ތޫފާނުގެ ވިއްސާރާގައި ސްރީ ލަންކާއިން ގެދޮރު ހަލާކުވި މީހުންނަށް، ރައްކާތެރި ހިސާބުތަކުން ބިން ގަނެ ގެދޮރު ބިނާކުރުމަށް 10 މިލިއަން ރުޕީސް (33،000 ޑޮލަރު) ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ތޫފާނުގެ ވިއްސާރާގައި ސްރީ ލަންކާއިން ގެދޮރު ހަލާކުވި މީހުންނަށް، ރައްކާތެރި ހިސާބުތަކުން ބިން ގަނެ ގެދޮރު ބިނާކުރުމަށް 10 މިލިއަން ރުޕީސް (33،000 ޑޮލަރު) ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބިންގަނޑު ކަނޑައިގެން ދިއުމާއި ފެން ބޮޑުވުމުގެ ނުރައްކާ އޮތް ހިސާބުތަކުން ހަލާކުވި ގެތައް އެހެން ތަންތަނުގައި އެޅުމަށް ކަނޑައެޅި 10 މިލިއަން ރުޕީސްގެ ޕެކޭޖްގެ އިތުރުން މަރުވި މީހުންނާއި ނުކުޅެދުންތެރިކަމާ ކުރިމަތިވި މީހުންނަށް ވެސް ފައިސާގެ އެހީ ކަނޑައަޅާފައިވާ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މަރުވި ކޮންމެ މީހަކަށް 1 މިލިއަން ރުޕީސްގެ މަގުން އާއިލާތަކަށް އެހީވާނެ އެވެ. އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވި ކޮންމެ މީހަކަށް ވެސް މިލިއަން ރުޕީސް ދޭން ވަނީ ނިންމައިފަ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މިދިޔަ ހަފުތާގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 71،000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާ ކަމަށާއި އޭގެ ތެރެއިން 5،000 ގެ އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.
ހާލަތު އެންމެ ގޯސްވި އިރު ސަރުކާރުގެ ވަގުތީ ހިޔާތަކަށް 225،000 މީހުން ގެންދިޔަ ނަމަވެސް މިހާރު ތިބީ 150،000 މީހުން ކަމަށް ޑީއެމްސީން ބުންޏެވެ.
ވިއްސާރާގައި ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 607 އަށް އަރައިފަ އެވެ. އަދި 214 މީހަކު ގެއްލިފައިވެ އެވެ.
ޑީއެމްސީން ބުނި ގޮތުގައި ވިއްސާރާގައި އެކި ގޮތްގޮތުން ގެއްލުންވި މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ ގިނަ ކަމަށެވެ. މިއީ ގައުމުގެ އާބާދީގެ 10 ޕަސެންޓެވެ.
ބަނގުރޫޓުވެ އިގްތިސާދީ ކާރިސާއަކާ ކުރިމަތިވުމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ހޯދައި އަޑިގަނޑުން އަރައިގަތުމަށް މަސައްކަތްކުރަމުން އައި ލަންކާއަށް އެރި ތޫފާނާ އެކު އިތުރު ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ. ބެއިލްއައުޓްގެ 2.9 ބިލިއަން ޑޮލަރުން މި މަހު ދޭން ނިންމާފައިވާ 347 މިލިއަން ޑޮލަރުގެ އިތުރުން ލަންކާއިން ވަނީ 200 މިލިއަން ޑޮލަރު ދޭން ވެސް މިހާރު ހުށަހަޅައިފަ އެވެ. އެހެންވެ އައިއެމްއެފުން ބުނީ އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ލަންކާގައި އެހީވާން އިތުރު ސިފައިން ނެރެފި
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 607 އަށް
ގެއްލުން ފޫބައްދަން 7 ބިލިއަން ބޭނުންވޭ: ލަންކާ
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް
ތޫފާނު ހިނގައްޖެ، އެކަމަކު ކޮލަމްބޯގައި ފެން ބޮޑުވަނީ
ގަދަ ވިއްސާރާގައި ލަންކާއިން 31 މަރު