06 ފެބުރުއަރީ 2022
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ނެގީ ނުފޫޒާއި ބާރު އަދި ރިޝްވަތުގެ ފައިސާ އިން ކަމަށާއި އެ ވަރުން ވެސް ނަތީޖާގައި ފެންނަން އޮތީ އެ ޕާޓީ އަށް ތާއީދު ނެތި ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާ ތަން ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ނެގީ ނުފޫޒާއި ބާރު އަދި ރިޝްވަތުގެ ފައިސާ އިން ކަމަށާއި އެ ވަރުން ވެސް ނަތީޖާގައި ފެންނަން އޮތީ އެ ޕާޓީ އަށް ތާއީދު ނެތި ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާ ތަން ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ މިއަދު ވިދާޅުވެއްޖެ އެވެ.
ފަތުހީ އާއި އެމްއެންޕީގެ އަބްދުލް ހަންނާނާ ވާދަ ކުރައްވައި 240 ވޯޓުގެ ތަފާތުން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދެވެ.
ނަމަވެސް ފަތުހީ "މިހާރު" އަށް ވިދާޅުވީ، ބައި އިލެކްޝަނުގައި އެމްޑީޕީ އަށް ދާއިރާގެ އަޣުލަބިއްޔަތު ނުލިބޭ ކަމަށެވެ.
ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓް ރާޝިދަށް ލިބުނީ 48 ޕަސެންޓެވެ. ޕީޕީއެމަށް 40 ޕަސެންޓް އަދި އެންއެމްޕީ އަށް 11 ޕަސެންޓް ލިބުމަކީ އިންތިހާބުގައި އެމްޑީޕީ ބަލިވުން ކަމަށް ފަތުހީ ވިދާޅުވި އެވެ. "ސަރުކާރަށް ލިބުނު ކާމިޔާބީއެއް ނޫން މިއީ. ރޯމާދުވާލު އުސޫލުތަކާއި ހަމަތައް މުގުރައި ގަދަބާރުން ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ނެގި އިންތިހާބެއް," އޭނާ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި މޫސާ ފަތުހީ އާދަމް އެ ރަށު ޕްރީ ސްކޫލުގައި ގާއިމް ކޮށްފައިވާ ވޯޓް ފޮއްޓަށް ވޯޓްލަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ފަތުހީ ވިދާޅުވިގޮތުގައި، ސަރުކާރު ކޯލިޝަނަށް ލިބުނު ވޯޓުގެ އަދަދާއި ޕީޕީއެމުން އެކަނި ހޯދި ވޯޓަށް ބަލާއިރު ކާމިޔާބުވީ ޕީޕީއެމަށެވެ.
އަޅުގަނޑު ކުރިމަތިނުލި ނަމަ ކޮމަންޑޫގައި ވެސް އެއްވެސް މަޝްރޫއެއް ނުހިނގާނެ. -- ފަތުހީ
ފަތުހީ ވިދާޅުވީ، ވޯޓު ކަރުދާސް ގުނިއިރު ފެންނަން އޮތް ނަތީޖާ ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެ ނަތީޖާއާ ހަމައަށް ދާން ތިން ރަށުގެ މީހުންގެ ވިސްނުން ބަދަލުކުރަން ސަރުކާރާއި އެމްޑީޕީން ފޯރުވި ނުފޫޒާއި "ރިޝްވަތު" ބެހުން ބަލައެއް ނުގަނެވޭ ކަމަށް ވިދާޅުވި އެވެ.
ފަތުހީ މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި އިންތިހާބު އިއުލާންކޮށް، އެމްޑީޕީގެ ކެންޑިޑޭޓަކު ނެގި ފަހުން ދައުލަތުގެ ބަޖެޓުން ފާސްކޮށްފައި ނުވާ މަޝްރޫއުތަކެއް ކުއްލިއަކަށް ފެށި އެވެ. މިސާލަކަށް ދެއްކެވީ ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމެވެ. ދައުލަތުގެ ބަޖެޓުގައި ނުހިމަނައި ކުއްލިއަކަށް އެ ހަރަދު ކުރަން ނިންމުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު ކަމަށް އޭނާ ވިދާޅުވެ އެވެ.
ފަތުހީ ވިދާޅުވި ގޮތުގައި މި ދާއިރާގައި ކުއްލިއަކަށް ބައިވަރު ވަޒީފާ އުފައްދައި "ބަހައިލި" އެވެ. ކުންފުނިތަކުން ސީއެސްއާރުގެ ނަމުގައި ގިނަ ފައިސާތަކެއް ހޭދަކޮށް، "ރިޝްވަތު" ގެ ގޮތުގައި ފައިސާ ބެހިކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.
ފަތުހީ "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭގެ ތެރޭގައި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެއްފަހަރާ ދައުލަތުގެ ބަޖެޓުން މަންފާތަކެއް ލިބި އޭނާ މި ދާއިރާ އަށް ކެމްޕެއިން ކުރައްވަން ވަޑައިގަތުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެތައް މިލިއަން ރުފިޔާގެ ބަދަލު މި އިންތިހާބު ބޯމަތިވެފައި އޮއްވައި ދައުލަތުން ގާސިމަށް ހަމަޖެހުމަކީ އިއްތިފާގެއްތޯ ފަތުހީ ސުވާލު އުފެއްދެވި އެވެ. ކޯލިޝަންގެ އަނެއް ލީޑަރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ދާއިރާ އަށް ވަޑައިގަތީ އަމިއްލަ މަސްލަހަތާއި މަންފާތަކަކާ އެކުގައި ކަމަށް ފަތުހީ ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ހަމައެއްގައި އެއް ސަފެއްގައި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބު ބޭއްވި ނަމަ "މޮޅެއް"ގެ ގޮތުގައި މި ދައްކާ އަދަދެއް ސަރުކާރަކަށް ނުލިބޭނެ އެވެ.
އިންތިހާބަށް ނުފޫޒު އޮތް ވަރުގެ ހެއްކެއްގެ ގޮތުގައި ފަތުހީ ދެއްކެވީ މުޅި ދައުލަތަށް ކޮމަންޑޫގައި ހިންގުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެ ފަހަރަކަށް ކޮމަންޑު އަށް ވަޑައިގަތްއިރު މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ތިއްބެވީ މި ރަށުގައި ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ 30 ދުވަހަށް ކޮމަންޑޫ ކަމަށް ބަދަލުވީތީ ވެސް އުފާކުރަން," އޭނާ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ މޫސާ ފަތުހީ އާދަމް ވޯޓުލުމަށް އެ ރަށު ޕްރީ ސްކޫލުގައި ގާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒަށް ވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އާސަންދައިގެ އިސް ބޭފުޅުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއެކު ބަލި މީހުން ތިބި ގޭގެއަށް ވަޑައިގެން އެހީ ދޭން ޖެހޭ ކަން އެނގިވަޑައިގަތީ ވެސް މި އިންތިހާބާ ގުޅިގެން ކަމަށް ފަތުހީ ވިދާޅުވި އެވެ. އަދި ކުންފުނިތަކުގެ މަސައްކަތް ދޫކޮށްލާފައި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ތިއްބެވީ ކެމްޕޭންގައި ކަމަށް ވިދާޅުވި އެވެ.
މާލޭގެ ވޯޓުލީ ސަރަހައްދުގައި ފައިސާގެ ބޮޑު ޖަހައެއް ހިންގަމުން ދިޔަ. އިންތިހާބުގެ ނަތީޖާ, ސަރުކާރުން ގަދަބާރުން ފެލާލައިގެން ނުފޫޒުން ގެނައި ނަތީޖާއަކުން ސަރުކާރު މޮޅުވީއޭ ނުބުނެވޭނެ. -- ފަތުހީ
މި ކެމްޕޭންގައި ޖުޑިޝަރީ ވެސް ބައިވެރިވި ކަމުގެ ހެއްކެއްގެ ގޮތުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް އިދާރީ އޮޅުމަކާ ހެދި ފަސްކުރީ ކެމްޕޭން ކުރައްވަން މި ދާއިރާގައި ހުންނަވަނިކޮށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި މި ދާއިރާގެ މެޖޯރިޓީ އެމްޑީޕީ އަށް ދީފައި އޮތަސް ވޭތުވެދިޔަ 15 އަހަރު ދާއިރާ އަށް އައި ތަރައްގީއެއް ނެތެވެ. މި ބައި އިލެކްޝަން ކުރިމަތި ނުވި ނަމަ މި ދައުރު ނިމޭނީ ކޮމަންޑު އަށް އެއްވެސް ކަމެއް ނުވެ ކަމަށް ވިދާޅުވި އެވެ.
"މިގޮތަށް ނަމަވެސް މި ދާއިރާގައި މަޝްރޫއުތައް ފެށުމަކީ ލިބުނު ކާމިޔާބެއް. އުފަލެއް. އަޅުގަނޑު ކުރިމަތިނުލި ނަމަ ކޮމަންޑޫގައި ވެސް އެއްވެސް މަޝްރޫއެއް ނުހިނގާނެ," އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ އެ ވިސްނުމެއް މި ސަރުކާރުގެ އެ ވިސްނުމެއް ނެތް. އޮތް ނަމަ ތިން އަހަރު ފާއިތުވެދިޔަ އިރު ބަޖެޓުގައި އެ ވާހަކަ ދައްކާނެ. ބަޖެޓުގައި ހިމަނާނެ. މަޖިލީހުގައި ބަހުސްކުރާނެ."
ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ އީއައިއޭ ދެ ގަޑިއިރުން ނިންމާލުމުން ސަރުކާރުގެ ސްޕީޑު ބާރޭ ބުނެވިދާނެ ކަމަށާއި އެކަމަކު އެއީ ހަމަޔާއި އުސޫލުން ބޭރުން ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވި އެވެ.
ވެރިކަމަށް އައުމަށް ކޮމަންޑޫގައި އެއާޕޯޓު އެޅުމުގެ ވައުދު ކޮބައިތޯ ވެސް ފަތުހީސުވާލު އުފެއްދެވި އެވެ. އަދި ފްލެޓް ދޭނަމޭ ބުނި ނަމަވެސް ތިން އަހަރުވި އިރު ޕްލޭނެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.
ފަތުހީ ވިދާޅުވީ ސިއްހީ މަރުކަޒުތަކަކީ ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި އޮންނަން ޖެހޭ ތަންތަނަށް ވިޔަސް އެމްޓީސީސީ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން އެ ތަންތަނުގެ ފެންވަރު ރަނގަޅު ކުރަން ޖެހުމަކީ ދެރަވަރު ކަމެއް ކަަމަށެވެ. ޔޫތު މިނިސްޓްރީން އަޅައިދޭން ޖެހޭ ބޯޅަ ދަނޑު ވެސް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ފަތުހީގެ ކެމްޕޭން ޖަލްސާއެއްގައި އޭނާ ވާހަކަ ދައްކަވަނީ.
އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ވޯޓުލާން ކަނދުފައްޗެއް ނެތް ކަން އެނގުނީ ވޯޓުލާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ. ވޯޓުލީ ދުވަހު މަސްވެރިންނަށް ފެންނަ ގޮތަށް ބޭއްވި ކަމަށާއި މި ރަށުގައި އައިސް ޕްލާންޓެއް ނެތް ކަން އެނގި ކުއްލިއަކަށް ސޮއިކުރީ އިންތިހާބުގެ ހަފުތާ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
"ހުސެއިން ވަހީދުގެ އަވަހާރަވުމުގެ ކުރިން މި ދާއިރާ އަށް ސަރުކާރުގައި އޮތް ހެޔޮ ނިޔަތެއް ނުފެނޭ," ފަތުހީ ވިދާޅުވި އެވެ. "ބަޖެޓަކު ނެތް. މި އިންތިހާބާ ގުޅިގެން ބުނީ ތިމަންނަމެން ހުރިހާ ކަމެއް ކުރާނަމޭ."
ފަތުހީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ވަރަށް އިންތިހާބަށް ނުފޫޒު ފޯރުވައި ގާނޫނާ ހިލާފު އަމަލުތައް ހިންގިއިރު ގާނޫނީ މުއައްސަސާއަކުން ބެލޭނެ ގޮތެއް ނެތުމެވެ.
"މާލޭގެ ވޯޓުލީ ސަރަހައްދުގައި ފައިސާގެ ބޮޑު ޖަހައެއް ހިންގަމުން ދިޔަ. އިންތިހާބުގެ ނަތީޖާ, ސަރުކާރުން ގަދަބާރުން ފެލާލައިގެން ނުފޫޒުން ގެނައި ނަތީޖާއަކުން ސަރުކާރު މޮޅުވީއޭ ނުބުނެވޭނެ."
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ކުއްލިއަކަށް އޭސީސީ ޕެރެލައިޒްކޮށްލީ މި އިންތިހާބާ ދިމާކޮށެވެ. އެތަނަށް ހުށަހެޅި އެއްވެސް މައްސަލައެއް ނުބެލޭއިރު އިލެކްޝަންސް ކޮމިޝަނުން ކުރި ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ހައްގުތަކެއް ގެއްލިގެން ދިޔައިރު ހިއުމަން ރައިޓްސް ކޮމިޝަނަށް ނުފެނުނު ކަމަށް ވިދާޅުވި އެވެ.
ވޯޓު ކަރުދާސްކޮޅު އަތަށް ލިބި ފާހަގަ ޖަހައި ފޮއްޓަށް ވައްޓާލަން ލިބުމަކީ އޭނާ ވިދާޅުވި ގޮތުގައި މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ އެވެ. ނުފޫޒު މި އިންތިހާބުގައި އޮތްހޭ އަހާ ސުވާލުގެ ޖަވާބު ހުރިހާ މުއައްސަސާތަކަށް ހެއްކާ އެކު ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ހައްގު މޮޅެއް، ދެން ވެސް ކުރިއަރުވާނީ ދާއިރާ: ރާޝިދު
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!
18 ފުރުމާއެކު ފްލެޓް ދިނުމަކީ ކުރާނެ ކަމެއް: ޔާމީން
އިންތިހާބަށް ފާރަވެރިވާން އޭސީސީ ނެތުމުން ކަންބޮޑުވެއްޖެ