ރިސޯޓުތަކުގެ 80 ޕަސެންޓް މުވައްޒަފުން ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ކަަމަށް ޓޫރިޒަަމް މިނިސްޓްރީން ބުނެފި އެވެ.
23 ޖުލައި 2021
ރިސޯޓުތަކުގެ 80 ޕަސެންޓް މުވައްޒަފުން ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ކަަމަށް ޓޫރިޒަަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 97 ޕަސެންޓު މީހުން ވަނީ ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. އޭގެ ތެރެއިން 80 ޕަސެންޓު މީހުން ވަނީ ދެ ޑޯޒު ޖަހައި ވެކްސިން ފުރިހަމަކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އަންނަނީ އެމްއެމްޕީއާރުސީއާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް ހާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަމުންނެވެ. "އައި އޭމް ވެކްސިނޭޓެޑް"ގެ ނަމުގައި ފަށާފައިވާ މި ޕްރޮގްރާމުގައި، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރާ ކޮންމެ މުވައްޒަފަކަށް އެކަން އަންގައިދޭ ބެޖެއް ލިބޭނެ އެވެ.
މިއީ ރާއްޖެއަކީ ކޮވިޑުން ރައްކާތެރި މަންޒިލަކަށް ހަދައި ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް މި އަހަރުގެ ކުރީ ކޮޅު ފެށި ޕްރޮގްރާމެކެވެ.
ސަރުކާރުން ވަނީ ރިސޯޓު މުވައްޒަފުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއިތަކެއް ވެސް ދީފަ އެވެ. އެގޮތުން، އެ މުވައްޒަފުންނަށް މޮނިޓަރިންގައި ނެތް ރަށްރަށް ކަރަންޓީން ނުވެ މިހާރު ދަތުރު ކުރެވޭނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވެސް ދަނީ ދަށްވަމުންނެވެ. ޓޫރިސްޓުންގެ ޕޮޒިޓިވިޓީ ރޭޓު މިދިޔަ މަހު 0.25 ޕަސެންޓުގައި ހުރި އިރު މި މަހުގެ މިހާތަނަށް އެ ރޭޓު ހުރީ 0.19 ގަ އެވެ.
ސިޔާމްވޯލްޑްގައި މުވައްޒަފުން ޓެސްޓް ނުކުރާކަމުގެ ޝަކުވާ
ގެސްޓްހައުސްތަކުގައި ތިބޭނަމަ ވެކްސިންގެ 2ޑޯޒް މަޖުބޫރު
ރަށަށް ނުދެވޭތީ ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް
ޓޫރިޒަމްގެ އެންމެންނަށް ވެކްސިން ދޭން ކެމްޕޭނެއް
ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭގޮތް ހަދަނީ
ވެކްސިން ޖެހި ޓޫރިޒަމް މުވައްޒަފުން 14،500 އަށް
ރިސޯޓުތަކުގައި ވެކްސިން ދޭން ފަށައިފި
ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް ވުމުން
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ