ޓިއުރިން (ފެބްރުއަރީ 11) - ކޮޕާ އިޓާލިއާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ޔުވެންޓަސް އާއި ފިއޮރެންޓީނާ ވެސް ފަހު ވަގުތު ލަނޑުޖަހައި މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
11 ފެބުރުއަރީ 2022
ޓިއުރިން (ފެބްރުއަރީ 11) - ކޮޕާ އިޓާލިއާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ޔުވެންޓަސް އާއި ފިއޮރެންޓީނާ ވެސް ފަހު ވަގުތު ލަނޑުޖަހައި މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން ސެމީ ފައިނަލުގައި މި ދެޓީމު ވަނީ ވާދަކުރަން ޖެހިފަ އެވެ. ސެމީގެ ފުރަތަމަ ލެގު މާޗް މަހު ފިއޮރެންޓީނާގައި ކުޅެން ހަމަޖެހިފައިވާއިރު އޭޕްރީލް މަހު ކުޅޭ ދެވަނަ ލެގު ކުޅޭނީ ޔުވެންޓަސްގެ ދަނޑުގަ އެވެ.
ޔުވެންޓަސް ސެމީ ފައިނަލަށް ދިޔައީ ރޭ ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ތިންވަނަ މިނިޓުގައި ވެސްޓޮން މެކެނީ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ އިދިކޮޅު ޑިފެންޑަރެއް ގައިގައި ޖެހިފައި ޕައުލޯ ޑިބާލާއަށް ލިބުމުން އޭނާ ވަނީ އެއްފަހަރުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޔުވެންޓަސް އަށް ލީޑު ނަގައިދިފަ އެވެ.
ފުރަތަމަ އުފެއްދި ހަމަލާގައި ޔުވެންޓަސް އިން ލީޑު ނެގި ނަމަވެސް 24 ވަނަ މިނިޓުގައި ހަމަދް ޓްރައޯރޭ ވަނީ ސަސުއޯލޯ އަށް ލަނޑުޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އޭގެ ކުރިން ޑޮމެނީކޯ ބެރާޑީ އާއި ގިއޯގޮސް ކިރިއަޕޮޕުލަސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޔުވެންޓަސްގެ ކީޕަރު މަޓިއާ ޕެރިން ވަނީ ދިފާއު ކޮށްފަ އެވެ.
ޔުވެންޓަސް މޮޅުވި ލަނޑަށް ފަހު ޓީމުގެ ބައެއް ކުޅުންތެރިން އުފާފާޅުކުރަނީ.
ދެވަނަ ހާފުގައި މެކެނީ ފޮނުވާލި ބޯޅައެއް ގޯލް ދަނޑިއާ އަމާޒުވިއިރު އޭނާ ބޮލުން ފޮނުވާލި ބޯޅައެއް ސަސުއޯލޯގެ ކީޕަރު ޖިއާންލޫކާ ޕެގޯލޯ ވަނީ ދިފާއު ކޮށްފަ އެވެ. އަދި ޕަގޯލޯ ދިފާއުކުރުމުން، މެތިއަސް ޑެލިޓް ފޮނުވާލުމުން ދަނޑީގައި ޖެހިފައި އައިބޯޅަ ބޮނޫޗީ ފޮނުވާލުމުން ވެސް ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
އޭގެ ފަހުން އަލްވަރޯ މޮރާޓާ އާއި އެޑްރިއެން ރަބިއޮ ފޮނުވާލި ބޯޅައެއް ވެސް ކީޕަރު ޕެގޯލޯ ދިފާއު ކުރިއިރު ޔުވެންޓަސް އަށް ލީޑު ލިބުނީ މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށެވެ. ޑޫސަން ވްލަހޮވިޗް، ސަސުއޯލޯ ކުޅުންތެރިއެއް ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުތެރެއަށް ވަނީ ސަސުއޯލޯގެ ރުއާން ޓްރެސޮލްޑީ ގައިގައި ޖެހިފަ އެވެ.
ސާބިއާގެ ވްލަހޮވިޗަކީ ޖެނުއަރީ ޓްރާންސްފާގައި 75 މިލިއަން ޔޫރޯއަށް ފިއޮރެންޓީނާއިން ގެނައި ކުޅުންތެރިއެކެވެ. އޭނާ ޔުވެންޓަސް އަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ވަނީ ލަނޑުޖަހައި ޓީމު މޮޅުކޮށްދީފަ އެވެ.
ފިއޮރެންޓީނާ މޮޅުވި ލަނޑު ޖަހައިދިން ސާބިއާގެ ޑިފެންޑަރު މިލެންކޮވިޗް އުފާފާޅުކުރަނީ.
ފިއޮރެންޓީނާ ރޭ ކުއާޓާ ފައިނަލް މެޗު ކާމިޔާބުކުރީ ރަށުން ބޭރުގައި އެޓަލާންޓާ ބަލިކޮށްފަ އެވެ. މެޗުގެ ނުވަވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޕޮލެންޑް ފޯވާޑް ޕިއާޓެކް ލީޑު ނަގައިދީފައި ވަނިކޮށް 30 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ ޑޭވިޑް ޒަޕަކޯސްޓާ އެވެ.
ކުރިން ވެސް އެޓަލާންޓާއަށް ކުޅުނު ޒަޕަކޯށްޓާ އަކީ މިސީޒަނުގައި ޗެލްސީން ގެނައި ފުލްބެކެކެވެ. އަދި 56 ވަނަ މިނިޓުގައި އެޓަލާންޓާ އަށް ލީޑު ނަގައިދިނީ ސަސުއޯލޯ އިން މިދިޔަ މަހު ލޯނު އުސޫލުން ގެނައި ކުރީގެ ޗެލްސީ ފޯވާޑް ޖެރެމީ ބޮގާ އެވެ. ނަމަވެސް ޖަރުމަންގެ ހާތާ ބާލިން އިން ލޯނު އުސޫލުން ފިއޮރެންޓީނާ އަށް ދޫކުރި ޕިއާޓެކް ވަނީ 71 ވަނަ މިނިޓުގައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
މެޗުގެ 79 ވަނަ މިނިޓުގައި ފިއޮރެންޓީނާގެ ލޫކަސް މާޓިނޭޒް އަށް ދެވަނަ ރީނދޫކާޑަކާ އެކު ރަތްކާޑެއް ދައްކާފައި ވަނިކޮށް، ފިއޮރެންޓީނާ މޮޅުވީ 90 މިނިޓުގެ ކުޅުން ހަމަވެގެން އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ސާބިއާގެ ޑިފެންޑަރު ނިކޯލާ މިލެންކޮވިޗެވެ.
ޔުވެންޓަސް އަކީ އިޓާލިއަން ކަޕުގެ އެންމެ ކާމިޔާބު ޓީމެވެ. މިދިޔަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކުރި ޔުވެންޓަސް ވަނީ މިހާތަނަށް 14 ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ފިއޮރެންޓީނާ ވަނީ ހަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
އިޓާލިއަން ކަޕް: ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް
އެންމެ ފަހު ވަގުތު ޔުވެންޓަސް އަށް ނަސީބު މޮޅެއް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
ވްލަހޯވިޗުގެ 22 ވަނަ އުފަން ދުވަހު ޔުވެންޓަސް އަށް
އިތުރުވަގުތުގެ ލަނޑުން މިލާނާއި ފިއޮރެންޓީނާ ކުއާޓާއަށް
އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސްއަށް
އިންޓަ ކަޓުވާލައި ޔުވެންޓަސް އިޓާލިއަން ކަޕް ފައިނަލަށް
ފުރަތަމަ ލެގުގައި ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފި