އައްޑޫ ފޭދޫގައި ހުރި ޗަސްބިންތަކަށް ވެލި އަޅައިގެން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
01 ފެބުރުއަރީ 2022
އައްޑޫ ފޭދޫގައި ހުރި ޗަސްބިންތަކަށް ވެލި އަޅައިގެން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއަދު ހަވީރު ފޭދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފަައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި އައްޑޫ މޭޔަރު އަލީ ނިޒާރެވެ.
ފޭދޫގެ މަގުއްދޫ ދާއިރާގައި އޮތް 14 ޗަސްބިމެއް ހިއްކުމުގެ މަސައްކަތް ފެށީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން އަމާޒު ހިފައިގެންނެވެ. ކައުންސިލުން ބުނި ގޮތުގައި އެތަނުގެ ޕަބްލިކް ވޯކްސް އިން ކުރިއަށް ގެންދާ މި މަސައްކަތަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވި ގޮތުގައި ޗަސްބިންތައް ހިއްކުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން ކުރާ ކަމެކެވެ. އޭނާ ވިދާޅުވީ ބޯކޮށް ވާރޭވެހޭ ދުވަސްވަރު ރަށުތެރޭގައި ފެންބޮޑުވުމުގެ އިތުރުން ޗަސް ބިންތަކުގެ ސަބަބުން މަދިރީގެ މައްސަލަ ވެސް ވަރަށް ބޮޑެވެ.
"އެހެންވީމަ މިއަދު ފެށުނު މަސައްކަތާ އެކު އެކަންކަން ހައްލުވުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ،" ސަލްމާ ވިދާޅުވި އެވެ. "މިކަމަކީ ރައްޔިތުންގެ އެތައް ދުވަހެއްވީ ޝަކުވާއަކަށް ނިމުން އަންނާނެ ކަމެއް."
މެމްބަރު ނިހާދު ވިދާޅުވީ ފޭދޫގެ ޗަސްބިންތައް ހިއްކުމަކީ އޭނާ ކެމްޕޭންކުރެއްވި ދުވަސްވަރު ވެސް ރައްޔިތުންގެ ފަރާތުން އެދިފައި އޮތް އެދުމެއް ކަމަށާއި އެކަން ހާސިލުވެގެން ދިއުމަކީ ރައްޔިންނަށްވެވުނު ވައުދު ފުއްދަވައި ދެވުން ކަމަށެވެ.
އައްޑޫން ގޯތި ދިނުމާ ގުޅިފައިވާ ހިއްކާ ބިންތަކާ
ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރާނެ: ކައުންސިލް
ހަންކެޑެކެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަނީ
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
މިފްކޯގެ ހުޅުމީދޫ ބަނދަރުގެ މަސައްކަތް ފަށައިފި
ފޭދޫގެ ފެން ހިންދާ ނިޒާމު ކައުންސިލާ ހަވާލުކޮށްފި
އައްޑޫން ޓޫރިޒަމަށް އިތުރު ބިންތަކެއް ދޫކުރަނީ
އައްޑޫގެ އިތުރު މަގުތަކެއްގައި ތާރު އަޅަން ފަށަނީ
އައްޑޫގެ މަޝްރޫއުތައް ބަލަން އިންޑިއާގެ އިސް ވަފުދެއް
އައްޑޫން ޓޫރިޒަމަށް ހުޅުވާލި 63 ބިމަކަށް ބީލަން