މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރަށް ޖަލަށްލާން ސްރީލަންކާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
11 ފެބުރުއަރީ 2022
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރަށް ޖަލަށްލާން ސްރީލަންކާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެެއް ކޮލަމްބޯގެ ކޯޓަކުން އިއްވީ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާ ޖަލަށްލީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ކަމަށް އެ ނޫސްތަކުގައިވެ އެވެ. އެކަމަކު އޭނާއާބެހޭ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ މީހާ ހައްޔަރުކުރީ 2016 ވަނަ އަހަރު ބަމްބަލަޕިޓިޔާއިންނެވެ.
އެ މައްސަލާގައި އެހެން މީހެެއްގެ މައްޗަށް ވެސް ދައުވާކުރި އެވެ. އެކަމަކު އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައިވެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގެ ގާނޫނު ބުނާގޮތުން މަސްތުވާތަކެތި ވަކި މިންވަރަކަށް ގެންގުޅުމަކީ އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ވެސް ދެވިދާނެ ކުށެކެވެ. އެކަމަކު ފަހުގެ ތާރީޚެއްގައި ޑްރަގް މައްސަލައެއްގައި މަރުގެ އަދަބު ލަންކާގައި ދީފައެއް ނުވެ އެވެ.
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގައި ޑްރަގް ގެންގުޅުނު ދިވެއްސަކަށް ޖަލު ހުކުމެއް
ޑްރަގްސްއާ އެކު 3 ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފި
ހެރޮއިންއާ އެކު ދެ ދިވެއްސަކު ލަންކާ އިން ހައްޔަރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ލަންކާއާއެކު ޓްރީޓީއަކަށް ދާން މަޖިލީހުން ރުހުންދީފި
ލަންކާއާ އެކު ޖިނާއީ ކަންކަމުގައި އެއްބާރުލުން ދެނީ
އަރުޝަދު ދުބާއީ އިން، ލަންކާއަށް ގެންގޮސްފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި