ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބެހި ރިސޯޓަކަށް ވަލްޑޯފް އޮސްޓްރިއާ އިތާފުށި ވެއްޖެ އެވެ.
30 މާޗް 2021
ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބެހި ރިސޯޓަކަށް ވަލްޑޯފް އޮސްޓްރިއާ އިތާފުށި ވެއްޖެ އެވެ.
"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހު އިތާފުށިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 2،433 ޑޮލަރު (37،516.8ރ.) ދީފަ އެވެ.
މި ލިސްޓުގައި ހިމެނޭ ރިސޯޓުތަކުގެ ތެރެއިން މި މަހު 2،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދީފައިވަނީ އިތާފުއްޓާއި ވެލާ ރިސޯޓުން އެކަންޏެވެ. ވެލާއިން ވަނީ މި މަހު ސާވިސް ޗާޖުގެ ގޮތުގައި 2،303 ޑޮލަރު (35،512ރ.) ދީފަ އެވެ.
ކޮވިޑްގެ ބަންދަށް ފަހު އަލުން ހުޅުވި ފަހުން އިތާފުށި ރިސޯޓުން ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައި ކަމަށް ވެސް، ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ބުނެ އެވެ. އެކަމަކު ރިސޯޓުން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ.
މި މަހު 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބެހި ރިސޯޓުތަކުގެ ތެރޭގައި ޖޯލި މޯލްޑިވްސް އާއި ވައްކަރު މޯލްޑިވްސް އާއި ނިޔާމަ އަދި ފޯ ސީޒަންސްގެ ރިސޯޓުތަކާއި ނޯޓިލަސް ހިމެނެ އެވެ.
"ރިސޯޓު ވޯކާސް މޯލްޑިވްސް" ޕޭޖުގައި އެ އަދަދުތައް ހާމަކުރަނީ އެކި ރިސޯޓުތަކުގެ މުވައްޒަފުން އެ ޕޭޖަށް ފޮނުވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
ރާއްޖޭގެ ހުރިހާ ޓޫރިސްު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.
ތިން ރިސޯޓަކުން ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ސާވިސް ޗާޖު ލިސްޓުގެ ކުރިއަށް އަނެއްކާވެސް ވެލާ
ސާވިސް ޗާޖު ދިނުމުގައި ޗުއްޓީ ދުވަސްތައް ގުނަންޖެހޭނެ
އިތާފުށިން މި މަހު ސާވިސްޗާޖަށް ބައިލައްކަ ރުފިޔާ
ވެލާގެ ސާވިސް ޗާޖު: މުވައްޒަފަކަށް 72،000ރ.
ސާވިސް ޗާޖަށް ހަތަރު ރިސޯޓަކުން 30،000ރ.
ސާވިސް ޗާޖު ބޮޑުކޮށް ދޭ ރިސޯޓުތަކުގެ ލިސްޓަށް ބަދަލެއް
ދުނިޔޭގެ ތިންވަނަ ހޮޓަލަކަށް އިތާފުށި ހޮވިއްޖެ
ސާވިސް ޗާޖާއި މިނިމަމް ވޭޖަށް އަމަލުކުރޭތޯ ބަލަނީ
ކޯރާކޯރާގެ އެއާޕޯޓް ރެޕުންނަށް އަންހެނުން