Roadha Mihaaru
ސެންޓްރަލް ޒޯން މުބާރާތުގެ ރެފްރީ ޑެލިގޭޓަކަށް ހުސެން

ސެންޓްރަލް ޒޯން ބީޗު ވޮލީ މުބާރާތުގެ ރެފްރީ ޑެލިގޭޓަކަށް ހުސެން

16 ފެބުރުއަރީ 2022

ސްރީ ލަންކާގައި އަންނަ ހުކުރު ދުވަހު ފަށާ ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގެ ރެފްރީ ޑިލިގޭޓަކަށް ބައިނަލްއަގުވާމީ ބީޗު ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދު ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސްރީ ލަންކާގައި އަންނަ ހުކުރު ދުވަހު ފަށާ ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގެ ރެފްރީ ޑިލިގޭޓަކަށް ބައިނަލްއަގުވާމީ ބީޗު ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދު ހަމަޖައްސައިފި އެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ފަރާތުން އިންތިޒާމްކޮށްގެން މި މަހު 18-20 އަށް ލަންކާގައި ބާއްވާ މުބާރާތުގައި ސެންޓްރަލް އޭޝިއާގެ 14 ގައުމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ވޮލީގައި ގަދަބާރުތައް ކަމަށްވާ އީރާން ތަޖިކިސްތާން އަދި ކިރިގިސްތާން ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހުސައިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ދެ ދައުރު އަދާކުރައްވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް މަސައްކަތްކުރައްވާފައިވާ ހުސައިން އަކީ ވޯލްޑް އެންޓި ޑޯޕިން ޖަމިއްޔާ އިން ދެކުނު އޭޝިއާ އަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރު ވެސް މެ އެވެ. ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ފުރިހަމަ ކުރައްވާފައިވާ ހުސައިން ވަނީ ބައިނަލްއަގްވާމީ ގޭމްސްތަކުގައި ވާދަކުރި ރާއްޖޭގެ ކޮންޓިންޖެންޓްތަކުގެ ޗެފް ޑި މިޝަނަރުކަން ވެސް ކުރައްވައިފަ އެވެ.

ކުޅަދާނަ ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ ހުސައިން ވަނީ ބައިނަލްއަގްވާމީ ވަރަށް ގިނަ މުބާރާތްތަކެއްގައި އިންސާފު ކުރައްވައިފަ އެވެ. ވޯލްޑް ޓުއާގައި މަސައްކަތްކުރެއްވުމުގެ އިތުރުން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބީޗް ވޮލީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ވެސް ހުސައިން ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމާ ހުސައިން ހަވާލުވެވަޑައިގެންނެވީ ފެބްރުއަރީ 2019 ގަ އެވެ.