Roadha Mihaaru
އޮންލައިން ޓިކެޓެއް ގަނެގެން ހިލޭ ދެ ޓިކެޓްގެ ފުރުސަތު

އޮންލައިންކޮށް މޯލްޑިވިއަންގެ ޓިކެޓެއް ގަނެގެން ހިލޭ ދެ ޓިކެޓް ހޯދުމުގެ ފުރުސަތު

12 ފެބުރުއަރީ 2022

އޮންލައިންކޮށް މޯލްޑިވިއަންގެ ޓިކެޓެއް ގަނެގެން ހިލޭ ދެ ޓިކެޓް ހޯދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޮންލައިންކޮށް މޯލްޑިވިއަންގެ ޓިކެޓެއް ގަނެގެން ހިލޭ ދެ ޓިކެޓް ހޯދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ހުޅުވާލީ އޮންލައިންކޮށް ޓިކެޓް ގަނެގެން ޑާކާ އާއި ކޮޗިން ނުވަތަ ޓްރިވެންޑްރަމަށް ދިއުމަށް ހިލޭ ދެ ރިޓާން ޓިކެޓް ހޯދުމުގެ ފުރުސަތެވެ. މިގޮތަށް ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވާނެ އެވެ. ނަސީބުވެރިން ހޮވާނީ އެ ހަފްތާއަކު އޮންލައިންކޮށް ޓިކެޓް ގަތް މީހުންގެ ތެރޭގައި ނަގާ ގުރުއަތަކުންނެވެ.

މޯލްޑިވިއަންގެ ޓްވީޓް

މޯލްޑިވިއަން އިން ވަނީ އެއެއާލައިންގެ އެޕްލިކޭޝަން 2020 ވަނަ އަހަރު ތައާރަފްކޮށްފަ އެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރެ އެވެ. އެ އެއާއަލައިނުން ދާދި ފަހުން ވަނީ އޭޓީއާރު ދެ މަތިންދާބޯޓު ކުއްޔަށް ނަގަން ނިންމާފަ އެވެ. މިވަގުތު އެއާލައިންގެ އޮޕަރޭޝަންގައި ބޭނުން ކުރަނީ 12 މަތިންދާބޯޓެވެ. އެއީ އެއާބަސް 321 އަކާއި އެއާބަސް 320 އަކާއި ޑޭޝް8 ގެ 10 ބޯޓެވެ. އަދި ޓްވިން އޮޓާގެ 11 ސީޕްލޭން ވެސް މިހާރު އެ އެއާލައިންގައި އޮވެ އެވެ.