މަސްތުވާތަކެއްޗާ އެކު ސްރީ ލަންކާ އިން ދެ ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެއްޗާ އެކު ސްރީ ލަންކާ އިން ދެ ދިވެއްސަކު މިއަދު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުން 350 ގްރާމް ހެރޮއިންއާ އެކު ކަމަށެވެ.
ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ ހައްޔަރުކުރި ދެ މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއްގެ ދެ އެޖެންޓުން ކަމަށެވެ. ނަމަވެސް މި މީހުންނާ ބެހޭ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ލަންކާއިން ހައްޔަރުކުރި ދިވެހިންގެ އަދަދު މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. ދިވެހިންނާއި ލަންކާ މީހުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން އެތައް ބަޔަކު ބްލެކްމެއިލްކޮށް ފައިސާ އަތުލަމުން ދިޔަ ދިވެހިންގެ ބަޔަކު ވެސް ދާދި ފަހުން ވަނީ ލަންކާއިން ހައްޔަރުކޮށްފަ އެވެ. އަދި ލަންކާގައި އުޅުނު ދިވެއްސަކަށް ހަމަލާދީ މަރާލި މައްސަލައެއްގައި ދިވެހިންތަކެއް ހައްޔަރުކުރުމަށް ފަހު، ދިވެހިންގެ ހަރަކާތްތަކަށް އިތުރަށް ފާރަވެރިވާން ފަށާފައިވާ ފަށާފައިވާ ކަމަށް ލަންކާ ފުލުހުން ކުރިން ބުނެފައިވެ އެވެ.
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގައި ޑްރަގް ގެންގުޅުނު ދިވެއްސަކަށް ޖަލު ހުކުމެއް
ލަންކާގައި ޑްރަގް ގެންގުޅުނު ދިވެއްސަކު އުމުރަށް ޖަލަށް
ޑްރަގްސްއާ އެކު 3 ދިވެއްސަކު ލަންކާއިން ހައްޔަރުކޮށްފި
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް