10 ފެބުރުއަރީ 2022
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން، އެ ކުދިންގެ ފަރާތުން އެ ސްޓޭޓްގެ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުގެ އިސް ފަނޑިޔާރަށް ފޮނުވައިފި އެވެ.
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރު ކޮލެޖްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރުމާ ގުޅިގެން، އެ ކުދިންގެ ފަރާތުން އެ ސްޓޭޓްގެ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުގެ އިސް ފަނޑިޔާރަށް ފޮނުވައިފި އެވެ.
މި މައްސަލަ ކަރްނާޓަކާ ސްޓޭޓްގެ ހައި ކޯޓަށް ހުށަހެޅީ އެ ސްޓޭޓްގެ އުޑުޕީ ސިޓީގައި ހުރި ސަރުކާރު ކޮލެޖުން ބޭރުކޮށްލި މުސްލިމް އަންހެން ކުދިންގެ ތެރެއިން ދެ ކުއްޖެކެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އުފެދިފައިވާ މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، އިއްޔެއާ ހަމައަށް މި މައްސަލަ ބަލަމުން އައީ އެ ކޯޓުގެ އެންމެ ފަނޑިޔާރެކެވެ.
ފަނޑިޔާރު ކްރިޝްނާ އެސް ޑިކްސިޓް ބަލަމުން އައި އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުންތަކަށް ފަހު، އެ މައްސަލަ އޭނާ ފޮނުވީ ހައި ކޯޓުގެ އިސް ފަނޑިޔާރު ރިޓޫ ރާޖް އަވަސްތީ އަށެވެ. އިސް ފަނޑިޔާރު މިހާރު ވަނީ އޭނާވެސް ހިމެނޭ ގޮތަށް، އިތުރު ތިން ފަނޑިޔާރުންނާ އެކު ޖުމްލަ ހަތަރު ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި މުސްލިން އަންހެން ފަނޑިޔާރަކު ވެސް ހިމެނެ އެވެ.
މި ބެންޗުގެ ފަރާތުން މި މައްސަލައިގައި ބާއްވާ ފުރަތަމަ އަޑުއެހުން މިއަދު އޮންނާނެ ކަމަށް އެ ސްޓޭޓްގެ ހައި ކޯޓުން ބުނެ އެވެ. މި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް މި އެކުލަވައިލީ، މި މައްސަލައިގެ ޒާތަށް ބަލާއިރު އެންމެ ފަނޑިޔާރަކު މައްސަލަ ބެލުމަކީ ދުސްތޫރީ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް، ރިޓަޔާކޮށްފައިވާ ބައެއް ފަނޑިޔާރުންނާއި ބައެއް ވަކީލުން ވިދާޅުވާން ފަށާފައިވަނިކޮށެވެ.
"މި މައްސަލައިގައި އިއްޔެ ދެ ފަރާތުން ވެސް ވަރަށް ފޯރީގައި ބަހުސްކޮށްފި. އެ ބަހުސްތަކުން މި ފަނޑިޔާރަށް ވެސް މަންފާތަކެއް ކޮށްފި. އެހެންކަމުން މި މައްސަލައިގައި މިއަށް ވުރެ ބޮޑު ބެންޗެއް އުފައްދައިގެން ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު ލަފައެއް ހޯދުމަށް، މި ކޯޓުގެ އިސް ފަނޑިޔާރަށް މި މައްސަލައިގެ ލިޔުންތައް ފޮނުވުމަށް ކޯޓަށް ފެނޭ،" މައްސަލަ ބަލަމުން ދިޔަ ފަނޑިޔާރު ކްރިޝްނާ އެސް ޑިކްސިޓް ވިދާޅުވި އެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި، ކަރްނާޓަކާ ސަރުކާރުން ދައްކަމުން އައި ހުއްޖަތަކީ، ސްކޫލްތަކަށް ކަނޑައަޅާފައިވާ ޔުނިފޯމްގައި ހިމެނޭ ބައިތަކުގެ އިތުރުން، އެހެން ބައިތަކެއް ހެދުމުގައި ބޭނުންކުރަން ދޫކޮށްލައިފި ނަމަ، އެއީ ސްކޫލްގެ ޔުނީފޯމްގެ މިންގަނޑުތަކާ ހިލާފަށް ވަކި ދަރިވަރުންތަކަކަށް ދެވޭ ހާއްސަ އިމްތިޔާޒުތަކަކަށް ވާނެ އެވެ. އަދި މިއީ އިންޑިއާގެ ގާނޫނުއަސާސީގެ 14 ވަނަ މާއްދާ އިން ދަރިވަރުންނަށް ލިބިދޭ ހަމަހަމަކަމުގެ ހައްގާ ހިލާފު އަމަލަކަށް ވާނެ ކަމަށް ވެސް ކަރްނާޓަކާ ސަރުކާރުން ބުނެ އެވެ.
ކަރްނާޓަކާގެ ސަރުކާރު ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔަވާ އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން މަނާކުރަން ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލަ މީޑިއާތަކަށް ތިލަވެ ބައިނަލްއަގުވާމީ ސަމާލުކަން ލިބެން ފެށީ، ކަރްނާޓަކާގެ އުޑުޕީ ސިޓީގައި ހުންނަ ސަރުކާރު ކޮލެޖްގެ މުސްލިމް އަންހެން ދަރިވަރުންތަކެއް ކްލާހުން ބޭރުކޮށްލުމުން، އެކަމާ ދެކޮޅަށް ލިޔެފައިވާ ލިޔުންތަކެއް ހިފައިގެން ތިބެ އެ ކުދިން ކޮލްޖެ ތެރޭގައި ކުރަން ފެށި ހިމޭން އިހުތިޖާޖްގެ ފޮޓޯތަކެއް، ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
މި މައްސަލައިގައި ކަރްނާޓާކާ ސްޓޭޓްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވާން ފަށާފައިވަނިކޮށް، ސްކޫލްތަކާއި ކޮލެޖްތަކުން ކަނޑައަޅާފައިވާ ޔުނީފޯމާ އެއްގޮތަށް ހެދުން އަޅައިގެން ސްކޫލްތަކާއި ކޮލެޖްތަކަށް ހާޒިރުވާން އަންގައި، މިމަހުގެ 5 ވަނަ ދުވަހު އެ ސްޓޭޓްގެ ސަރުކާރުން ވަނީ އަމުރެއް ނެރެފަ އެވެ.
މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަރްނާޓަކާގެ އެކި ހިސާބުތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އިއްޔެ އިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ސްޓޭޓްގައި ސަރުކާރުން ހިންގާ ކޮލެޖްތަކާއި އަދި ސަރުކާރުން އެހީ ދީގެން ހިންގާ ކޮލެޖްތަކުގެ އިތުރުން ސަރުކާރުގެ އެހީއާ ނުލައި ހިންގާ ކޮލެޖްތަކުގެ ޑިޕްލޮމާ ކޯސްތަކާއި ޑިގްރީ ކޯސްތައް އަދި އިންޖިނިއަރިން ކިޔަވައިދޭ ކޮލެޖްތަކުގެ ކިޔެވުން މިހާރުވަނީ ބަންދުކޮށްފަ އެވެ. ދެން ކިޔެވުން ފެށޭނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސިޓީތަކުގެ ތެރެއިން ހަމަނުޖެހުން އެންމެ ބޮޑުވެފައިވަނީ ބެންގަލޫރުގަ އެވެ. އެ ސިޓީގެ ހުރިހާ ސްކޫލްތަކެއް އިއްޔެ އިން ފެށިގެން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ. ބުރުގާ މަނާކުރި މައްސަލައިގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި، އެއް ކޮލެޖްގެ ދަރިވަރުންނާއި އަނެއް ކޮލެޖްގެ ދަރިވަރުންނާ ދެމެދު ވެސް އިއްޔެ ކުރިމަތިލުންތައް ހިނގި އެވެ.
އިންޑިއާގައި ރޭޕް ގިނަވަނީ ބުރުގާ ނާޅާތީ: ޒަމީރު
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް
ބުރުގާ މައްސަލައަށް އެމެރިކާ ވަނުމަށް އިންޑިއާ ނުރުހޭ
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ބުރުގާ މައްސަލައިގައި ކޮލެޖްތައް ތިން ދުވަހަށް ބަންދު
މޯދީގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް އިތުރު ބިރެއް
އިންޑިއާގެ ސްޓޭޓެއްގައި އިސްލާމީ ސްކޫލްތައް މަނާކޮށްފި
އިންޑިއާގެ ޔުނިވަސިޓީއެއްގައި ނަމާދުކުރާތީ ހަމަލާދީފި
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ