14 ފެބުރުއަރީ 2022
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދި ކަމަށް ބުނެ ފެލިވަރު ފިޝަރީޒް ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު އިމްތިޔާޒް (އިންތި) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދި ކަމަށް ބުނެ ފެލިވަރު ފިޝަރީޒް ކުންފުނީގެ ކުރީގެ ޗެއާމަން މުހައްމަދު އިމްތިޔާޒް (އިންތި) ގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރިން ވަކި ކުންފުންޏެއްގެ ގޮތުގައި ފެލިވަރު ފިޝަރީޒް ހިންގި ދުވަސްވަރު އެ ކުންފުނީގެ ޗެއާމަނަކަށް ހުންނެވި އިމްތިޔާޒްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2012 ވަނަ އަހަރު އޭނާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކަށް ފެލިވަރުން 1.5 މިލިއަން ރުފިޔާގެެ އަގުހުރި މަސް ދަޅު ކޭސްތަކެއް ކްރެޑިޓަށް ދޫކޮށްފައިވާތީ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަަނީ އިމްތިޔާޒްގެ ނަމުގައި ކުރިން ވިޔަފާރިއެއް ރަޖިސްޓަރީ ކޮށްފައި އޮތަސް 2008 ގައި އެ ވިޔަފާރީގެ ރަޖިސްޓަރީ ބާތިލް ވެފައިވާ ކަމަށާއި އޭގެ ފަހުން އެ ނަމުގައި އެއްވެސް ވިޔަފާރިއެއް ރަޖިސްޓަރީ ކޮށްފައި ނެތް ކަމަށެވެ. އަދި އޭގެ ފަހުން އެ ކުންފުނީގެ ނަމުގައި ފެލިވަރާއެކު ކުރި މުއާމަލާތްތަކުގައި އިމްތިޔާޒާ އެއްވެސް ގުޅުމެއް އޮތްކަމުގެ ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، ދައުލަތުން ހުށަހެޅި ހެކިންގެ ބަހަށް ބަލާއިރު ވެސް، އެ މުއާމަލާތުގައި އިމްތިޔާޒްގެ ދައުރެއް ނެތް ކަމަށް ބުނެފައިވެ އެވެ. އަދި އޭނާ އަށް އެކަމުން އެއްވެސް ފައިދާއެއް ލިބުނު ކަން ސާބިތުވާ ހެއްކެއް ނެތް އިރު، އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހުކުމުގައި ވެ އެވެ.
ޗެއާމަންގެ މަގާމުގައި އިމްތިޔާޒް ހުންނަވަނިކޮށް، އެ މައްސަލަ 2012 ވަނަ އަހަރު ފެންމަތިވުމާ އެކު، އޭނާ ވަނީ މަގާމުން ވަކިކުރީ އެވެ.
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވި
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
ގަވައިދު އާންމުކުރުން ފަސްވުމުން ޝުޖާއު ސަލާމަތްވެއްޖެ
ނުފިއްލަވާނެކަމުގެ ޔަގީންކަންދެއްވަން ޖިހާދު ހުށަހެޅުއްވި
އާޒިމް ތަހުގީގު އަނބުރާލަން ރިޝްވަތު ނެގިކަމުގެ ދައުވާ
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކޮށްފި
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
ފައިސާ އަށް ހަދަންވީ ގޮތް އެންގެވީ ޔާމީން: ޒިޔަތު
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި