލް ވެއްޓިފައި ވަނީ ޖަޕާން ކަނޑަށެވެ.
ޖެނުއަރީ އަކީ ފަހަކަށް އައިސް ނޯތު ކޮރެއާ އިން އެންމެ ގިނަ މިސައިލް ޓެސްޓްކުރި މަހެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމް ދެއްވި އާ އަހަރުގެ މެސެޖުގައި ވެސް ވަނީ އާ ޓެކްނޮލޮޖީއާ އެކު އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް ގޮވާލައްވައިފަ އެވެ.
ކޮރެއާއާއެކު ސުލްހަޔަށް މަސައްކަތްކުރަން ބޭނުން: ޗައިނާ
އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލްކަން އިތުރުކުރަނީ
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
ތިން ހަފުތާތެރޭ ތިން މިސައިލް ކޮރެއާ އިން ޓެސްޓްކޮށްފި
ނޯތު ކޮރެއާ އިން ރޮކެޓް އިންޖީނެއް ޓެސްޓްކޮށްފި
ނިއުކްލިއާ ހަތިޔާރުން ރައްދު ދޭން ކިމް ފަހެއް ނުޖެހޭނެ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ