14 ފެބުރުއަރީ 2022
އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ވެސް، އަންހެނުން ރޭޕްކުރާ އަދަދު ގިނަ ގައުމެއް ކަމަށާއި، އެ ފަދަ ހާދިސާތައް ރެކޯޑް މިންވަރަކަށް އިތުރުވަމުން ދަނީ އަންހެނުން ބުރުގާ ނާޅާތީ ކަމަށް، އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ކޮންގްރެސް ޕާޓީގެ ލީޑަރު ޒަމީރު އަހްމަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ވެސް، އަންހެނުން ރޭޕްކުރާ އަދަދު ގިނަ ގައުމެއް ކަމަށާއި، އެ ފަދަ ހާދިސާތައް ރެކޯޑް މިންވަރަކަށް އިތުރުވަމުން ދަނީ އަންހެނުން ބުރުގާ ނާޅާތީ ކަމަށް، އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ކޮންގްރެސް ޕާޓީގެ ލީޑަރު ޒަމީރު އަހްމަދު ވިދާޅުވެއްޖެ އެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތަކުގެ މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކްލާސްތަކަށް ހާޒިރުވުން މަނާކުރުމާ ވިދިގެން، އެ ސްޓޭޓްގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވާތާ ތިން ދުވަސްވީ އެވެ. ގްރޭޑް 10 އިން ދަށުގެ ކްލާސްތަކުގެ ކިޔެވުން މިއަދު އަލުން ފެށުމަށް ހަމަޖެހިފައިވާ އިރު، ކޮލެޖްތަކާއި ޑިޕްލޮމާ ކޯސްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާ މުއްދަތު މިހާރު ވަނީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.
ކްލާސްތަކުން ބޭރުކުރި ބައެއް އަންހެން ދަރިވަރުން އެ މައްސަލަ އެ ސްޓޭޓްގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިރު، ހައި ކޯޓުގެ އިސް ފަނޑިޔާރު ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗަކުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިއަދު އަލުން ފަށާނެ އެވެ.
#WATCH | Hijab means 'Parda' in Islam...to hide the beauty of women...women get raped when they don't wear Hijab: Congress leader Zameer Ahmed on #HijabRow in Hubli, Karnataka pic.twitter.com/8Ole8wjLQF
— ANI (@ANI) February 13, 2022
"އަންހެން ކުދިން ބޮޑެތިވެގެން އަންނަ އިރު، އެކުދިންގެ ޒީނަތްތެރިކަން ފޮރުވުމަށްޓަކައި ބުރުގާ އަޅައި އެކުދިންގެ މޫނު ނިވައިކުރަންޖެހޭނެ. އަހަންނަށް ހީވާ ގޮތުގައި މުޅި ދުނިޔޭގައި ވެސް އަންހެނުން އެންމެ ގިނައިން ރޭޕްކުރަނީ އިންޑިއާގައި. ސަބަބަކީ ކޮބާ؟ އެކަމުގެ ސަބަބަކީ، އަންހެނުން އެ މީހުންގެ މޫނު ނިވައި ނުކުރުން. ހިޖާބް އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމަށް ދެކި އެގޮތަށް އަމަލު ކުރަމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ،" ކަރްނާޓަކާ ސްޓޭޓްގެ ކޮންގްރެސް ލީޑަރު ޒަމީރު ވިދާޅުވި އެވެ.
ކަރްނާޓާކާ ސްޓޭޓްގެ ސަރުކާރުން، ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުން ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން، ޖަންމޫ އާއި ކަޝްމީރުގެ ކުރީގެ ދެ ޗީފް މިނިސްޓަރުން ކަމަށްވާ، މަހްބޫބާ މުފްތީ އާއި ފާރޫގު އަބްދުﷲ ވެސް އިއްޔެ ވަނީ، ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޕީޕަލްސް ޑިމޮކްރެޓީކް ޕާޓީގެ ވެރިޔާ މަހްބޫބާ މުފްތީ ވިދާޅުވީ، ބުރުގާއާ ހަމައިން ބީޖޭޕީ އަދި ހުއްޓައިނުލާނެ ކަމަށެވެ.
J&K: I fear BJP won't stop at Hijab. They will come for other symbols of Muslims & erase all. For Indian Muslims it is not enough to be an Indian, they have to be BJP as well: PDP Chief Mehbooba Mufti in Srinagar pic.twitter.com/qTJlzMGN6R
— ANI (@ANI) February 13, 2022
"މުސްލިމުންގެ އެހެން ޝިއާރުތަކުގެ ފަހަތުން ވެސް އެމީހުން (ބީޖޭޕީ) އަދި އަންނާނެ، އައިސް އެ ޝިއާރުތައް ވެސް ނައްތައިލާނެ. އިންޑިއާގެ މުސްލިމުންނަކީ ހަމައެކަނި އިންޑިއާ ރައްޔިތުން ކަމުގައި ވުމަކުން މިހާރު ނުފުދޭ. ސަލާމަތް ވާން ބޭނުމިއްޔާ، އެމީހުންނަކީ ބީޖޭޕީގެ މެމްބަރުން ކަމުގައި ވެސް ވާން އެބަޖެހޭ،" މަހްބޫބާ މުފްތީ ވިދާޅުވި އެވެ.
Everyone has the right to wear & eat as they wish and is free to practice their religious beliefs. There are some radical elements who are attacking a religion in an attempt to win polls by dividing people on communal lines: Former J&K CM Farooq Abdullah in Pulwama on #HijabRow pic.twitter.com/DkJblLqt4h
— ANI (@ANI) February 13, 2022
ނޭޝަނަލް ކޮންފަރެންސްގެ ރައީސް ފާރޫގު އަބްދުﷲ ވިދާޅުވީ އެމީހަކު ބޭނުން ގޮތަކަށް ކައިބޮއެ އަދި ހެދުން އަޅައި އެމީހަކު ގަބޫލުކުރާ ދީނީ އަގީދާއަކާ އެއްގޮތަށް އުޅުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ މިނިވަންކަމެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައިގެން އިންތިހާބުގައި ކުރި ހޯދުމަށްޓަކައި، ހަރުކަށި ފިކުރެއްގެ ބަޔަކު ދީނަށް ހަމަލާ ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސަރުކާރުން ނިންމާފައިވަނީ، މުސްލިމް އަންހެން ކުދިން ބުރުގާ އަޅައިގެން ކްލާސްތަކަށް ހާޒިރުވާ ނަމަ، ކްލާސްތަކަށް ނުވައްދާށެވެ. އެ ސްޓޭޓްގެ ސަރުކާރުން ބުނާ ގޮތުގައި ބުރުގާއަކީ ސްކޫލްތަކުގެ ރަސްމީ ޔުނީފޯމުގައި ހިމެނޭ ބައެއް ނޫނެވެ.
ބުރުގާގެ މައްސަލަ ހައި ކޯޓުގެ ބެންޗަކުން ބަލަނީ
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް
ބުރުގާ މައްސަލައަށް އެމެރިކާ ވަނުމަށް އިންޑިއާ ނުރުހޭ
ބުރުގާ މައްސަލައިގައި ކޮލެޖްތައް ތިން ދުވަހަށް ބަންދު
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ބުރުގާ އަޅައިގެން ކޮލެޖަށް ވަނުން އިންޑިއާގައި މަނާ
އަފްގާނަށް އެހީވުމުގެ މަހާސިންތާއަކަށް ގޮވާލައިފި
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް