ޖަޕާނުގެ ބޮޑު ދެ ކުންފުންޏަކުން ފެށުމަށް ހަމަޖެހިފައިވާ ބްލޫ ކާބަން ފަންޑުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ ފުރަތަމަ އިންވެސްޓްމެންޓް ސްރީ ލަންކާގައި ފަށާ ގޮތަށް އެ ފަންޑުން ހަމަޖައްސައިފި އެވެ.
ޖަޕާނުގެ ބޮޑު ދެ ކުންފުންޏަކުން ފެށުމަށް ހަމަޖެހިފައިވާ ބްލޫ ކާބަން ފަންޑުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ ފުރަތަމަ އިންވެސްޓްމެންޓް ސްރީ ލަންކާގައި ފަށާ ގޮތަށް އެ ފަންޑުން ހަމަޖައްސައިފި އެވެ.
ޖަޕާނުގެ ސޮޖިޓްޒް ކޯޕަރޭޝަނާއި ނިޕޯން ޓްރޭޑިން އީސްޓް ގުޅިގެން އުފައްދާ މި ފަންޑުގެ ފަރާތުން ރާވާ ކަންތައް ތަންފީޒުކުރާނީ، ދުނިޔޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ވޯލްޑްވައިޑް އިންޓަނޭޝަނަލް ފައުންޑޭޝަން (ޑަބްލިޔޫއައިއެފް) އިންނެވެ. އެ ޖަމާއަތުން މި މަސައްކަތް ކުރިއަށް ގެންދާނީ އޭޝިޔާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުގައިވާ އެ ޖަމާއަތުގެ މެންބަރު ޖަމިއްޔާތަކާ ގުޅިގެންނެވެ.
މި ފަންޑުގެ މަސައްކަތް ފަށާއިރު، ފުރަތަމަ މަރުހަލާއަށް ކަނޑައަޅާފައިވާ ރައުސްމާލުގެ މިންވަރަކީ 25 މިލިއަން ޑޮލަރެވެ. ނަމަވެސް ކުރަންޖެހޭ މަސައްކަތްތަކާ އެކަށޭނަ މިންވަރަކަށް ފައިސާ އިތުރުކުރަމުން ދާނެ އެވެ.
ސްރީ ލަންކާގައި ފަށާ ފުރަތަމަ މަޝްރޫއުގެ ދަށުން، 25 ހާސް ހެކްޓަރު ހިމެނޭ ކުޅީގެ ސަރަހައްދެއްގައި ގަސްތައް އިންދާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ސުޕްރީމް ގްލޯބަލް ހޯލްޑިންސް ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މެންގަރޫވް ކޮންޒަވޭޝަން އެންޑް ރެސްޓޮރޭޝަން ކުންފުނިންނެވެ. މީގެ އިތުރުން ލަންކާގެ ފަޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި މޫދުވިނަ އިންދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ އެވެ.
މިދިޔަ 12 އަހަރުގެ ތެރޭގައި ޑަބްލިޔޫއައިއެފްގެ ފަރާތުން، ކަނޑޫފާތަކާއި ހޭޅިފަށް އިއާދަކުރުމުގެ ކާމިޔާބު މަޝްރޫއުތަކެއް، ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާފައިވެ އެވެ. އެ މަޝްރޫއުތަކުގެ ދަށުން، ކަނޑޫފާތަކާއި ހޭޅިފަށްތަކުގައި އިންދި ގަސްތަކުގެ 96 ޕަސެންޓް ގަސްތައް ކާމިޔާބުކަމާ އެކު ހެދެމުން އަންނަ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
ބްލޫ ކާބަން ފަންޑު އުފެއްދުމުގައި ބައިވެރިވާ ސޮޖިޓްޒް ކުންފުންޏަކީ، އަހަރަކު 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ މަޝްހޫރު ވިޔަފާރި ކުންފުންޏެކެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މައި މަރުކަޒު ހުންނަ ސޮޖިޓްޒް ކުންފުނީގެ ސަބްސިޑަރީ 400 ކުންފުނި ހިންގަ އެވެ.
ގެއްލުން ފޫބައްދަން 7 ބިލިއަން ބޭނުންވޭ: ލަންކާ
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާގެ ރެސްކިއު ހެލިކޮޕްޓަރެއް ވެއްޓި އެކަކު މަރު
ސަން ސިޔާމް ގްރޫޕުން ލަންކާއަށް 200،000 ޑޮލަރު
ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް