Roadha Mihaaru
މޯނީގެ ކައިވެނިން ރީތި ފޮޓޯތަކެއް

މޯނީގެ ކައިވެނިން ރީތި ފޮޓޯތަކެއް

31 ޖެނުއަރީ 2022

މިއީ ދެން މިހާރު ބޮލީވުޑްގެ އެންމެ ހިނގާ ޚަބަރެވެ؛ ޓީވީ ތަރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދައި، މިހާރު ބޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތައް ވެސް ލިބެމުން އަންނަ މޯނީ ރޯއީ އޭނާގެ ކައިވެންޏަށް ފަހު، އެ އުފާވެރި ހަފުލާގެ ވަރަށް ބައިވަރު ފޮޓޯތައް އިންސްޓަގްރާމަށް އޮއްސާލި އެވެ.

މިއީ ދެން މިހާރު ބޮލީވުޑްގެ އެންމެ ހިނގާ ޚަބަރެވެ؛ ޓީވީ ތަރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދައި، މިހާރު ބޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތައް ވެސް ލިބެމުން އަންނަ މޯނީ ރޯއީ އޭނާގެ ކައިވެންޏަށް ފަހު، އެ އުފާވެރި ހަފުލާގެ ވަރަށް ބައިވަރު ފޮޓޯތައް އިންސްޓަގްރާމަށް އޮއްސާލި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މޯނީ ކައިވެނިކުރީ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރުވީ ވިޔަފާރީވެރިޔާ ސޫރަޖް ނަންބިއާއާ އެވެ.

މެހެދީން ފެށިގެން، އިންޑިއާގެ ކައިވެނިތަކުގައި އޮންނަ ސަގާފީ އެކި ކަންކަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މޯނީގެ އިންސްޓަ ސްޓޯރީ އާއި ފީޑަށް އެޅި އެވެ. ގޯއާގެ ހިލްޓަން ރިސޯޓުގައި ބޭއްވި ކައިވެނީގެ ހަފުލާއިން މި ހިމަނާލަނީ ބައެއް ފޮޓޯތަކެވެ.

އެދެމަފިރިންގެ ކައިވެނި އޮތީ ސައުތު އިންޑިއަން ތީމަކަށެވެ. ދުބާއީގައި އަމިއްލަ ވިޔަފާރީއެއް ކުރާ މޯނީގެ ފިރިމީހާ، ސޫރަޖަކީ ސައުތު އިންޑިއާގެ ބެންގަލޫރު މީހެކެވެ. މޯނީ އަކީ ވެސްޓް ބެންގޯލްގެ ސިޓީއެއް ކަމަށްވާ ކޫޗު ބިހާރު އާއިލާއެއްގެ މެމްބަރެކެވެ.

މިހާރު އެންމެ ގަދަ އަށް ދެކެވެނީ، ކައިވެނީގެ ކުރިން ބޭއްވި ސަންގީތު ސެރެމޮނީގައި މޯނީ ލައިގެން ހުރި ލެހެންގާގެ ވާހަކައެކެވެ. ރަން ކުލައިގެ މި ލެހެންގާ ޑިޒައިން ކުރީ އިންޑިއާގެ ފެޝަން ޑިޒައިނާ، ފަލުންގީ ޕީކޮކް އެވެ.

މޯނީ އެކްޓިން އަށް ނިކުތީ ސްޓާ ޕްލަސް އިން ގެނެސްދިން، ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރުވި ޑްރާމާ ސިލްސިލާ "ކިއުކީ ސާސްބީ ކަބީ ބަހުތީ" އިންނެވެ. އޭގެ ފަހުން ވެސް ގިނަ ޑްރާމާތަކެއް ކުޅުމަށް ފަހު، ބޮލީވުޑަށް ނިކުތީ އަކްޝޭ ކުމާރްއާ އެކު ކުޅުނު ސްޕޯޓްސް ފިލްމު "ގޯލްޑް" އިންނެވެ. އޭގެ ފަހުން ޑްރާމާތަކާއި ފިލްމުތަކުން ވެސް އޭނާ އަށް ގިނަ ފުރުސަތުތަކެއް ލިބެ އެވެ.