Roadha Mihaaru
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް

މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް

14 ފެބުރުއަރީ 2022

އިންޑިއާގެ ކަރްނަޓާކާގައި ބުރުގާ އަޅާ އަންހެން ކުދިންނާ ދެކޮޅަށް ހަރުކަށި ހިންދޫން ހިންގަމުންދާ ލާއިންސާނީ ކަންކަމާ ދެކޮޅަށް އެމީހުންނާ ކުރިމަތިލި އެންމެ ހިތްވަރުގަަދަ ޒުވާން އަންހެނާގެ ގޮތުގައި، މުސްކާން ހާންގެ ނަން ދުނިޔޭގެ އެކި ހިސާބުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ.

އުމުރުން 19 އަހަރުގެ މުސްކާން ކޮލެޖަށް ވަންނަން ދިޔައިރު އެތަނުގައި ފިރިހެނުންގެ ބޮޑު ގްރޫޕެއް އޭނާގެ ފަހަތުގައި ހަޅޭލަވަމުން ދިޔައިރު މުސްކާން ދެއްކީ ސާބިތުކަމެވެ. އެމީހުންނާ ކުރިމަތިލާއި، ﷲ އަކްބަރޭ ގޮވަމުން އޭނާ ދެއްކި ހިތްވަރު ފާހަގަކުރުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، ޒީޝާން ސިއްދީގު ވަނީ މުސްކާނަށް އައިފޯނެއް ހަދިޔާކުރައްވައިފަ އެވެ.

މުމްބާއީގެ ބާންޑްރާގައި ދިރިއުޅުއްވާ ޒީޝާން ވަނީ މުސްކާންއާ ބައްދަލުކުރެއްވުމަށް މިދިޔަ ހުކުރު ދުވަހު، ކަރްނަޓާގެ ސްޓޭޓެއް ކަމަށްވާ، މަންދުޔާގައި މުސްކާން އުޅޭ ގެއަށް ވަޑައިގެންފަ އެވެ. އަދި އޭނާ ދެއްކި ހިތްވަރަށް އައިފޯނަކާ އެކު ގަޑިއެއް ވެސް ހަދިޔާ ކުރެއްވި އެވެ.

މުސްކާން ދެއްކި ހިތްވަރުގެ ސަބަބުން މިކަންކަމާ ދެކޮޅަށް ތެދުވުމަށް އެހެން އަންހެނުންނަށް ވެސް ލިބުނީ ހިތްވަރެއް ކަމަށް ޒީޝާން ވިދާޅުވި އެވެ.

އިންޑިއާގެ މީޑިއާތަކަށް އޭނާ ބުނީ ހިޖާބަކީ އިންޑިއާގެ ގާނޫނު އަސާސީން ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެއީ އެމީހުންނަށް ލިބިގެންވާ ޗޮއިސްއަކަށް ވާއިރު، މައްސަލަ އަކީ ބުރުގާތޯ ނުވަތަ އަންހެނުން ކިޔެވުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.