ފްލޮރެންސް (މާޗް 3) - އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި ޔުވެންޓަސް އާއި ފިއޮރެންޓީނާ ވާދަކުރި ފުރަތަމަ ލެގުގެ ފަހު ވަގުތުގައި 1-0 އިން ޔުވެންޓަސް މޮޅު ވެއްޖެ އެވެ.
03 މާޗް 2022
ފްލޮރެންސް (މާޗް 3) - އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި ޔުވެންޓަސް އާއި ފިއޮރެންޓީނާ ވާދަކުރި ފުރަތަމަ ލެގުގެ ފަހު ވަގުތުގައި 1-0 އިން ޔުވެންޓަސް މޮޅު ވެއްޖެ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ޔުވެންޓަސް މޮޅުވީ ފިއޮރެންޓީނާގެ ފުލްބެކް ލޮރެންޒޯ ވެނޫޓީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑު ވަނީ ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ.
ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ފިއޮރެންޓީނާ ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ސާބިއާގެ ޒުވާން ފޯވާޑް ޑޫސަން ވްލަހޮވިޗް ވެސް ވަނީ މި މެޗުގައި އޭނާގެ ކުރީ ކުލަބާ ދެކޮޅަށް ކުޅެފަ އެވެ. ނަމަވެސް އޭނާ އެޓީމުގެ ދަނޑަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ވްލަހޮވިޗަށް ވަނީ ސަޕޯޓަރުންގެ އުނދަގުލާ ކުރިމަތި ލާން ޖެހިފަ އެވެ.
މެޗުގައި ވްލަހޮވިޗް ފޮނުވާލި ހަމަލާއެއް ފިއޮރެންޓީނާގެ ކީޕަރު ދިފާއު ކުރިއިރު، އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ކުއަޑްރާޑޯ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ފިއޮރެންޓީނާއަށް ލަނޑެއް ނުޖެހުނު ނަމަވެސް، މުޅި މެޗުގައި ވެސް އެޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ނަމަވެސް ހުސްކޮށް ލިބުނު ގިނަ ބޯޅަތައް އެޓީމުގެ ކުޅުންތެރިންނަށް ގޯލާ އަމާޒުކޮށްލެވިފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި ފިއޮރެންޓީނާ އިން ގޯލު ޖެހުމާ ގާތަށް ދިޔައެވެ. ނަމަވެސް އެޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް ޖޮނަތަން އިކޯނޭ ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އިކޯނޭ އަކީ ޖެނުއަރީގައި ފްރާންސްގެ އެންމެ ފަހުގެ ޗެމްޕިއަން ލިލް އަށް 15 މިލިއަން ޔޫރޯ ދީފައި ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް މިހާތަނަށް އެޓީމަށް ކުޅެދިން ނުވަ މެޗުގައި ވެސް އިކޯނޭ އަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.
އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި އިންޓަ މިލާނާއި އޭސީ މިލާން ވާދަކުރި ފުރަތަމަ ލެގު ނިމުނީ ލަނޑެއއް ނުޖެހި އެއްވަރު ވެގެންނެވެ.
ސެމީ ފައިނަލުގެ ދެ ލެގުގެ ކުޅުން ވެސް ތާވަލްކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 20 އަދި 21 ވަނަ ދުވަހުގެ ރެއަށެވެ. ފައިނަލް މެޗު އޮންނާނީ މެއި 11 ގަ އެވެ.
އިޓާލިއަން ކަޕް: ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް
ޔުވެންޓަސް އާއި ފިއޮރެންޓީނާ ވެސް ފަހު ވަގުތު ސެމީއަށް
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސް ބަލިކޮށް އިންޓަ ފައިނަލަށް
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި
ވްލަހޯވިޗުގެ 22 ވަނަ އުފަން ދުވަހު ޔުވެންޓަސް އަށް
އިތުރުވަގުތުގެ ލަނޑުން މިލާނާއި ފިއޮރެންޓީނާ ކުއާޓާއަށް
އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސްއަށް
އިންޓަ ކަޓުވާލައި ޔުވެންޓަސް އިޓާލިއަން ކަޕް ފައިނަލަށް
ފުރަތަމަ ލެގުގައި ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފި